ހުޅުމާލޭގައި އަމިއްލަ ފަރާތަކުން ހެދި ޕްރީސްކޫލު.-- މިހާރު ފޮޓޯ
17 ޖެނުއަރީ 2019 - 12:15
ހުޅުމާލޭގައި އަމިއްލަ ފަރާތަކުން ހެދި ޕްރީސްކޫލް އެޑިއުކޭޝަން މިނިސްޓްރީއާ މިއަދު ހަވާލުކޮށްފި އެވެ.
އޯޓިޒަމް ސެންޓަރު ކައިރީގައި ހުންނަ 10 ކްލާސްރޫމުގެ ޕްރީ ސްކޫލް ހަވާލުކުރުމުގެ އެއްބަސްވުމުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އަދި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހެއިލް އަހުމަދު ވަނީ ސޮއިކުރައްވައިފަ އެވެ.
ހުޅުމާލޭގައި އަމިއްލަ ފަރާތަކުން ހެދި ޕްރީސްކޫލު އެޑިއުކޭޝަން މިނިސްޓްރީއަށް ހަވާލުކުރުމުގެ އެއްބަސްވުމުގައި އެޗްޑީސީގެ އެމްޑީ ސުހެއިލް އަދި މިނިސްޓަރު ޑރ. އައިޝަތު އަލީ މިއަދު ސޮއިކުރައްވަނީ.--ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ
މިނިސްޓަރު ވިދާޅުވީ އެ ޕްރީ ސްކޫލް ހަވާލުކުރުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށާއި އެތަނުން ހުޅުމާލޭގައި ދިރިއުޅޭ ދަރިވަރުންނަށް ރަނގަޅު ހިދުމަތެއް ދެވޭނެ ކަމަށެވެ. އަދި އެތަން ބަޔަކާ ހަވާލުކޮށް ޖޫން/ޖުލައި ހިސާބުގައި ޕްރީ ސްކޫލުގައި އިންޓަނޭޝަނަލް ފެންވަރަށް ކިޔަވައިދޭން ފެށޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
ހުޅުމާލޭގައި އަމިއްލަ ފަރާތަކުން ހެދި ޕްރީސްކޫލު -- މިހާރު ފޮޓޯ
ހުޅުމާލޭގައި މިވަގުތު ހިންގަނީ އެންމެ ޕްރީ ސްކޫލެކެވެ. އެއީ އަމިއްލަ ފަރާތަކުން ހިންގާ ތަނެކެވެ. އޭގެ އިތުރުން ސަރުކާރު ސްކޫލުތަކުގައި ޕްރީ ސްކޫލަށް ކިޔަވައިދެ އެވެ.
ކޮމްޕިއުޓާ ރޫމާއި ހޯލަކާއި ސްޓާފް ރޫމެއް ވެސް ހުންނަ ޕްރީ ސްކޫލު މީގެ ކުރިން ބޭނުންކުރީ ރިޔާސީ އިންތިޚާބުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ކެމްޕެއިން ޖަގަހައެއްގެ ގޮތުގަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ަފަރުކޮއި
17 January 2019
ތިޔައީ ވޭސްޓް މެނޭޖްމަންޓް ޔާޑެއްތަ
އިބުރާހިން ޝާމިލު
17 January 2019
ވިލި މާލެ ގައި ހެދި ފާޚާނާ ވަޅުގަނޑު މާލެ ސަރުކާރުގެ ޓޮއިލެޓު މިނިސްޓުރީއާއި ހަވާލުކޮށްފި މިއަދު
ފާތޭ
17 January 2019
ޔާމީނުގެ ކެންޕޭން ޖަގަހަ
މިގޭ
17 January 2019
ޖަޒީރާ ސްކޫލަކަށްވާނީ ބަލަންތިބޭތި.
އަސްތާ
17 January 2019
ހާދަ ފާސްޓްއޭ ދޯ މަސައްކަތް ނިންމާލަން. 100 ދުވަސް ތެރޭ 2 ސްކޫލް ކޮންޕްލީޓެޑް.
މޯޑް
17 January 2019
ބުރޯ ރަނގަޅު ވާހަކައެއް.. އެތާ މަސައްކަތް ނުނިމިފަ ހުންނަތާ ވެދާނެ ގަރުނެއް
އޮޑި
17 January 2019
ސުހައިލް ތިކޮށްދެއްވީ ވަރަށް ރަނގަޅު ކަމެއް. ނޭބަރހޫޑް 2 އަދި 3 ގައި މިފަދަ ސްކޫލެއް ނެތުމުން މިއަންނަްޖެހެނީ ނޭބަރހޫޑް 1 އަށް. މިއަހަރު ފެށުނުއިރު ތިތަން ހުޚުވުނީސް. މިތަން ކެމްޕޭނަށް ދޫކުރި އެޗްޑީސީގެ މެނޭޖްމަންޓަށް އެޗްޑީސީގެ މުދާ ނަހަމގޮތުގައި ބޭނުންކޯށްފައިވާތީ ދައުވާކުރަން ގޮވާލަން.