ޚަބަރު / މަޖިލީހުގެ މާލިއްޔަތު ކޮމިޓީ

ގަވަރުނަރު ކަމަށް ހާޝިމް އައްޔަންކުރަން ކޮމެޓީން ފާސްކޮށްފި

ހާޝިމް: ގަވަރުނަރު ކަމަށް އޭނާ އައްޔަން ކުރަން ފެންނަ ކަމަށް މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ވަނީ ފާސް ކޮށްފައި --ފޮޓޯ/މަޖިލިސް

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރުގެ މަގާމަށް އައްޔަންކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނަން ފޮނުއްވި އަލީ ހާޝިމް އެ މަގާމަށް އައްޔަންކުރަން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން މިއަދު ފާސްކޮށްފި އެވެ.

އެމްއެމްއޭގެ ގަވަރުނަރުގެ މަގާމުގައި އެންމެ ފަހުން ހުންނެވި އަހުމަދު ނަސީރު މިދިޔަ ޖުލައި މަހު އެ މަގާމުން އިސްތިއުފާ ދެއްވުމުން އެ މަގާމު ވަނީ ހުސްވެފަ އެވެ.

ކުރިން ފިނޭންސް މިނިސްޓަރު ކަން ވެސް ކުރެއްވި އަލީ ހާޝިމް ގަވަރުނަރުކަމަށް މަގާމަށް އައްޔަން ކުރަން ރުހުން ދިނުމަށް މަޖިލީހުގެ މާލިއްޔަތު ކޮމެޓީން މިއަދު ފާސްކުރީ އޭނާއާ އިންޓަވިއުކުރުމަށް ފަހު އެވެ.

ކޮމެޓީން އެގޮތަށް ނިންމިޔަސް، މަގާމަށް އައްޔަން ކުރަން ރުހުން ދިނުމާ މެދު މަޖިލީހުން ގޮތެއް ނިންމާނީ މަޖިލީހުގެ ތަޅުމުގައި ވޯޓަށް އަހައި، ފާސްކޮށް ގެންނެވެ.

އަލީ ހާޝިމަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އެންމެ ފުރަތަމަ ފިނޭންސް މިނިސްޓަރެވެ. އޭނާ ދެ އަހަރު ވަންދެން އެ މަގާމު އަދާކުރެއްވި އެވެ.

15 ކޮމެންޓް, 18 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 6%
icon angry icon angry 44%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

‫އައި.ޓީ މޫސަ

02 September 2019

‫ހާޝިމަކަސް ނަސީރަކަސް ނުކެރޭނެ އަޝްރަފްއަށް ގޮތެއް ހަދާކަށް ބަލާތި ނިކަން ބޮޓް ރަސްގެފާނު އެއީ

The name is already taken The name is available. Register?

އަހްމަދު އިމާދު

02 September 2019

އެމްއެމްއޭގެ މަތީ ފަނޑި އެއްކޮށް ގެޔަށް ފޮނުވާލަން ޖެހޭ! އެއްކަމެއްވެސް ކުރާބައެއްނޫން! މުޅިދުވަހު ފޮނިބައިސާ ކަނޑަން ތިބޭ ބައެއް!

The name is already taken The name is available. Register?

44444

02 September 2019

މީނާގެ ކަރަޕްޝަނެއް ނުހުންނާނެ. އެކަމަކު އެ ގަބޫލް ކުރާ ސެންޓަރ ރައިޓް އެމެރިކާ ވިސްނުން އެއީ ބޮޑު ވިހައެއް.

The name is already taken The name is available. Register?

ރުއްސުމް

02 September 2019

އެމްއެމްއޭ ކުރިމަތި ބޭނުންކުރަނީ މީހުން ފައިބަން..ބީއެމްއެލް ކުރިމަތި މީހުން ފުރުން..ފުރާ ލޯންޗްތަކުގެ ކައްޕިން ގިނަ އިރުތަކެއް ކުރިން އެތަނުގައި ލޯންޗް ބާއްވާފައި ބޭނުންތާކު އުޅެފަ އންނަނީ..ލޯންޗްގައި ތިބޭމީހުން ބުނާނެ މީހުން އަންނަނީ އަންނަނީ..

The name is already taken The name is available. Register?

‫އެންޓި ރުއްސުމް

02 September 2019

ޤ‫ތިޔަކުރީ މިލިޔުމާޢި ގުޅޭ ކޮމެންޓެއްވެސް ނޫން ތިޔަކުރީ ތީތި ކަޑައޭ ބްރޯ

The name is already taken The name is available. Register?

‫ނާދިޔާ

02 September 2019

‫އެސިސްޓަންޓް ގަވަރުނަރުކަން އަޅުގަނޑު ބޭނުން މިތާ މާ ދުވަސް ވެފަ ތިބި މީހުން ބޭތިއްބުން ރަގަޅެއް ނޫން މަތިފަޑި ކަނޑާ ކަނޑާ ތިރިކޮށް އެއްލާލާ

The name is already taken The name is available. Register?

‫މިއުތާފް

02 September 2019

‫ނީޒާ އަންނާނެކަމުގެ އުންމީދުގަ ވ ގިނަ މުވައްޒަފުން ތިބީ އެކަމު އޭރުން ދެން މމއ ގައި އޮންނާނީ ހުސް ކެޔުން ބުއިން މަސައްކަތު މީހުން ތިބީ ވ ބުރަ ވާނެ ކަމަށް ބަލައިގެން

The name is already taken The name is available. Register?

‫ހަމީދު

02 September 2019

‫ގިނަ ބަޔަކު ވަރަށް އުފާވާ ނަމެއް ތިޔަ ފާސްވީ އެހެނީ އަޑުތައް ފެތުރިފައިއޮތީ ތަސައްރަފް ނުފުދޭ ކުޑަ ކުއްޖެއް އަންނަ ވާޙަކަ ވިއްޔާ

The name is already taken The name is available. Register?

‫އެކްސް އެމްއެމްއޭ

02 September 2019

‫ހާޝިމް އަންނާތީ މަތިފަޑީގައި ތިބި ވެރިން މިހާރު ތިބޭނީ ބިރުން އަޒީމާ އަދީބުއާ ގުޅިގެން ހިންގި ޖަރީމާ މިފަހަރު މަތި ނަގާނެ ތިޔަ އެމްއެމްއޭ ގެ ހުރިހާ އ. ގަވަރުނަރުން ކަނޑާލައިގެން ނޫނީ ތިޔަ ތަނަށް ހިއްޕާލާފައި އޮތް ވަކިތަކުން ސަލާމަތެއް ނުވެވޭނެ ވ ކެރިގެން އެމްއެމްއޭ ހިންގޭނީ ހެޔޮފުޅު ވެގެނެއް ނެތް ވާކަށް އަލީ ހާޝިމް

The name is already taken The name is available. Register?

އިކޮނޮމިސްޓް

02 September 2019

އަދި އެބަތިބި މުސްތަފާ ލުތުފީ އާއި މަހުމޫދު ރާޒީ. އަލީ ހާޝިމްގޮތަށް ވަޒީފާއެއް ހަމަޖެހެންދެން ގެންގުޅެނީ ރައީސް އޮފީސް ތެރޭ.

The name is already taken The name is available. Register?

މަންސޫރު ޒުބޭރު

02 September 2019

އެމްއެމްއޭގެ އެސިސްޓަންޓް ގަވަރުނަރުންނަށް ވަރަށް ސަލާމް! ތިޔަ ކަނބަލުން އަދީބު އަދި ޔަމީން އާއި ގުޅިގެން ހިންގި ޖަރީމާ ދެން ބެލޭނެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454