ފަނޑިޔާރުންގެ ޖަމިއްޔާއެއް އުފައްދަން ޖުޑީޝަލް ކައުންސިލުން ނިންމައިފި އެވެ.
ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބުނީ ރާއްޖޭގެ ފަނޑިޔާރުންގެ ޖަމިއްޔާގެ ނަމުގައި ތަނެއް އުފައްދަން ޖުޑީޝަލް ކައުންސިލުން ނިންމާފައިވާތީ އެ ޖަމިއްޔާ ރަޖިސްޓަރީ ކުރުމަށް ހުށަހަޅަންޖެހޭ ލިޔުންތައް މިދިޔަ މަހުގެ ފަހުކޮޅު ޔޫތް މިނިސްޓްރީ އަށް ހުށަހަޅާފައިވާ ކަމަށެވެ.
ފަނޑިޔާރުންގެ ގާނޫނުގެ ދަށުން ލިބިދޭ ޖަމިއްޔާ އުފެއްދުމުގެ ހައްގުގެ ދަށުން އުފައްދާ އެ ޖަމިއްޔާގެ މައިގަނޑު މަގްސަދަކީ ފަނޑިޔާރުންގެ މިނިވަންކަން ހިމާޔަތް ކުރަން މަސައްކަތް ކުރުމާއި ފަނޑިޔާރުންގެ އިމްތިޔާޒްތައް ހިމާޔަތް ކުރަން މަސައްކަތް ކުރުން ކަމަށް ޑީޖޭއޭ އިން ބުންޏެވެ.
ފަނޑިޔާރުންގެ ޖަމިއްޔާއެއް އުފައްދަން ޖުޑީޝަލް ކައުންސިލުން ނިންމިއިރު، މީގެ އަހަރުތަކެއް ކުރިން ވެސް ފަނޑިޔާރުންގެ ޖަމިއްޔާއެއް އުފެއްދި އެވެ.