ސުޕްރީމް ކޯޓު: އެ ކޯޓުގެ ފަނޑިޔާރު ކަމަށް ހަ ބޭފުޅަކު ވަނީ ކުރިމަތިލައްވާފައި -- ފޮޓޯ/މިހާރު
05 ސެޕްޓެމްބަރ 2019 - 15:47
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ހުސްވެފައިވާ މަގާމަށް ހަ ބޭފުޅަކު ކުރިމަތިލައްވައިފި އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން މަގާމެއް ހުސްވީ އެ ކޯޓުގެ ފަނޑިިޔާރަކަށް ހުންނެވި އަބްދުﷲ ދީދީ އެ މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ފާސް ކުރުމުންނެވެ. އެހެންވެ، އެ މަގާމަށް ކުރިމަތިލާން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ކުރިން އޮތީ ހުޅުވާލައިފަ އެވެ.
ޖޭއެސްސީން ބުނިގޮތުގައި އެ މަގާމަށް ކުރިމަތިލުމުގެ މުއްދަތު މިއަދު ހަމަވިއިރު ހަ ބޭފުޅަކު އެ މަގާމަށް ކުރިމަތިލައްވާފައިވާ ކަމަށެވެ. އެގޮތުން ހައި ކޯޓުގެ ފަނޑިޔާރު އަލީ ސަމީރާއި ފަނޑިޔާރު މުހައްމަދު ނިޔާޒްގެ އިތުރުން ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އަދި ފަނޑިޔާރު ހަސަން އަލީގެ އިތުރުން ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދާއި ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް މަރިޔަމް ނިހާޔަތު އެ މަގާމަށް ކުރިމަތިލައްވާފައިވާ ކަމަށް ޖޭއެސްސީން ބުންޏެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ހަ ބޭފުޅަކު ކުރިމަތިލެއްވިއިރު، ޑްރަގް ކޯޓުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރު އެ މަގާމަށް އައްޔަން ކުރުމާ މެދު ޖޭއެސްސީގެ ލަފައަކަށް އެދިވަޑައިގެން ރައީސް ވަނީ ޖޭއެސްސީއަށް ފޮނުއްވައިފަ އެވެ.
ސުޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަން ކުރާނީ ޖޭއެސްސީގެ ލަފާގެ މަތިން މަޖިލީހަށް ރައީސް ފޮނުއްވާ ނަންފުޅުތަކެއް މަޖިލީހުން ފާސް ކޮށްގެންނެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން މަގާމެއް ހުސްވެފައިވާއިރު އެ ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ އަދަދު އިތުރުކުރަން ކޯޓުތަކުގެ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ސިވިލް ކޯޓުގެ ކުރީގެ ގާޒީ އައިޝާ ޝުޖޫން މުހައްމަދު އިއްޔެ ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރައްވައިފަ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ގޮތުގައި މިހާރު ތިއްބެވީ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަބްދުﷲ އަރީފާއި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އާއި ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު އިތުރުން ފަނޑިޔާރު ޑރ. އަޒްމިރަލްދާ އަދި ފަނޑިޔާރު ޝުޖޫން އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖާބިރު
06 September 2019
ތިމަގާމް ދޭނީ ދިޔާނާއަށް
މިއަދު
06 September 2019
އިޢުލާނަކީ ރަމްޒީއެއްޗެއް އައްޔަންކުރާނީ އެމަގާމަށް ނުއެދޭ އެކަމުރައިސް ބޭނުންވާ މީހެއް މަގާމަށްއެދޭމީހުންގެތެރެއިން މީހަކު ސެލެކްޓްކުރުން ނޫންބަ ރަގަޅުގޮތަކީ؟
ހޫދު
06 September 2019
ވަކިކުރަންވީ ދެމީހުން އަދިވެސް ތިބީ! އދމޢބﷲ
ފައްކާ
05 September 2019
ހަސަން އަލީ އަކީ ސިޔާސީ މަޤާމުތަކުގަ އުޅެފަ ކުއްލިޔަކަށް ހައިކޯޓުގެ ފަނޑިޔާރުކަމަށް އައި މީހެއް! އެއްވެސް ފަނޑިޔާރުކަމުގެ ތަޖުރިބާ އެއް ނެތް! ތިޔަ މަޤާމަށް އޭނާ ނިކަން ފައްކާވާނެ!
ކަޓޫރަ
05 September 2019
އަޅެ ރިޖެކްޓް ކުރީމާވެސް ހައިކޯޓްގަ ތިބި ފަނޑިޔާރުންނަށް ނުވިސްނޭތަ.
ރަސްގފާނު
05 September 2019
ފަތިފުށަށް ބަލާއިރު ދިޔާނާ ވަރުމީހެއްނެތް.
ޣަދަ
05 September 2019
ތިޔަ އެންމެންގެ ކޮލިފިކޭޝަން ހާމަކުރޭ.
އަޙްމަދު ޒަކީ
05 September 2019
ނުކެރޭނެ! މަވެއްޖެ ރައިސްއޮފީހަށް ސިޓީއެއް ލިޔެފަ، ސިޔާސީ ގޮތުން އައްޔަން ކުރާ މީހުންގެ ކޮލިފިކޭޝަންއާއި، އެމީހުންނަށް ލިބޭ މުސާރައާއި، އަދި ސިޔާސީ އެހެން ފަރާތްތަކާއި ހުރި އާއިލީ ގުޅުން ބަޔާންކޮށް ދިނުމަށް. ހަމަ އެގޮތަށް މަޖިލީހަށްވެސް، ކޮމިޝަނަތަކަށް އައްޔަންކުރާ މީހުންގެ ކޮލިފިކޭޝަންއާއި ސިޔާސީ ފަރާތްތަކާއި ހުރި ގުޅުން ބަޔާންކޮށް! އެއީ "ޓްވަރޑްސް ޒީރޯ ޓޮލަރެންސް" ތީސިސްއަކަށް.