ފުލުހުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ދެ ކުޑަކުއްޖަކު ހޯދަނީ

ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ދެ ކުޑަކުއްޖަކު ހޯދަން ފުލުހުން މިރޭ އިއުލާންކޮށްފި އެވެ.


ފުލުހުން ބުނީ ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމެންޓުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ހޯދަމުންދަނީ ޏ. ފުވައްމުލަކު، ދިގުވާޑު/ބަނަފްސާގޭ ފާތިމަތު ހަނާޒް އާއި އާއި ދަފްތަރު 2542، ޝާދިޔާ އަންވަރު ކަމަށެވެ.

އެކަމަކު އެ ކުދިން ހޯދަނީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

އެ ދެ ކުދިންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ، އެކަން ފުލުހުންނަށް އަންގަން ފުލުހުން އެދެ އެވެ.