އެކްސިޑެންޓުގައި އަނިޔާވި ބަޔަކު މިނިސްޓަރުގެ ކާރަށް އަރުވައިގެން ހޮސްޕިޓަލަށް ގެންދަނީ.
01 ޑިސެމްބަރ 2025 - 23:14
މާލެ އިން ހުޅުމާލެ އަށް މިރޭ ދިޔަ ދެ ސައިކަލެއް ސިނަމާލެ ބްރިޖުމަތިން ޖެހި ހިނގި އެކްސިޑެންޓެއްގައި ބަޔަކަށް އަނިޔާވެފައި ވަނިކޮށް ހޯމް މިނިސްޓަރު އަލީ އިހުސާންގެ ކާރުގައި އެ މީހުން ހޮސްޕިޓަލަށް ގެންދިއުމަށް އެހީތެރިވެއްޖެ އެވެ.
އެނގިފައިވާ ގޮތުގައި އެކްސިޑެންޓުވި ވަގުތު މިނިސްޓަރު އިހުސާން ވެސް ވަޑައިގަތީ މާލެ އިން ހުޅުމާލެ އަށް ރަސްމީ ކާރުގައި ދަތުރު ކުރައްވަމުންނެވެ. އެކަމަކު ހާދިސާ ހިނގި ތަން ފެނިވަޑައިގަތުމުން އިހުސާން ވަނީ އޭނާ އެ ވަގުތު އިންނެވި ކާރު ހުއްޓުވައި، އެކްސިޑެންޓުގައި އަނިޔާވި މީހާ އަވަސް ފަރުވާ އަށް އެ ކާރުގައި ގެންދިއުމަށް ފުރުސަތު ދެއްވައިފަ އެވެ.
ފުލުހުން ބުނީ އެ ހާދިސާ ހިނގީ މިރޭ 6:35 ހާއިރު ކަަމަށެވެ. ދެ ސައިކަލުގައި ތިބި ދެ ފިރިހެނުންނަށް އެ އެކްސިޑެންޓުގައި އަނިޔާވެފައިވާ ކަމަށާއި އެ މީހުންނަށް ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށް ފުލުހުން ބުންޏެެވެ.
ފުލުހުން ބުނި ގޮތުގައި، އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ވެސް ހޮސްޕިޓަލަށް ގެންދިޔައީ މިނިސްޓަރު އިހުސާންގެ ކާރުގަ އެވެ.
އެ އެކްސިޑެންޓުގައި އެކެއްގެ މޫނުމަތިން ފަޅައިގެން ގޮސް އަދި އަނެއް މީހާގެ ގައިގެ އެކި ތަންތަނުން މަށައިގެން ގޮސް އަނިޔާތަކެއް ލިބިފައިވެ އެވެ. އަދި އެ ހާދިސާގައި ދެ ސައިކަލަށް ވެސް ގެއްލުންވި ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
raajje
04 December 2025
މިދެންމާމޮޅުކަމެއްތަ؟ ގަވައިދާހިލާފަށްކޮންމެވެސް އެކަކު ދުއްވައިގެން ނުވަތަ ދެމީހުންވެސް ދުއްވައިގެން އެކުސިޑެންޓުވާނީދޯ، ތިކަމަށް އެޓެންޑުވާންޖެހޭމީހުނަށް ފުރުސަތުނުދީ މިނިސްޓަރުގެ ކާރަށްލައިގެން ހޮސްޕިޓަލަށްގެންދަންޖެހޭހާ ހާލަތުސީރިއަސްކަމަކަށްނުދެކެން، ތީހަމަ ޝޯއޮފު
ދިވެހިންގެ ރާއްޖެ
02 December 2025
އެކްސިޑެންޓެއްގައި އަނިޔާވެފައިވާ މީހާ ނަގަންވާނީ އެކަމުގެ ތަމްރީނު ލިބިފައިވާ މީހުން. އަނިޔާވި މީހާޔަށް އެހީތެރިވާން އެންބިއުލާންސާއި ޕެރަމެޑިކުން ވަގުތުން ގެނައުމަކީ ބުއްދިވެރި ގޮތެއް. އަމިއްލަޔަށް އެހީ ވާން އުޅެގެން ހިތާމަވެރި ގޮތެއް ދިމާވެދާނެ. ދެރަގޮތެއްނުވީތީ ހަމްދު ކުރަން. ޝުކުރިއްޔާ އިހުސާން.
މޫކޭ
02 December 2025
އިދިކޮޅު ޕާޓީގެ މާނައެއްނޫން އެއީ ކޮންމެކަމަކާ އިދިކޮޅުޕާޓީ ރަނގަޅުކަންކަން ބަލައި ގަންނަން ޖެހޭ
އެ ކާރަކީ ސަރުކާރުގެ "ކާރެއް"
02 December 2025
އެހެންކަމުން އެވަގުތު އެ ޚިދުމަތް ދެވުނީ ހަމަ އައިޖީއެމްއެޗް ގެ އެމްބިއުލާންސެއް ފަދައިންނެވެ. ކާރުގައި ލޭހޭކިއްޖެ ނަމަ ސާފު ކުރުމަށް އިޙްސާންގެ އަތްޕުޅުން ލޯލާރިއެއް ވެސް ނުދާނެ އެވެ. ނަމަވެސް މިނިސްޓަރ އިޙްސާން އެވެދެއްވީ އެބޭފުޅާގެ ނަމާއި ވެސް ގުޅޭގޮތުން ވަރަށްބޮޑު އިޙުސާންތެރި ކަމެކެވެ.
ނޮޓޮރައިޒް
02 December 2025
އިހްސާން މީ ވަރަށް ހެޔޮލަފާ ބޭފުޅެއް އެއްދުވަހު މަ ވިލިންގިއްޔާ ދާނެ ޓެކްސީއެއް ނުލިބެން ހުއްޓާ އިހުސާން ކާރުކޮޅުގަ އައިސް، އަޅުގަނޑު ސިދާ ވިލިނގިލީގެ އެޑްރެސް ގެ ދޮރުމައްޗަށް ގެންގޮސްދިން. އިހްސާން އަށް ކުރިއެރުމާއި ފާގަތިކަން އެދެން.
ސީމޫ
02 December 2025
ސިޔާސީ ފޯރީގަ ނުޖެހި މިފަދަ ކަންކަން ބަލައިގަންނަން ޖެހޭ ކޮންމެމީހަކުކުރިޔަސް ހެޔޮކަމެއް ވާނީ ހެޔޮކަމަކަށް
ތެފައާސާ.
02 December 2025
އިހުސާންގެ އިހުސާންތެރިކަމުގެ އަގު ވަޒަންކުރުމުގެ ގޮތުން ކޮންމެވެސް ބަޔަކު އިސްނަގައިގެން ކޮންމެވެސް ކަމެއް ކުރުން ރަނގަޅު.
ޗަޕް
02 December 2025
އެއީ އިހުސާންގެ ކާރެއްތަ؟
ޙަލް ޖަޒާއުލް އިޙްސާން އިއްލަލް އިޙްސާން
02 December 2025
ޚޮންމެ ވެރިޔަކީވެސް ޚާދިމެއް ކަމުގައި ދެކިގެން ﷲ ޞުބްހާނަހޫ ވަތަޢާލާ ސުވާލު ކުރައްވާނެކަން އެނގިގެން އަމާނތްތެރިކަމާއެކު މަސައްކަތް ކުރީމަ ނިމުނީއެވެ. ނިޔަތް ދެނެވޮޑިގަންނަވާނީ އެކަލާންގެއެވެ. ފާޑުކިޔާމީހުން ކިޔާނެއެވެ. ދަންނަވާލަން އޮތީ، ސިޔާސީ ކަންކަމަކީ މިހާތަނަށް ހަޑިމުޑުދާރު ކަމެކޭ ކިޔާފަ ކަންކަމާ ކުރިމަތިނުލާ ނުތިބޭށެވެ. ތެދުވެރިކަމާއެކު ޚިދުމަތް ކުރަން އެންމެންވެސް ނުކުންންވީއެވެ. މަޤާމާ އެކު ޒިންމާ އަންނާނެއެވެ. ސުވާލު ކުރެވޭނެއެވެ.
ޝަޖޫ
02 December 2025
ވަރަށް ރަނގަޅު. މިތާ މިކޮމެންޓްކުރާ މީހުންނާ މަގޭ ވިސްނުން ތަފާތު. މީ ހަމަ ނޫހުގަ ޖަހާވަރުގެ ހަބަރެއް. މިނިސްޓަރުން އިހްސާން އަކީ ފުލުހުންނާ މިކަހަލަ އެތައް މުއައްސަސާއެއްގެ ވެރިޔާ. އެހެންވީމާ އޭނަ ވާންޖެހޭ އެއެންމެންނަށް ރޯލް މޮޑެލްއަކަށް. މިކަހަލަ ހަބަރު ޖެހީމާ ދޯ އެންމެންނަށް އިނގޭނީ މިނިސްޓަރު ފަރުދީ ޒިންމާ އަދާ ކުރިކަން.
ކޮރަލް
02 December 2025
ޑިމޮކްރަސީ ގޮސްފަ ހުރި ހިސާބު މިހިރަ ފެންނަނީ އެވެ. އެކަކު އަނެކަކަށް އިހްތިރާމް ކުރަން ޖެހެ އެވެ. މީހަކު ރަނގަޅު ކަމެއް ކުރިއަސް އެއްޗެހި ކިޔާ ނުލާ ހިތް ހަމަ ނުޖެހެ އެވެ.