12 ނޮވެމްބަރ 2019 - 21:04
މިދިޔަ ސެޕްޓެމްބަރު މަގާމާ ހަވާލުވެ ވަޑައިގަތް އިރު 800 އަށް ވުރެ ގިނަ މައްސަލަ އޭސީސީން ބަލަމުންދާ ކަމަށާއި އޭގެ ތެރޭގައި 10 އަހަރުވެފައިވާ މައްސަލަތައް ވެސް ހިމެނޭ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަންގެ ރައީސް މަރިޔަމް ޝިއުނާ ވިދާޅުވެއްޖެ އެވެ.
މިއަދު މަޖިލީހުގައި ކުރިއަށްދިޔަ ބަޖެޓް ކޮމިޓީގައި އޭނާ ވިދާޅުވީ، އޭސީސީގެ މަސައްކަތްތައް ލަސްވާ އެންމެ ބޮޑު އެއް ސަބަބަކީ ބޭނުންވާ އިންސާނީ ވަސީލަތްތައް ނެތުން ކަމަށެވެ. އެ ކޮމިޝަންގައި 107 މުވައްޒަފުން މިހާރު ވެސް މަސައްކަތް ކުރާ އިރު އޭގެ ތެރެއިން 45 މުވައްޒަފުންނަކީ އިންވެސްޓިގޭޝަން އޮފިސަރުންނެވެ. އިންވެސްޓިގޭޝަން އޮފިސަރުންގެ ތެރެއިން ކޮންމެ އޮފިސަރަކަށް މިހާރު ވެސް 16 ވަރަކަށް މައްސަލަ ބަލަން ޖެހިފައިވާ ކަމަށާއި މަސައްކަތްތައް އަވަސް ކުރުމަށްޓަކައި އިތުރު 25 މުވައްޒަފުން ބޭނުންވާ ކަމަށް ޝިއުނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ދުވާލެއްގެ މައްޗަށް 12 ވަރަކަށް މައްސަލަ އޭސީސީ އަށް ހުށަހަޅާ އިރު މަހެއްގެ މައްޗަށް ގާތްގަނޑަކަށް 260 މައްސަލަ ހުށަހެޅޭ ކަމަށެވެ. މި ހުރިހާ މައްސަލައެއް ބޭނުންވާ ސްޕީޑުގައި ގެންދިޔުމަށްޓަކައި މުވައްޒަފުން އިތުރުކުރުން މުހިއްމު ކަމަށް އޭނާ ވިދާޅުވި އެވެ.
ޝިއުނާ ވިދާޅުވީ، މުވައްޒަފުންގެ އިތުރުން އެ ކޮމިޝަންގައި ބޭނުންކުރާ ކޮމްޕިއުޓާ ސިސްޓަމްތައް ވެސް އާކުރަން ޖެހިފައިވާ ކަމަށެވެ.
"ބަޖެޓް ހުށަހެޅި އިރު ނިއު ޕޮލިސީ އިނީޝިއޭޓިވްގެ ދަށުން 8.8 މިލިއަން ރުފިޔާ ހުށަހަޅާފައި އިންނާނެ. އެހެން ނަމަވެސް އެޕްރޫވް ކޮށްފައިވަނީ 1.9 މިލިއަން ރުފިޔާ،" އޭނާ ވިދާޅުވި އެވެ.
މިކަންކަމުގެ ތެރެއިން ވެސް ވަރަށް ގިނަ ކަންކަމަށް އަދަދުތައް ކުޑަކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އޭސީސީ އަކީ ތަހުގީގު ކުރުމަށާއި އާންމުން ހޭލުންތެރި ކުރުމަށްޓަކައި ގިނަ ދަތުރުތަކެއް ކުރާ އިދާރާއަކަށް ވާ އިރު އެކަމަށް ބޭނުންވާ އެކަށީގެންވާ އަދަދެއް ބަޖެޓުގައި ނެތްކަން ޝިއުނާ ފާހަގަކުރެއްވި އެވެ.
އޭނާ ވިދާޅުވީ، ކޮމިޝަންގެ މަސައްކަތްތައް ހަރުދަނާ ކުރުމަށްޓަކައި އިދާރީ ގޮތުން ބޭނުންވާ ތަކެއްޗާއި އެ އިދާރާގެ ނެޓްވޯކް ވިއުގަ އަޕްޑޭޓް ކުރަން ޖެހޭ ކަމަށެވެ.
އަންނަ އަހަރަށް އޭސީސީ އަށް ކަނޑައަޅާފައިވާ ބަޖެޓަކީ 34.8 މިލިއަން ރުފިޔާ އެވެ. ޝިއުނާ ވިދާޅުވީ، ނެޓްވޯކް ވިއުގަ ބަދަލުކޮށް އިތުރު މުވައްޒަފުން ހޯދުމަށްޓަކައި އެ ކޮމިޝަންގެ ބަޖެޓް 41.6 މިލިއަން ރުފިޔާ އަށް އިތުރު ކުރަން ޖެހޭ ކަމަށެވެ.
މި އަހަރަށް އޭސީސީ އަށް ކަނޑައަޅާފައިވާ ބަޖެޓް ހުސްވެފައިވާ އިރު އަންނަ ޑިސެމްބަރު މަހުގެ މުސާރަ ދިނުމަށް ވެސް ބަޖެޓުން ބޭރުން ފައިސާ ހޯދަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަމީން
13 November 2019
ދުވަހަކުވެސް އޭސީސީގެ މައްސަލައެއް އެބަ އޮތްތަ އޭރު އޮންނަ ސަރުކާރަކާ ދެކޮޅައް ނިމިފަ، އެހެންވީމަ މިމީހުންގެ ކޮރަޕްސަނާ ދެކޯޅު ވަރު އެނގެ އެއްނު..
ބަޖެޓާ
13 November 2019
މިސަރުކާރުން އޭސީސީގެ ބަޖެޓްކުޑަކުރީމަ ދައްކައިދެނީ އޭސީސީގެ ވަރަ މިހާރުވެސް ބިންދާލާފަ ބާއްވަން ބޭނުންވާކަން އަދި ނިއު އިނީޝެޓިވްގެ ދަށުން ކަންކަން ރަގަޅުކުރަން ބޭނުންނުވާކަން.
ރޭސިސްޓް
13 November 2019
މިއީވާ ހާދަހާ ނާތަހޒީބު ރޭސިސްޓް މީހެކޭ....!އައްޑު އަކާ ތިކަމާކޮން ގުޅުމެއްހުރީ....?
ބަޝީރާ މޫސާ
13 November 2019
މިއީ ޓެކުސް ފައިސާއިން މުސާރަ ލިބިގެން ހިންގާ ގައުމެއްގެ ހާލަތު، 800 މައްސަލަ، އަހަރެން ހިތަށް އަރާ ތިޔަ މަސައްކަތް ކުރަންތިބި މީހުންނަށް ކީއްތޯވަނީ؟ ކޮންމެ ދުވަހަކު އޮފީހަށް އައިސް ކީއްތޯ ކުރަނީ؟ މައްސަލަ ދުވަހަކުވެސް މިޤައުމުން މަދެއްނުވޭ، އެހެންނޫންތޯވާނީ ޒުވާނުންދަނީ މަގުމަތީގައި ގިނަވަމުން، ސަރުކާރުން ވަޒީފާދީ މަގާމުތަށް ހުސްވެއްޖެ، ދެން ކުރާނެކަމެއްނެއް، ކުރާނެކަމުގެ ވިސްނުމެއްނެއް
ސަންޕަދަރި
13 November 2019
އޭސީސީ އަކީ އަބަދުވެސް އިދިކޮޅު ސިޔާސީ މީހުން މައްސަލަ ބަލާ ޕްރައިވެޓް ކޮމްޕެނީއެއް.
އައްޓަމަސް
13 November 2019
ޒިންމާއިން ރެކެން މަސައްކަތްނުކޮށް ޒިންމާ އަދާކޮއްބަލަ! ފިރިމަރުވެފައި ހުންނަ މީހަކައި އިންނައިރު އެންގެންވާނެ ދަރިންވެސް ތިބޭނެކަން! ޚަރަދު ކުރަންވެސް ޖެހޭނެކަން! އެކަމަކު މިކިޔަނީ މުޅިން އެހެން ލަވައެއް މަށެއްނުދެނެހުރީމޭ ކުރީފިރިމީހާ 8 ކުދިން ހޯދާފައި ތިބިކަމެއް! މައިންމީހާގެ މުސްކުޅި މަޔަކާއި ބަފައެއް ތިބިކަމެއް؟ މިއަންހެންމީހާއަކީ ބައްޔަކަށް ބޭސްކުރަމުންދާމީހެއްކަމެއް؟ އަދި 8 ކުދިންވެސް ކިޔަވާ އުމުރުގެ ކުދިންކަމެއް؟!
ޖީމު
13 November 2019
އޭސީސީ އަކީ ދައުލަތުގެ ވަރަށް މުހިންމު އިދާރާއެއް. އެކަމު އެތަނުގެ ތެރޭގައި ލުތުފީމެން ހަރުލައްވާފަ ދިޔަ ފޭވަރކުރުމުގެ ނިޒާމް ހަމަ އެގޮތުގައި އެބަ އޮތް އެކަން ރަނގަޅުކުރުމަށް ފަހުން އައި މީހުން މަސައްކަތް ކުރާތަނެއް ނުފެނޭ
ރަސްމީ
13 November 2019
ތީގެން އެގޭއެއްޗަކީ ދައުލަތުގެ އޮފީސްތަކުގެ ވެރިންގެ ފެންވަރެއްނެތްކަން އޮފީސްތަކުގައި ހިންގާ ކަރަޕްޝަންގެ މައްސަލަތައް ނުބެލޭކަން.. ދައުލަތުގެ އޮފީސްތަކުގެ ވެރިންގެ ޒިންމާދާރު ކުރުވުމުންނޫނީ ތިޔަ އޮފީހުގެ މައްސަލަތަކެއް މަދެއްނުވާނެ. މީހުން ގިނަކޮށްގެން ރައްޔިތުންގެ ފައިސާ ބޭކާރުކުރުމެއްނޫން ކުރަންވީކަމަކީ. އޮފީސްތަކުގަ ހިންގާ ކޮރަޕްޝަން ބަލަންވީ ސިވިލުންވިޔަސް އަދި އެހެންތާކުންވިޔަސް.
ގަމީރާގެ ދަރި
13 November 2019
އޭސީސީ އާއި މެދު އިތުބާރު އަލުން އުފައްދަން ޖެހިފަ މިއޮތީ! އެހެނަސް ބައެއް އޭސީސީ މެންބަރުންގެ ސޯޝަލް މީޑިޔާގެ ލިޔުން ތަކުން އެބޭފުޅުންގެ އެ އަހްލާގް އަދި އިންޓަރގިރިޓީ ހުރިކަމަކަށް ނުފެނޭ! ހަމަ ޔާމީނު އިރުހެން ސިޔާސީ ހަނޑިހާވާނެ ކަން ސާފުވަނީ!
ކިޔު5
13 November 2019
ފަގީރު ގައުމެއްގައި ކޮންމެ ކުށެއް ތަހުގީގުކުރުމަށް ވަކި އިދާާރާއެއް ހެދުމަކީ ބޭކާރު ޚަރަދެއް. އޭސީސީ އުވާލާފަ، ފުލުހުން ކޮރަޕްޝަނުގެ މައްސަލަތައްވެސް ތަހުގީގުކުރީމަ ޚަރަދު ކުޑަވެފަ ރަނގަޅުވާނެ.