ކުޑަކުއްޖަކަށް ހަމަލާދީގެން މީހަކު ހައްޔަރުކޮށްފި

މާލޭގައި ރޭ ހިންގި މާރާމާރީއެއްގައި ކުޑަ ކުއްޖަކަށް ހަމަލާދިން ކަމަށް ތުހުމަތު ކުރެވޭ މީހަކު މިއަދު ހައްޔަރުކޮށްފި އެވެ.


ފުލުހުން ބުނީ ރޭ 12:00 ހާއިރު އާޓިފިޝަލް ބީޗްގައި ހިންގި މާރާމާރީގައި ކުޑަކުއްޖަކަށް އަނިޔާވުމުން އޭޑީކޭގައި ފަރުވާދީފައިވާ ކަމަށެވެ. ފަރުވާ އަށް ފަހު އެ ކުއްޖާ ވަނީ ދޫކޮށްލައިފަ އެވެ.

ފުލުހުން ބުނި ގޮތުގައި އެ މާރާމާރީއާ ގުޅިގެން ހައްޔަރުކުރީ 21 އަހަރުގެ މީހެކެވެ. އެ މައްސަލަ މިހާރު އަންނަނީ ތަހުގީގު ކުރަމުންނެވެ.