މިދިޔަ ފަހަރު އަހަރެމެން ގެނެސްދިން "އާޓިސްޓެއްގެ ކުރެހުންތަކަށް" ކިޔުންތެރިންގެ ފަރާތުން ލިބުނު ސަމާލުކަމާއި ތަރުހީބަށް އަތްޖަހަމުން މި ހަފުތާގައި މި އޮތީ އަނެއްކާވެސް އެހެން ކުރެހުންތެރިއެއްގެ އަޖާއިބުކުރުވަނިވި ދުނިޔެއެކެވެ. މިފަހަރުގެ ހޮވުމުގައި ވަނީ މާމެލާމެލީގެ ބަގީޗާތަކެވެ. މި މާމެލާމެލީގެ ހިތްގައިމު ކުލަތަކުގެ ތެރޭގައި ފޮރުވިފައިވާ ހުނަރުވެރިޔަކީ 32 އަހަރުގެ އައިމިނަތު ޝިމްހާ ޝަކީބެވެ. މި ގެލަރީގައި ޝިމްހާ ދައްކާލާ ކަލެކްޝަނަކީ ރާއްޖޭގައި އެންމެ އާންމު މާމެލާމެލީގެ ވައްތަރުތަކެވެ. އެހެންވީމަ މަލާއި ފަތުގެ މި ހިތްގައިމު ކަމަށް ވަދެ ގެއްލިގަންނަމާ ހިނގާށެވެ.

ވޯޓާކަލާ އިން ކުރަހާފައިވާ ސައިމާ: ޝިމްހާ ބުނަނީ މިއީ އެންމެ ފަސޭހައިން، އެންމެ އާންމުކޮށް ކުރަހާލެވޭ އެއް މާ ކަމަށް. ނަމަވެސް މިގޮތަށް މާތައް ކުރެހުމުގެ ސިލްސިލާއެއް ފެށުނީ އެއްގޮތަކަށް ވެސް މާމެލާމެލީގެ މާ ބޮޑު ޝައުގުވެރިކަމެއް ހިތުގައި އޮވެގެން ނޫން ކަމަށް ވެސް އޭނާ ބުނޭ.

ވޯޓާކަލާއިން ވިހަލަގޮނޑި މަލެއް: ޝިމްހާ ބުނަނީ އޭނާ އަށް މަލެއް އެންމެ ކަމުދަނީ އޭގެ ކުލަތައް ވީހާ ވެސް ގަދަވެފައި އެކި ވައްތަރުގެ ކުލަތައް އެއަށް ލިބިފައިވާ ނަމައެވެ. އެގޮތުން ބަލާއިރު ވިހަލަގޮނޑި މަލަކީ އޭނާގެ ކަލެކްޝަނުން ވަރަށް އާންމުކޮށް ފެންނަ މަލެއްކަން ފާހަގަކޮށްލެވެއެވެ.

މަގޫ މަލުގެ ކޯޅިއެއް: މިއީ އެކްރެލިކް ކުލަތަކުން ކެންވަސްއެއްގައި ކުރަހާފައިވާ ކުރެހުމެއް. ވޯޓާކަލާ އަކީ ބޭނުންކުރަން އެންމެ ފަސޭހަ ކުލަ މީޑިއަމް ކަމަށްވިޔަސް ޝިމްހާ ބުނަނީ އޭނާގެ ހިތް ބަނޑުންވެފައި އޮތީ އެކްރެލިކް ކުލަ ދަޅެއްގެ ތެރެއަށް ކަމަށެވެ.

ހުދު ކުލައިގެ ގުލްޗަމްޕާ މާ: މަލުގެ ކުލަތަކުން ހުދު ކުލައަށް ކިތަންމެ ފޫހިވިޔަސް ޝިމްހާ ބުނަނީ މިއީ އޭނާގެ ފެވަރިޓެއް ކަމަށެވެ. މިއީ ވެސް އެކްރެލިކް މީޑިއަމްގައި ފައްކާކޮށްފައިވާ ކުރެހުމެކެވެ. ޝިމްހާ ބުނީ އޭނާގެ މި މަލުގެ ސިލްސިލާ ކުރެހުންތައް ފެށީ ރާއްޖެއިން ފެންނަ ރީތި، އެންމެ ހިތްގައިމު ކުލަތަކުން ފަރިވެފައިވާ މާތައް އޭނާގެ ކެންވަސް އަށް ގެނައުމުގެ ބޭނުމުގައި ކަމަށެވެ.

މިއީ އެކްރެލިކް ޕެއިންޓުން ކެންވަސްއެއްގައި ޝިމްހާ ކުރަހާފައިވާ ގިނި މަލެއް: މި މަލާއި އޭގެ ކުލައިގައިވީ ހިތްގައިމުކަން ކިތަންމެ ބޮޑަސް ޝިމްހާ ބުނަނީ އޭނާ އަށް އެންމެ ކަމުދާ މާތަކަކީ ހިރުނދު މަލާއި ވިހަލަގޮނޑި މަލާއި ބޯޅަ ކިންކިރިމާ ކަމަށެވެ.

މި އޮތީ އެކްރެލިކުން އޭނާ ކުރަހައި ނަލަކޮށްފައިވާ ވިހަލަގޮނޑި މަލެކެވެ. ޝިމްހާގެ މި ކުރެހުންތައް ގަތުމަށް ޝައުގުވެރިވާ ނަމަ އޭނާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން ސީދާ އޭނާއާ ވާހަކަ ދައްކަންވީއެވެ.

ޝިމްހާ ކުރަހާފައިވާ ހިރުނދު މަލެއް: ވޯޓާކަލާ އާއި އެކްރެލިކް މީޑިއަމަށް ފަރިތަވެފައިވިޔަސް އޭނާ ދަނީ އެހެން އިތުރު މީޑިއަމްތައް ވެސް ދަސްކޮށް ކުރެހުމުގެ މި ފަންނުގައި އަމިއްލަ އަށް ތަރައްގީވަމުންނެވެ. އެގޮތުން އޭނާގެ ޑިޖިޓަލް ކުރެހުންތައް ވެސް ވަރަށް ހިތްގައިމުކަން ފާހަގަކޮށްލެވެއެވެ. ނަމަވެސް މިއީ އަދި ޑިޖިޓަލް އާޓެއް ނޫނެވެ. ޝިމްހާ ބުނަނީ ޑިޖިޓަލް އާޓަށްވުރެން އޭނާ އަށް އަދިވެސް އެންމެ ކަމުދަނީ ޓްރެޑިޝަނަލް އާޓާއި އޭގެ ފަންނެވެ.

ބަނބުކެޔޮ ގަހަކުން ވެއްޓުނު ފަތެއް: ޝިމްހާގެ ވޯޓާކަލާ ކުރެހުންތަކުން އާދަޔާހިލާފު ހުނަރުވެރިކަމަކާއި ޑީޓެއިލް ފާޅުވާއިރު އޭނާގެ މި ހުނަރުވެރިކަން އެހެން މީހުންނާ ހަމަ އަށް ގެންގޮސް ދިނުމަށް ކުރަމުން އަންނަ މަސައްކަތް ވެސް ވަރަށް ފާހަގަކޮށްލެވެއެވެ. ޝިމްހާ އަކީ ފުލް ޓައިމް އާޓް މުދައްރިސެކެވެ. ކުޑަކުދިންގެ މެދުގައި އާޓަށް ލޯބި ޖައްސުވައި އެ ކުދިިންގެ ހުނަރު ތަރައްގީކުރުމަށް އޭނާ ކުރަމުން އަންނަ މަސައްކަތްތައް ވަރަށް ބޮޑަށް ފާހަގަކޮށްލެވެއެވެ.

އަނެއްކާވެސް މި އޮތީ ސައިމަލެކެވެ. މިއީ ވެސް އެކްރެލިކުން އޭނާ ކުރަހާފައިވާ މަލެކެވެ. ސައި މަލަކީ ރާއްޖޭގައި އެންމެ ގިނައިން ހެދޭ އެންމެ އާންމު އެއް ވައްތަރުގެ ބަގީޗާ މަލެވެ. މީގެ އެތައް ވައްތަރަކާއި އެތައް ކުލަތަކެއް ރާއްޖޭގެ އެކި ރަށްތަކުން މިހާރު ވެސް ފެނެއެވެ.

ވޯޓާކަލާ އިން ކުރަހާފައިވާ ކޭ ގަހެއް: ޝިމްހާ ބުނަނީ އޭނާގެ އިހްސާސްތައް ބޭރުކޮށް އޭގައި ކުލަޖައްސަން އެންމެ ފަސޭހައީ ވޯޓާކަލާ މީޑިއަމްގައި ކަމަށެވެ.

ދެތަނޑިމަލުގެ ހިތްގައިމުކަމެއް: ޝިމްހާގެ މިފަދަ ކުރެހުމެއް ފެށުމުގެ ކުރިން އޭނާ ވަރަށް ބޮޑަށް އެކަމަކަށް ތައްޔާރުވެއެވެ. ލިސްޓުތަކުން ލިޔެ ކުރަން ޖެހޭ ކަންތައްތައް ނޯޓު ވެސް ކުރެއެވެ. ދެން ކުރެހުން ފަށައިގަންނަނީ އާދައިގެ ސްކެޗަކުންނެވެ. އޭގެ ފަހުން އެ ކުރެހުމަށް ކަލާޕެލެޓެއް ތައްޔާރުކުރެއެވެ. އެހިސާބުން ދެން ކުލަޖައްސަން ފަށަންވީއެވެ.

ޝިމްހާގެ ވޯޓާކަލާ އިން ބޯގަންވިލާ: އޭނާ ބުނަނީ ވޯޓާކަލާއިން ކުރެހުމެއް މިގޮތަށް ކުރަހަން މާ ގިނަ ވަގުތުތަކެއް ނުނަގާނެ ކަމަށެވެ. ސަބަބަކީ އެއީ ބޭނުންކުރަން ފަސޭހަވެފައި އަވަހަށް ހިކޭ މީޑިއަމް އަކަށް ވުމެވެ. ނަމަވެސް އެކްރެލިކުން ކުރަހާ ނަމަ އެ ކުރެހުމެއް ފުރިހަމަކުރުމަށް ވަރަށް ގިނަ ވަގުތު ނަގާ ކަމަށް ޝިމްހާ ބުންޏެވެ.

ޖުމްހޫރީމޭވާގެ މަލެއް އޭގެ ފުރިހަމަ ކަރުގަނޑާއެކު: މިއީ ވެސް އެކްރެލިކް ކުރެހުމެކެވެ. ޝިމްހާ ބުނަނީ އޭނާގެ މި ހުނަރު އިތުރަށް ތަރައްގީކޮށް ފުޅާކުރުމުގެ ވިސްނުން ގެންގުޅުނު ނަމަވެސް ގޮންޖެހުންތަކެއް އެކަމަށް އެބަހުރި ކަމަށެވެ. ނަމަވެސް މުސްތަގުބަލުގައި އަމިއްލަ ސްކޫލެއް ހުޅުވައިގެން ކުދިންނަށް މިހާރަށް ވުރެ ފުޅާ ދާއިރާއެއްގައި މި ހުނަރު ދަސްކޮށްދިނުމަކީ އޭނާގެ ހުވަފެނެކެވެ.

އަސުރުމާ ނުވަތަ މަޝްހޫރު ފޯ އޮކްލޮކް ފްލާވާ: ޝިމްހާ ބުނަނީ ރާއްޖޭގައި ކުރިން އާޓިސްޓުންނަށް ނެތް ގިނަ ފުރުސަތުތަކެއް ހުޅުވެމުން އަންނައިރު އާމްދަނީ ހޯދަން މިއީ ވެސް ވަރަށް ރަނގަޅު ދާއިރާއެއް ކަމަށެވެ. އެގޮތުން ބަލާއިރު ރަނގަޅު އަގުތަކެއްގައި ކުރެހުންތައް ވިއްކާލެވޭއިރު އޮންލައިންކޮށް ކުރެހުންތައް ބޭރުގެ މާކެޓަށް ނެރެގެން ލިބޭ ފައިދާ ވެސް ރަނގަޅު ކަމަށް ބުންޏެވެ.

މަޝްހޫރު މަލިކުރުވާ މާ: ޝިމްހާގެ އާޓް ކަލެކްޝަންތަކުގައި ދިވެހިވަންތަކަމާއި ކުލަ އާއި ރަހަ އާއި ވަސް ވަރަށް ވެސް ގަދައެވެ. އޭނާގެ ސްޓައިލް އަކީ ކޮބައިތޯ ސުވާލުކުރުމުން އޭނާ ބުނަނީ ވަރަށް ނޭޗާ ބޭސްޑް އާޓިސްޓެކޭ ބުނުން އެންމެ ރަނގަޅުވާނެ ކަމަށެވެ.

އެކްރެލިކުން ޝިމްހާ ކުރަހާފައިވާ ކާނިމާ ކޯޅިއެއް: މި ކުރެހުންތަކާ އެކު ހުނަރުވެރި މާ ބަގީޗާއަކަށް ވެއްޓުމުގެ ކުރިން ޝިމްހާ އަކީ ކުރިން ކެންގަރޫ ކިޑްސް އާއި މަންދު ކޮލެޖުގައި ކޯޑިނޭޓަރެއްގެ ވަޒީފާ އަދާކުރި މީހެކެވެ. ނަމަވެސް އާޓިސްޓިކް ޖަޒުބާތުތައް އުތުރިއަރައިގެން ގޮސް އެންމެފަހުން އޭނާގެ ހިތް ބަދަލުވެ އެ ވަޒީފާތައް ދޫކޮށް ފިއްސާއި ކުލަތައް ހިފައިގެން މަލުގެ މި ބަގީޗާ އަށް ވަދެ ގެއްލުނީއެވެ.

ނަން ރީތިމާ ނުވަތަ ފިޔަ ނޫ މަލޭ ވެސް ކިޔާ: މިއީ ވެސް އެކްރެލިކުން ޝިމްހާ ކުރަހާފައިވާ މަލެއެއް. އޭނާގެ މި ސީރީޒްގައި ޖުމްލަ 30 ވައްތަރެއްގެ ލޯކަލް މާތައް ހިމަނާފައިވިޔަސް މި ގެލެރީގައި އެ ހުރިހާ މާތަކެއް ހިމަނާނެ ޖާގައެއް އަހަރެމެންނަކަށް ހަގީގަތުގައި ނުލިބުނެވެ.

މިއީ ފަތަނގުމަލެވެ. އެކަމަކު ޝިމްހާގެ އެކްރެލިކްގެ ހިތްގައިމުކަމެވެ.

ޝިމްހާގެ މި ހުނަރުވެރިކަމުން ކޮންމެ ދުވަހަކުވެސް ދަނީ އާ ގޮފިތަކެއް ފަޅަމުން ފޯދެމުން މާތައް ނުކުންނަމުންނެވެ. މި ދާއިރާ އިން އޭނާ މިވަރުގެ ކުރިއެރުމެއް ހޯދިޔަސް އެންމެ ފުރަތަމަ އުޅެން ޖެހުނީ މީހުންގެ ފަރާތުން ކުރިމަތިވި ފުރައްސާރަ އާއި ފާޑުކިޔުންތަކަށް ރައްދު ދޭނެ ގޮތެއް ނޭނގިގެންނެވެ. އެއީ އާޓިސްޓަކަށްވީމައެވެ. ނަމަވެސް އާޓިސްޓަކަށްވިވުން އެންމެފަހުން އޭނާގެ ދިރިއުޅުން އެކުގައި ބަދަލުކޮށްލީއެވެ.

ޝިމްހާ ކުޑަކުދިންތަކަށް ކުރަހަން ދަސްކޮށްދެނީ: އޭނާގެ އެންމެ ބޮޑު ހުވަފެނަކީ އަމިއްލަ ސްކޫލެއްގައި މިގޮތަށް އާޓު ކިޔަވައިދެވޭނެ ދުވަހެކެވެ.