ސްވިމިން ޓްރެކް ސަރަހައްދު ތަރައްގީކުރާނެ ބަޔަކު ހޯދަނީ

މާލޭގެ ސްވިމިން ޓްރެކް ސަރަހައްދުގައި ސިޑިބަރިއަކާއި ފާހާނާތަކާ އެކު ފެންވަރާ ތަނެއް ހަދައިދޭނެ ބަޔަކު ހޯދަން އިއުލާނުކޮށްފި އެވެ.


ސްވިމިން އެސޯސިއޭޝަނުން ބުދަ ދުވަހު ކުރި އުލާނުގައިވާ ގޮތުން މަޝްރޫއާ ބެހޭ މައުލޫމާތު ދިނުމުގެ ބައްދަލުވުމެއް އަންނަ އަންގާރަ ދުވަހުގެ ހެނދުނު 11:00 ސްވިމިން އެސޯސިއޭޝަނުގައި އޮންނާނެ އެވެ. އަދި އެ މަސައްކަތް ކުރަން އެދި ހުށަހަޅާ ބީލަންތައް ހުޅުވުން އޮންނާނީ މި މަހު 23 ވަނަ ދުވަހު އެވެ.

ސްވިމިން ޓްރެކް ސަރަހައްދު ތަރައްގީކުރާ ގޮތުގެ ކުރެހުމެއް.

މަޝްރޫއު އަށް ބީލަން ހުށަހަޅާ ފަރާތްތަކުން ސެކިއުރިޓީގެ ގޮތުގައި 20.000ރ. ހުށަހަޅަން ޖެހޭނެ އެވެ.

ސްވިމިން ޓްރެކް ސަރަހައްްދުގައި އިމާރާތް އަޅަން ސްވިމިން އެސޯސިއޭޝަނުން ކުރި އިއުލާނާ އެކު ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހްލޫފް ފޭސްބުކްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި އެ އިމާރާތް ހުންނާނެ ގޮތުގެ ކުރެހުންތަކެއް ވަނީ އާއްމު ކުރައްވައިފަ އެވެ.