އަމީތު މިއަދު ސައިކަލްގައި ވަޑައިގަންނަވަނިކޮށް ފުލުހުން އޭނާ ހިފަހައްޓާފައި -- ފޮޓޯ: އައްޑޫ ލައިވް
01 ސެޕްޓެމްބަރ 2016 - 13:48
ޓްރެފިކް މައްސަލައެއްގައި މަޑުއްވަރީ ދާއިރާގެ ޕީޕީއެމް މެމްބަރު މުހައްމަދު އަމީތު ފުލުހުންގެ ބެލުމުގެ ދަށަށް މިއަދު ގެންދިއުމަށް ފަހު ދޫކޮށްލައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އަމީތު ފުލުހުންގެ އިދާރާ އަށް ހާޒިރުކުރީ މެންދުރު 12:30 ހާއިރު ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފްސީލެއް އޭނާ ނުދެއްވަ އެވެ.
"ޓްރެފިކް މައްސަލައެއްގައި ގެނައީ، އިތުރު ތަފްސީލެއް ނެތް ދެވޭކަށް،" މީޑީއާ އޮފިޝަލް ވިދާޅުވި އެވެ.
އެނގިފައިވާ ގޮތުގައި ޓްރެފިކް ފުލުހުންގެ ދެ މީހަކު، އަމީތު ހިފެހެއްޓީ ހެންވޭރު ސަހަރާ ކައިރިންނެވެ. ސައިކަލްގައި ދިޔައިރު އަމީތު ފޯނުން ވާހަކަ ދައްކާތީ އެކަން ނުކުރަން ނަސޭހަތްތެރިވި އެވެ.
ތަކުރާރުކޮށް އަމީތަށް އެގޮތަށް އަމަލު ނުކުރަން ނަސޭހަތްތެރިވުމަށްފަހު ފުލުހުން ވަނީ އަމީތުގެ ލައިސަންސް ހިފަހައްޓަން މަސައްކަތްކޮށްފަ އެވެ. ނަމަވެސް ލައިސަންސް ދިނުމަށް އިންކާރު ކުރުމުން ފުލުހުންގެ ވެހިކަލަކަށް އަރުވައިގެން އަމީތު ގެންދިޔަ މަންޒަރު އެ ސަރަހައްދުގައި ތިބި މީހުންނަށް ވަނީ ފެނިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަޙްމަދު
04 September 2016
ޤައުމެއް ވާ ނެތް. ކޮންމެ ދިމާލަކުން ބެލިއަސް ދޯހަޅިކަން ނޫނީ ފެންނާކަށް ނެތް. ޤާނޫނު ހަދާ ބޭފުޅުން ގެ ޙާލު ފެންނަން ތިހިރީ. މުޢައްސަސާތަކުގެ ވެރިން ގެ ޙާލަކީ އަދި ކޮބައިބާ އޭ ހިތަށް އަރާ
ހަސަނު
01 September 2016
މިހާރަކަށް އައިސް އަމިތުގެ ވޯޓު ހުރޭ ޔާމީން ބުނާ ގޮތާ ހިލާފަށް... އެހެންވީމާ އަމީތު އެއުޅެނީ ގެއިން ހަތިޔާރުވެސް ފެނުދާނެ ކަހަލަ ގޮތަކަށް...
ދޮޅުގަޑި ބައި
01 September 2016
ސަރުކާރާ އެއްކޮޅަށް މަޖިލީހުގަ ވާހަކަ ދައްކާ ވޯޓްދޭނަމަ ތިކަހަލަ ކަންތަކެއް ނުޖެހޭނެ.
ޯއަބްދުﷲ ނާފިޒު
01 September 2016
ސަރުކާރު ފަޅީގެ މީހަކުގެ މައްސަލައްލައެއް ނުބެލޭނެ...ތިޔަކަން ވާނީ ޖަމަލު ފޮޑިޖަހާ އުސޫލުން..ވަޅެއް ނުތޭޅޭނެ ދާނި ހަލާކުވާނީ
ތުއްތުބޭބެ
01 September 2016
ތިއީ ތިކަން އޮންނަން ވާގޮތް ރިޝްވަތު ދިނީމާ ދީންމީހާއެކަނި ބަންދުކުރީމާ ރަގަޅެއްނޫން . ސަރުކާރުން ޤާނޫންއާއި ޚިލާފަށް ޚަރަދު ކުރީމާ ފައިސާލިބުނުފަރާތް ޢުމުރަށް ޖަލަށްލާއިރު ފައިސާދޫކުރި މުއައްސަސާގެ އެކަންކުރި މީގަކަށް ހަމައެއްވެސްކަމެއް ނުވޭ
ޖޮންގޯ
01 September 2016
ތިޔަކަހަލަ މައްސަލައެއްގައި އަޅުގަނޑުގެންގޮސް 3 ދުވަސް މުއްދަތްވެސް ޖެހި. ފުލުހުންގެ ދައުރު އަދާކުރަން ހުރަސް އެޅީކަަމަށް ކަނޑައަޅާ ޖިނާއި ދައުވާކޮށް ސާބިތުވެ ޖޫރިމަނާވެސްކުރި. މަށަށްވީމަ މުއްދަތްޖަހާ 3 ދުވަސް ގޮޅިގަ، މެންބަރު ކާރުކޮޅުގައި
ފައްތާހު
01 September 2016
ގާނޫނު ހައްދަވާ ބޭފުޅުން
މުހައްމަދު
01 September 2016
ޢަމީތެެއް ފާރިޝްއެއް ކެނެރީގެއެއް އީވާއެއް ނޯންނާނެ...ޤާނޫނު ނަގަހައްޓަން ޖެހޭނެ...
ސދސަ
01 September 2016
ޔާމީން އެށް ވެސް ދޯ
ހުސެއިނާ
01 September 2016
ވަކިމެންބަރަކަށް މިނިސްޓަރަކަށް ބަލާނެކަމެއް ނެތް ކުއްވެރިވީމާ ޒިއްމާވާން ޖެހޭނެ
ދޮން އާމިރު
01 September 2016
އަމިތު...އެފަށަނީ...........ގުޑަ ދުއްތުރާއިން ބޮޑު ދުއްތުރާއަށް...