ފެހެންދޫ ޑިންގީގެ މައްސަލަ ވާނީ ހައްލު ކޮށްދީފައި: މިނިސްޓަރު

އާބާދީ ކުޑަވުމުން ސްކޫލު ބަންދުކޮށްފައިވާ ބ. ފެހެންދޫ ކުދިން ކިޔަވަން ކޮންމެ ދުވަހަކު ގޮއިދު އަށް ކުރާ ދަތުރުގައި ބޭނުންކުރާ ޑިންގީ އަކީ ރައްކާތެރި އެއްޗަކަށް ހަދަން ކުރަން ޖެހޭ ކަންކަން ކޮށްދީފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މިއަދު ވިދާޅުވެއްޖެ އެވެ.


މިދިޔަ އަންގާރަ ދުވަހު މޫސުން ގޯސްވެފައި ވަނިކޮށް ފެހެންދޫން ކުޑަ ދެ ކުއްޖަކު ގޮވައިގެން އަންހެން ދެ ބެލެނިވެރިޔަކު ގޮއިދުއަށް ދަތުރު ކުރި ގޮތް ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ. އެ ވީޑިއޯއިން ފެންނަނީ ޑިންގީގެ ދެ ފަރާތުން ހާމައަށް އޮތް ތަނެވެ. އަދި ވާރެއިން ހިޔާވާން އެއް ކުއްޖަކު ކޯޓު ލައްވާފައި އިން އިރު، އަނެއް ކުއްޖާ ހިޔާކުރަން ބެލެނިވެރިޔާ ހިފަހައްޓައިގެން އިނީ ކުޑައެކެވެ.

ފެހެންދޫ ކުދިން ދަތުރު ކުރާ ޑިންގީގައި އެޑިޔުކޭޝަން މިނިސްޓްރީން ސަތަރި ޖަހައިދީފައި

އެއް ފަޅެއްގައި ޖެހިޖެހިގެން އޮންނަ މި ދެ ރަށާ ދެމެދު އެ ޑިންގީގައި ކުރާ ދަތުރަށް ނަގަނީ ގާތްގަނޑަކަށް ހަތް މިނިޓެވެ. ކޮންމެ ދުވަހަކު 26 ކުދިން ގޮއިދުއަށް ކިޔަވަން ދެ އެވެ. އެކަމަކު ވީޑިއޯ އިން ފެންނަނީ އޭގެ ތެރެއިން ޕްރީ ސްކޫލްގެ ދެ ކުއްޖަކު ގޮވައިގެން ދަތުރުކުރާ ތަނެވެ.

މިނިސްޓަރު ވިދާޅުވީ، ޑިޒައިން ހުރި ގޮތުން ނަމަ ޑިންގީގެ ކުރިމަތިން ސަތަރި ވައްޓާލުމުން، ލޯންޗު ދުއްވާ މީހާ އަށް ކުރިމަތި ނުފެންނަ ކަމަށެވެ. އެހެންވެ، މިވަގުތު ލޯންޗު ދުއްވަނީ ސަތަރީގެ އެ ބައި ނަގައިގެން ކަމަށް ޑރ. އައިޝަތު ވިދާޅުވި އެވެ.

ޑރ. އައިޝަތު ވިދާޅުވީ، މިދިޔަ އަހަރުގެ ނޮވެމްބަރު މަހު މިނިސްޓްރީއާ ހަވާލުވެވަޑައިގަތުމަށް ފަހު، އެ ޑިންގީގައި ސަތަރި ޖަހައި ހިޔާކޮށްދީފައިވާނެ ކަމަށެވެ.

"އަޅުގަނޑު މަގާމާ ހަވާލުވުމާ އެކު ތުޅާދޫ ދާއިރާ އިން އެންމެ ފުރަތަމަ އައި ކަމަކީ އެއީ. އެ މައްސަލަ އައުމާ އެކު، ޑިންގީގެ މައްސަލަ އަޅުގަނޑުމެން ވާނީ ހައްލު ކޮށްދީފައި،" ގޮއިދޫ ސްކޫލުން ބަލަހައްޓާ ޑިންގީއާ ގުޅޭ ގޮތުން ޑރ. އައިޝަތު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، ޑިޒައިން ހުރި ގޮތުން ނަމަ ޑިންގީގެ ކުރިމަތިން ސަތަރި ވައްޓާލުމުން، ލޯންޗު ދުއްވާ މީހާ އަށް ކުރިމަތި ނުފެންނަ ކަމަށެވެ. އެހެންވެ، މިވަގުތު ލޯންޗު ދުއްވަނީ ސަތަރީގެ އެ ބައި ނަގައިގެން ކަމަށް ޑރ. އައިޝަތު ވިދާޅުވި އެވެ.

"އެކަން ހައްލު ކުރުމަށް އަލިފުށީގެ ޓީމެއް އެބަ މަސައްކަތް ކުރައްވާ،" މިނިސްޓަރު ވިދާޅުވި އެވެ.

ފެހެންދޫ ކުދިން ދަތުރު ކުރާ ޑިންގީ: އެ ޑިންގީގެ ސަތަރިގަނޑުގެ ޒިބު ވަނީ ހަލާކުވެފައި

މަތި ހިޔާކޮށް އަދި މޫސުން ގޯސް ނަމަ ދެ ފަރާތުން ވެސް ހިޔާވާނެ ގޮތަށް ޑިންގީގައި ސަތަރި ޖަހާފައިވެ އެވެ. އެކަމަކު ފެހެންދޫ ކައުންސިލްގެ ރައީސް މޫސާ ނަސީމް ވިދާޅުވީ އޭގެ ޒިބު ހަލާކުވެފައި ހުރުމުން، ދެ ފަރާތުގެ ސަތަރިގަނޑު މިހާރު ބޭނުންނުކުރެވޭ ކަމަށެވެ.

"މިހާރު ޑިންގީގެ ސަތަރިގަނޑު ވެސް އިނީ ހަލާކުވެފައި. އެހެންވެ، ވާރޭ ވެހުނަސް، ކަނޑު ގަދަ ވިޔަސް ހުރިހާ ކުދިން ސްކޫލަށް ދާން ޖެހޭނީ ތެމި ފޯވެގެން،" މޫސަ ވިދާޅުވި އެވެ.

"އިއްޔެ ވެސް މިއަދު ވެސް ސްކޫލަށް އެ ދިޔައީ ތެމިގެން."