ހަމީދު ވީީޓީވީގެ ޕްރޮގްރާމެއް ހުށަހަޅައިދެނީ
06 އޯގަސްޓް 2019 - 08:49
ވީޓީވީގެ އެންމެ މަޝްހޫރު އެއް މޫނު ކަމަށް ވާ އަހުމަދު ހަމީދު އާދަމް އެތަނުން އިއްޔެ ވަކިވެއްޖެ އެވެ.
މީގެ ދިހަ އަހަރު ކުރިން ވީޓީވީގައި މަސައްކަތް ކުރަމުން ފެށި އަދި އެތަނުގެ އެންމެ މުހިއްމު ޝޯތަކާއި ލައިވް ކަވަރޭޖްތައް ގެނެސްދީފައިވާ ހަމީދު، އެ ސްޓޭޝަނުން ވަކިވި ސަބަބެއް، އޭނާ ފޮނުވި ސިޓީގައި، ބުނެފައެއް ނުވެ އެވެ.
މި މަހު 1 ގައި އޭނާ ހުށައެޅި ސިޓީގައި ބުނެފައި ވަނީ އޮގަސްޓް 5 އަށް، ވީޓީވީގައި އޭނާ މަސައްކަތްކުރާތާ 10 އަހަރު ވާނެ ކަމަށާއި "މިއަދުން ފެށިގެން އަޅުގަނޑު ވީޓީވީގެ ވަޒީފާ އިން ވަކިވާން ގަސްތުކުރާ ވާހަކަ ދަންނަވަން" ކަމަށެވެ.
"މި މުއްދަތުގައި ދެއްވި އެހީތެރިކަމަށް، ވަކިން ޚާއްސަކޮށް ސީއޯއޯއަށް ޝުކުރު ދަންނަވަމެވެ،" ހަމީދުގެ ސިޓީގައިވެ އެވެ.
ވީޓީވީގެ ސީއޯއޯ މުހައްމަދު އާސިފް ސިފަކުރެއްވި ގޮތުގައި "ހަމީދަކީ ވަރަށް މަސައްކަތްތެރި" ނޫސްވެރިއެކެވެ. އެކަމަކު މިހާރު ވީމީޑިއާއަށް ގެންނަން ފަށާފައިވާ ބަދަލުތަކުގެ ތެރޭގައި ހިމެނޭ ބައެއް ކަންކަން ގަބޫލުކުރަން ހަމީދަށް ދަތިވީ ކަމަށް ވެދާނެ ކަމަށް، އާސިފް ވިދާޅުވި އެވެ.
ސީނިއާ އެޑިޓަރުގެ މަގާމުގައި ހުރި ހަމީދަކީ ދޫހެލޭ، ޖެހިލުންވުން ކުޑަ ޕްރެޒެންޓަރެކެވެ. ޚަބަރާއި ޚަބަރާ ގުޅޭ ޝޯތަކުގެ އިތުރުން ކޮންމެ ހުކުރު ދުވަހަކު، އެކި ދާއިރާތަކުން ފާހަގަކުރެވޭ ޝަހުސިއްޔަތެއް ހިމަނައިގެން "މެހެމާންސަރާ"ގެ ނަމުގައި ވަރަށް ޚާއްސަ ޝޯއެއް ވެސް އޭނާ ގެނެސްދިނެވެ. މިހާތަނަށް އޭގެ 200 ޝޯ ހުށަހަޅާ ދީފައިވެ އެވެ.
މިދިއަ 10 އަހަރު ރާއްޖޭގެ ސިޔާސީ މަސްރަހުގެ ހަލަބޮލިކަމުގެ ތެރޭގައި ވެސް އެންމެ ހީވާގި އެއް ޕްރެޒެންޓަރަކީ، ހއ. ތަކަންދުއަށް އުފަން، ހަމީދެވެ. އެގޮތުން ރާއްޖޭގެ ސިޔާސީ އިސް ވަރަށް ގިނަ ބޭފުޅުންނާ އިންޓަވިއުކޮށްފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަހޭބެ
07 August 2019
އަޅެ ހަމީދޫ ކީއްވެ ތިވަކިވީ؟
ގާސިމް
07 August 2019
100
ސިލްވަރ
07 August 2019
މިއީ ވަކިކޮޅަކަށް ޖެހި ހުސްވެފަ ހުންނަ މީހެއް. ނޫސްވެރިކަމަށް އެކަށޭނަ މީހެއް ނޫން.
ނިލަންދޫ
07 August 2019
ވަރައް ހިތާމަވެރި ޚަބަރެއް
ޙަބީބު
07 August 2019
ނުދަންނަން ދިހައަރުވީއުވެސް ހީވެސްނުވޭ މީހަކު އުޅުންހެންވެސް ހީވެސްނުވޭ ހެހެ ހީވެސްނުވޭ
އަހްމަދު މާހިރު
07 August 2019
ހަމީދަކީ ވަރަށް ކުޅަދާނަ ޕްރެޒެންޓަރެކެވެ. ހުރިހާ ނޫސްވެރިން ވެސް ނަމޫނާއަކަށް ބަލަން ޖެހޭ ނޫސްވެރިއެކެވެ. ވަކި ކޮޅަކަށް ނުޖެހި ވަރަށް ސަޅިކޮށް މީހުންނަށް ވައްބަހުން ހުތުރު އެއްޗެތި ނުގޮވާ ވަރަށް މޮޅަށް ޕްރެޒެޓް ކޮއްދެއްވާ ބޭފުޅެކެވެ. ފާގަތި މުސްތަގުބޮލަކަށް އެދެމެވެ.
ވީޓީވީ އެއްތަބު
06 August 2019
ވީޓީވީގަ ސީނިއަރ މެނާޖްމެންޓްއަކީ ކަމެއް ނުކޮއް ގާސިމްއަތުން ބޮޑެތި މުސާރަނަގައިގެން ހިހޫތަނުން އީޒީމަނީ ހޯދާމީހުން. ވީޓީވީ ހިންގާކައް ސީނިއަރ މެނާޖްމެންޓް ބޭނުމެއްނޫން! ވީޓީވީ ހިންގަނީ އެތާގަ ހީވާގި ސުޓާފުން. ސިޔާދު ގާސިމް އައް ގޮވާލަން ހަރަދުވެސް ކުޑަވާނެ ސީނިއަރ މެނާޖްމެންޓް މީހުން ކަޑާލަން!
ސައި
06 August 2019
ވީޓީވީ ދެންބަލާނެކަމެއް ނެތް ހަމީދުނެތީމަ ރަނގަޅު ޕޮރޮގުރާމެއް ދެންނުފެންނާނެ އަބަދު ފިލްމެއް ދައްކާލަދައްކާލަ ދެންތިބޭނީ ވަރަށް ދެރަވޭ ހަމީދުކަހަލަ ބޭފުޅަކު ވީޓީވީން ވަކިވީމާ ދެން ފެންނާނީ ކޮން ޗެނަލަކުންބާ އުއްމީދުކުރަން މާގިނަދުވަސްތަކެއްނުވެ ކޮއްމެވެސް ޗެނަލަކުން ފެންނާނެކަމަށް
ޓައްޕުސީދި
07 August 2019
ޖާބިރު ހަދަންއުޅޭ ޓީވީ އިން ފެނިދާނެބާ. ޖާބިރު އަމާޒު ހިފާފަހުރީ 2023 ގަ ރާއްޖޭގެ ވެރިކަންކުރަން. އެހެންވީމަ ޚަރަދަކަށް ނުބަލާނެ.
ހަކީމް
06 August 2019
ވިޔަފާރި ޕާޓީ އަށް ލިބުނު ނިކަމެެތި ކަމެއް. ދިހަ އަހަރު ކޮއްފަ މިކަހަލަ ރުންކުރު ސިޓީ އަކުން ސްޓޭޝަން ދޫކޮއްލާނީ ވަރަށް ވަރުވީމަ.
ކޮލެޖު ބޯއި
06 August 2019
މީޑިއާ ހިންގަނީ އެންމެ މީހެއް ނޫން. ހަމީދު ކަހަލަ އެތައް ހަމީދެއް، އެތައް ވަލީދެއް، އެތައް މޫސައެއް، މީޑިއާ އުފައްދާނެ.