ބްރިޖް ހައިވޭގައި އެކްސިޑެންޓުވި ކާރު. -- ފޮޓޯ: ކިޔުންތެރިއެއް
17 ފެބުރުއަރީ 2019 - 08:32
ސިނަމާލޭ ބްރިޖް ހައިވޭގައި ރޭ މެންދަމު، ބާރު ސްޕީޑުގައި ދުއްވި ކާރެއް އެކްސިޑެންޓުންވެއް ފުނޑުފުނޑު ވެއްޖެ އެވެ.
ފުލުހުން ބުނީ އެކްސިޑެންޓު ހިނގި އިރު ކާރުގައި ތިބި ދެ މީހުންކުރެ އެކަކަށް ވެސް ބޮޑު އަނިޔާއެއް ނުވާ ކަމަށެވެ.
މި އެކްސިޑެންޓު ހިނގީ މެންދަމުން އަލިވެ 3:00 ހާއިރު ކަމަށާއި ކާރުގައި ތިބީ 24 އަހަރުގެ ފިރިހެނަކާއި 20 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ. އަދި ކާރު ދުއްވަން އިނީ 24 އަހަރުގެ މީހާ ކަމަށާއި އެއީ ކާރު ދުއްވުމުގެ ލައިސަންސް އޮންނަ މީހެއް ކަމަށް ބުންޏެވެ.
ކާރު ދުއްވީ ޔޫތު މިނިސްޓަރުގެ ޕީއޭ އަހްމަދު އަޒްމޫން ކަމަށް ވަނީ އެނގިފަ އެވެ.
ބްރިޖް ހައިވޭގައި އެކްސިޑެންޓުވި ކާރު. -- ފޮޓޯ: މިހާރު
ޕްރައިވެޓް މި ކާރު އެކްސިޑެންޓުވެފައި އޮތީ ހައިވޭގެ އިރުމަތީ ފަރާތުގަ އެވެ. ކާރު ކޮންޓްރޯލް ނުވެ ގޮސް ޖެހުނު ބާރު މިނުގައި، މަގުމަތީގައި ޖަހާފައި ހުރި ހޮޅިދަނޑި ވެސް ވެއްޓި، ހައިވޭގެ ދަގަނޑު ފެންސް ވެސް އޮތީ ބިނދިފަ އެވެ. ކާރު އޮތީ ފެންސުގެ އެތެރެއިން ޕޭވްމަންޓްމައްޗަށްވާ ގޮތަށެވެ.
ބްރިޖް ހައިވޭގައި އެކްސިޑެންޓުވި ކާރު. -- ފޮޓޯ: މިހާރު
ހުޅުމާލެއިން މާލެއަށް ދަނިކޮށް އެކްސިޑެންޓުވި ކާރު ގޮސް ބޭރު ތޮށިގަނޑުގައި ޖެހި، ހުއްޓިފައި އޮތީ ޕޭވްމަންޓްމައްޗަށްވާ ގޮތަށެވެ.
ބްރިޖް ހައިވޭގައި މި ފަހަކަށް އައިސް ނުރައްކާތެރި ގިނަ އެކްސިޑެންޓުތަކެއް ހިނގާފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮސްނުގޮވަ
19 February 2019
ތި ބާރު ސުޕީޑްގަ ދުއްވާ މީހުންގެ ޖޫރިމަނާ ޗެކުކޮށްލަބަލަ 70000 ވުރެ ދަށެއް ނުވާނެ...އެހެންވީމަ ފުލުހުން މަސައްކަތް އެބަކުރޭ...މީރާ އިން އެލާރި ހޯދަން ދައުވާ ކޮށް ފިޔަވަޅު އެޅީމަ ވާނީ...
ފްރެންޑްސިޕްބްރިޖް
18 February 2019
ވިސްނާލަންވީމިދަންވަރުގެވަގުތެއްގައިމިހާބާރުސްޕީޑުގައި ހަމަބުއްދިސަލާމަތުންހުރެ މީހަކުދުއްވަފާނެ ކަމައް ޤަބޫލް ކުރުންދަތި ފުލުހުންނައްގޮވާލަން މިދެމީހުންގެ ބްލަޑް ޓެސްހެދުމަށް އަދި މިކަމުގައި ބްރިޖް ހައިވޭއަށް ލިބުނުގެއްލުން ދައުލަތައް ހޯދުމަށް އަދިމިކަމުގައި ގާނުނުން ދެވެން އޮތް އެންމެބޮޑު އަދަބުދިނުމަށް
ކުމާރު އަލިބެ
18 February 2019
ދިވެހިން ވަރުގެ މޮޔަ ބައެއް ދުނިޔެމަތީ މަދުވާނެ. ރެއާ ދުވާލު ހައިވޭގަޔާ ބުރިޖުމަތިން އެކްސިޑެންޓު ވާއިރުވެސް ބަލާނުލާ މޮޔަވެގެން ދުއްވާނީ ކޮންކަހަލަ ބައެއްބާ؟
ބުރިޖުމޭން
17 February 2019
ބުރިޖުމަތީ ކާރު ތައް ދުއްވަނީ މާ ބާރަށް. ސައިކަލަށް ވުރެ ހަތަރު ފުރޮޅުލީ އުޅަނދު ތައް މާ ބާރަށް ދަނީ. ހެޔޮނުވާނެ ކަމެއް ވާނީ ބުނެފަ އެއް ނޫން. ވިސްނާލާ.
މާކަނާ ކަލޯތާ
17 February 2019
ތީނާގެ ލައިސަންސެއް ސަރުކާރަކަށް ނުހިފެހެއްޓޭނެ. ތިއީ އެން ޑީ. ޕީގެ ކެމްޕޭނުގައިވެސް އިސްކޮށް އުޅިފައިވާ ފަރާތެއް. ނަމަވެސް އެއްވެސް މީހެއް ތަފާތު ކުރެވިގެންނެއް ނުވާނެ. އެއީ އަޅުގަނޑުމެން ބޭނުންވާ އިންސާފަކީ
ޗޮސް
17 February 2019
ތިޔަ ޕީއޭ އަށް ސަރުކާރުގެ މަގާމެއް އަދާކުރެވޭވަރަށް ތަސައްރަފު އަދި ނުފުދޭ.
އެންދެރި
17 February 2019
ލައިސަންސް ހިފެހެއްޓުމުގަ ޕަރައިވެޓް ކާރާއި ޓެކްސީ ދުއްވާ މީހުންގެ މެދުގަ ތަފާތު ކުރާގޮތް ބަލާލާށެވެ.
ތިމާވެށި
17 February 2019
މީނަގެ ލައިސަންސް ކޮބާތޯއެވެ؟ ޕްރައިވެޓް ކާރެކެވެ.
ގިނިކަނދު
17 February 2019
ދެން އެންމެ އަަހައް ކުރަންވީކަމަކީ ކާރުތަކުގެ ބޭރު އެކީ ނިވާވާ ވަރުގެ ހެލްމެޓެއް ކޮންމެ ކާރެއްގަ އެޅުވުން އޭރުން ކާރުތަކަށްލިބޭ ގެއްލުން ކުޑަކުރެވޭނެކަމަށް ލަފާ ކުރެވެނީ
އަހުމަދު އަދީބު
17 February 2019
ހައިވޭގައި ކުރިން ވެސް އެކްސިޑެންޓުވެ ހަލާކުވިތަން އަދިވެސް ނުހެދޭ އޭނާ ދޫކޮށްލީ އޭނާޔާ ބެހޭވެސް ކަމެއްނޫން ދެން ތިތަން ހަލާކުވިތަން ހަލާކުވި އެގޮތަށްބާއްވާ މިއީބާ އޮންނަންވީ ގޮތަކީ މިކަން. އެކްސިޑެންޓުވި މީހާގެ އަތުން އެތަންތަން ހެދޭވަރަށް ފައިސާ ނަގާ ޖޫރިމަނާކުރޭ އަދި ދުވަސް ކޮޅަކަސް އޭނަގެ ލައިސަންސު ހިފަހައްޓާލާ، ނޫނީ ދެން އަންނަފަހަރަކުން އެތައްބައެއްގެ ފުރާނައަށް ނުރައްކާ ވުމަކީ ދުރުގައިވާ ކަމެެއްނޫން
އައްޑެ
18 February 2019
ވަރަށް ރަނގަޅު ވާހަކަ ކޮޅެއް
ވިލިބޯއީ
18 February 2019
މިކަހަލަ އެކްސިޑެންޓްތަކުގައި ކާރު އަދި ސައިކަލް ނުވަތަ އެހެންވެސް ދުއްވާ އެއްޗަކަށް ގެއްލުންވި ޚަބަރު މުޅިންވެސް. ދައުލަތުގެ މުދަލަށް ގެއްލުންވި ވާހަކަައާއި އެޙަރަދު އަތުލާޖޫރިމަނާ ކުރާވާހަކައެއް ނާދޭ. ޖިންނީގެ ކަމަކަށްހަދާ ނިންމާލަނީތޯ. ހަމަރައްޔިތުންގެ ފައިސާދޯ.