ކުށްކުރާ 300 އަށް ވުރެ ގިނަ ކުޑަކުދިންގެ މައުލޫމާތު ފުލުހުން ވަނީ އެއްކޮށްފައި.
ފުލުހުންގެ ކްރައިމް އެގެއިންސްޓް ޗިލްޑްރަން ޑިޕާޓްމަންޓްގެ ހެޑް، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ޝަރީފު. ފޮޓޯ:ފުލުހުންގެ އިދާރާ
30 ޑިސެމްބަރ 2025 - 14:14
ހުޅުމާލެ 2 ގައި ކުށްކުރާ ކުޑަކުދިންގެ އަދަދު ވަރަށް ގިނަ ކަމަށާއި އެ ކުދިންނާ ގުޅޭ ކަންކަމަށް ކޮންމެ ދުވަހަކު އެޓެންޑު ވާންޖެހޭ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
އިސްކަންދަރުކޮށީގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގައި، ފުލުހުންގެ ކްރައިމް އެގެއިންސްޓް ޗިލްޑްރަން ޑިޕާޓްމަންޓްގެ ހެޑް، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ޝަރީފު ވިދާޅުވީ ކުށްކުރާ ކުޑަކުދިން ދުވަހެއް ދުވަހަކަށް އިތުރުވަމުން ދިއުމަކީ ފުލުހުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށާއި ފުލުހުން ވަރަށް ގިނައިން އެކަމަށް އެޓެންޑް ކުރަން ޖެހޭ ކަމަށެވެ. އަދި ކުޑަކުދިން ކުށްކުރުމާ ދުރުކުރަން ބެލެނިވެރިންނާ ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ އެންމެ ބޮޑު ކަންބޮޑުވުމަކަށް މި އޮތީ ކުށްކުރާ ކުދިން ދުވަހެއް ދުވަހަކަށް އިތުރުވަމުންދާ ކަން. ހާއްސަކޮށް ގްރޭޓާ މާލެއޭރިއާގައި ހަމަ ހުރިހާ ހިސާބެއްގައި ހަމަ ހުރިހާ ހިސާބެއްގައި ވެސް މިކަން އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ފާހަގަކުރެވޭ، އެއީ ވިލިމާލެ ކަމަށް ވިޔަސް އަދި ހުޅުމާލެ ކަމުގައި ވިޔަސް އަދި މާލެ އޭރިއާގައި ކަމަށް ވިޔަސް، އަަދި ހާއްސަކޮށް ހުޅުމާލޭގެ ފޭސް 2 އަޅުގަނޑުމެންނަށް ފާހަގަކުރެވުނީ ހަމަ މިގޮތަށް ކުށްކުރާ ކުދިން، މިވަގުތު ވަރަށް ގިނަ ތަނެއްގެ ގޮތުގައި،" ޝަރީފު ވިދާޅުވި އެވެ.
ފުލުހުންގެ އެކި ޑިޕާޓްމަންޓްތައް ގުޅިގެން މިއަދު ބޭއްވި ޕްރެސްކޮންފަރެންސްގައި ބައެއް އިސްވެރިން ބައިވެރިވެވަޑައިގަންނަވަނީ.--- ފޮޓޯ: ފުލުހުންގެ އިދާރާ
އޭނާ ވިދާޅުވި ގޮތުގައި، ގޭންގު ކުށްތައް ހުއްޓުވަން ހާއްސަ ޑިޕާޓްމަންޓުގެ ފުލުހުން ކުރާ މަސައްކަތުގެ ތެރޭގައި ފާހަގަވާ ކުޑަކުދިންގެ މައުލޫމާތު ކްރައިމް އެގެއިންސްޓް ޗިލްޑްރަން ޑިޕާޓްމަންޓާ ހިއްސާކުރެ އެވެ. އެގޮތަށް ލިބޭ މައުލޫމާތުގެ އަލީގައި، ކުށްކުރާ ކުދިންގެ ލިސްޓެއް މިހާރު އެކުލަވާލާފައިވާ ކަމަށާއި އެގޮތުން 300 އަށް ވުރެ ގިނަ ކުދިންގެ މައުލޫމާތު އެއްކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެ ކުދިން ކުށްކުރުމާ ދުރުކުރަން ފުލުހުން ގެންދަނީ ހާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ.
"ހާއްސަކޮށް އެ ކުދިންގެ ބެލެނިވެރިންނަށް ރީޗްވެ، އެ ކުދިން ކުށުގައި އުޅޭ ގޮތްތަކާ ހުރިހާ އެއްޗެއް ދެނެގަނެވިފައި ހުރި ގޮތް ބެލެނިވެރިންނަށް ކިޔައިދީ އަދި ބެލެނިވެރިންނާ އަޅުގަނޑުމެންނާ ގުޅިގެން ހާއްސަ މަސައްކަތްތަކެއް ކުރެވުމުންދާ ކަން އަޅުގަނޑު މި ފުރުސަތުގައި ފާހަގަކުރަން،" ޝަރީފު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުވަގައި ކުޑަކުދިންގެ އަދުލުގެ ނިޒާމަކީ ވަށައިޖެހޭ ނިޒާމަކަށް ހެދުމަށް ފުރިހަމަކުރަން ޖެހޭ ކަންތައްތައް ފުރިހަމަކުރަ ކުރުމުގެ މަސައްކަތްތައް ވެސް ކުރިއަށް އެބަ ދެ އެވެ.
ކުށްކުރާ ކުދިން ވަކި ގޮތަކަށް މަރުކަޒު ކޮށްގެން ރިހެބިލިޓޭޓް ކުރާނެ އުސޫލު ޖުވެނައިލް ކޯޓުން ކަނޑައެޅުމަކީ އެފަދަ ކަމެއް ކަމަށް ޝަރީފު ވިދާޅުވި އެވެ. ރާއްޖޭގެ ހަތް ސަރަހައްދެއްގައި ކުރިއަށް ގެންދާ އެ ޕްރޮގްރާމްގައި މިހާރު ވެސް 71 ކުއްޖަކު އެބަތިބި ކަމަށް ވެސް ޝަރީފު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ފނއޮނ
30 December 2025
ޖުވެނައިލް ދިޓެންސަން ހަދާބާ. އަދި ވަކި ކުއްތަކަކަށް ކޯޓު އަމުރާ ނުލާ ޑިޓެއިން ކުރެވޭ ގޮތް ހަދާބަ.
ރޮށި
30 December 2025
އިސްލާހިއްޔާ ކޮބާހޭ؟
ހުމާލެ މީހާ
30 December 2025
ހުޅުމާލެ ފޭސް2 ގަ މީހުން އުޅެންފެށުމާއެކު ކުޑަ ކުދިންތަކެއް ރޭގަނޑު ދަންވަންދެން ހޭލާ އުޅޭތީ އެކަމުގެ ކަންބޮޑުވުން އޭރުވެސް އަޅުގަނޑު ފާހަގަކުރިން ޕޮލިސް އިންޗާޖާ މީޓްކޮށްފަ ބުނިން އެކުދިންގެ ކަންކަން ކައިރިން ބަލާ ފިޔަވަޅުތަކެއް އަޅާށޭ އެހެން ނޫނީ އެކުދިން ދެން ބަދަލުވާނީ ކުއްކުރާ ގޭންގަކަށޭ.
ޕްރޮފިސަރު
30 December 2025
މިތިބަ މީހުން މިތިބީ ތިނި ގޮތް ހީވަނީ ހަތަރުބއުދަރެސް ފެނުޖެހިފަހެން. ޕޮލިސް ވިއްޔާ ގަޓެއްވެސް ހުންނަންޖެހަެ އެބަ ނިކަން ކުދިންގެ އާއިލާ ޒިންމާކުރުވާފަ އެމީހުނަން އަދަބުދީބަލަ
އާޒާދީ
30 December 2025
ކުށް ކުރާ ފުލުހުންވެސް އެހާ ގިނަ. ކޮންމެ ހަފުތާއަކު ނޫސްތަކުގައި އޮވޭ. ދެން ގައުމުގެ ޅަދަރިންނަށް ކިހިނެތް ވާނީ؟ ކުށާ ޖަރީމާއާ ނޭއްގާނީ އަމަލުތައް ޔުނިފޯމެއްގެ ނިވަލުގައު ތިބެ ހިންގާ ހިންގުން މައިތިރި ވެގެން ގައުމުގައި ދެން ތިބި މީހުން ރަގަޅުވާނީ.
ނިވަލުގައި
30 December 2025
ޕޮލިސް ޔުނިފޯމާ ޕޮލިސް ޖޮބަކީ އެމީހުން ޖަރީމާ ހިންގާ ނިވާފަތްގަނޑު. ނުހިންގާ ބާވަތެއްގެ ޖަރީމާ ވަރަށް މަދުވާނެ.
ދާލު
30 December 2025
މައްސަލައެއް ރިޕޯޓުކުރިޔަސް ފިޔަވަޅެއް ނައަޅާ، އަޅައެއްނުލާ ދެން ކިހިނެތް ކުށް ކުރުން މަދުވާނީ،
ކީސްފިލާ
30 December 2025
ނުބެލެހެއްޓޭވަރަށް ތަނަކަށް މީހުން ޖަމާކުރީމާ ތިޔަހެންވާނެ. އަދިވެސް ވިސްނާލަން ވަގުތު އެބައޮތް.
މިއައު
30 December 2025
އޮޅުވާލައިން ފްލެޓު ހޯދީ މައިންބަފައިން. ދެން ކުށެއް އަނެކާގެ ހައްގެއް ދެނެގަނެވޭނީ ވަރަށް ނަސީބުވެރި ކުއްޖަކަށް
އެދުރުމީހާ
30 December 2025
ކުދިން އިސްލާހުވާނީ މަގުދައްކަން ތިބި މީހުން އިސްލާހުވެގެން. ބޮޑެތި މީހުން އިސްލާހުވެގެން. ކުދިންނަށް ތަރުތިއްޔަތު ދިނުމުގެ ކުރިން ބޮޑެތި މީހުންނަށް އިހަށް ފިލާވަޅު ނަގައިދޭންވީ. ތިޔަ ބުނާ ސަރަހައްދުގައި ތިބި ބައެއް ބޮޑެތި މީހުންނަކީވެސް ތިޔަ ކުދިންނަށް ވުރެ ވަކި ސަހަލު ބައެއް ނޫން. އެކުދިންނަށްވުރެވެސް މާ މަތީ ދަރަޖައެއްގައި ތިބި ނުބައި ނުލަފާ ބައެއް.
ރަންނަ
30 December 2025
ދުނިޔޭގެ ގައުމުތަކުގަ ހިޔާފްލެޓް ކޮންސެޕްޓަށް ތަންތަން ހަދައިގެން ކުއްތަކާ އިޖުތިމާއީ މައްސަލަތައް އިންތިހާ އަށް ބޮޑުވެ ފެއިލްވެފަ އޮތް ކަމެއްކަން ސާފުކޮށް ފެންނަން އޮއްވާ ރާއްޖޭގަ އެކަން ކުރީ ހަމަ ގަސްތުގަ ރައްޔިތުން ކޮންޓްރޯލް ބައިތިއްބަން. މިޝަން އެކޮންޕްލިޝްޑް