ޖުމްހޫރީ ޕާޓީން މިރޭ ބޭއްވި ޖަލްސާގައި އެ ޕާޓީގެ ލީޑސަރު ގާސިމް ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު
13 ނޮވެމްބަރ 2019 - 00:16
ކޮންމެ ރިޔާސީ އިންތިޚާބަކާ ދިމާކޮށް "ފޮޅުވާ މަލަކަށް" ޖުމްހޫރީ ޕާޓީ (ޖޭޕީ) ނުހެދޭނެ ކަމަށާއި ބަޔަކު ނުރުހުނަސް 2023ގެ ރިޔާސީ އިންތިޚާބަށް މިހާރު ފަށާފައިވާ މަސައްކަތް ހުއްޓުމެއް ނެތް ކަމަށް އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިރޭ ވިދާޅުވެއްޖެ އެވެ.
ޖުމްހޫރީ ޕާޓީ އަށް ޒުވާނުންތަކެއް ސޮއިކުރަން ބޭއްވި ޖަލްސާގައި ގާސިމް ވިދާޅުވީ ޖުމްހޫރީ ޕާޓީން މާ އަވަހަށް އިންތިޚާބަށް ތައްޔާރުވާތީ ކަންބޮޑުވެ، އެ ސުވާލު އެކި ގޮތްގޮތަށް ކުރަމުންދާ ކަމަށެވެ. އެ ޕާޓީން މިހާރު ކުރަނީ ވަކި މީހަކު ރިޔާސީ ކެންޑިޑޭޓަކަށް ހޮވުމުގެ މަސައްކަތް ނޫން ކަމަށް ގާސިމް ވިދާޅުވި އެވެ.
އެއީ، އޭނާ ވިދާޅުވި ގޮތުގައި، އިންތިޚާބުތަކުގައި ޖޭޕީ މެދުގައި އޮވެފައި، ކޯލިޝަން ހަދާ ސިޔާސީ ޕާޓީއަކަށް އިންތިޚާބު ކާމިޔާބު ވުން ހުއްޓުވައި އެ ޕާޓީގެ ކޮޅަށް ރައްޔިތުން ބުރަވެ އެ ޕާޓީން ވެރިކަން ކުރަން ކުރާ މަސައްކަތެވެ.
"އަޅުގަނޑު މި ދަންނަވަނީ ކާކު ކަމެއް ނޭނގެއޭ ވެރިކަމަށް ނުކުންނާނީ، މި ޕާޓީގެ ރައްޔިތުންނޭ ނިންމާނީ ނުކުންނާނީ ކާކުތޯ،" ގާސިމް ވިދާޅުވި އެވެ.
ޖުމްހޫރީ ޕާޓީގެ ޖަލްސާގައި އެ ޕާޓީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ: ނިޝާން އަލީ/މިހާރު
ކޮންމެ ފަހަރަކު ވެސް އިންތިޚާބަކާ ދިމާކޮށް އެ ޕާޓީ "މަލެއްގެ ގޮތުގައި ފޮޅުވުން" ހުއްޓުވާނެ ކަމަށް ގާސިމް ވިދާޅުވި އެވެ. އެ ކަންކަމުން އަރައިގަނެ ޖޭޕީ ކުރިއަށް ނުކުންނަން ވެއްޖެ ކަމަށާއި އެއީ މާ މޮޅުތަކެއް ވާނެ ކަމަކަށެއް ވެސް ނޫން ކަމަށް ވިދާޅުވި އެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރެއްގެ ގޮތުގައި ހުންނެވުމުން އޭނާގެ ވާޖިބަކީ ސިޔާސީ މަސައްކަތް އިޚްލާސްތެރިކަމާ އެކު ރައްޔިތުންނަށްޓަކައި ކޮށްދެއްވުން ކަމަށް ވިދާޅުވި އެވެ.
ޖުމްހޫރީ ޕާޓީ އަށް މިރޭ ސޮއިކުރި މީހެއްގެ ފޯމު، އެ ޕާޓީގެ ލީޑަރު ގާސިމާ ހަވާލުކުރަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު
ގާސިމް ވިދާޅުވީ ކޮންމެ ރިޔާސީ އިންތިޚާބެއްގައި ވެސް އޭނާ އަށް ވަރަށް ބޮޑު ގެއްލުމަކާއި ނިކަމެތި ކަމެއް ލިބޭ ކަމަށެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ގެނައުމަށް ޖުމްހޫރީ ޕާޓީގެ ހިއްސާ އޮތް ނަމަވެސް ކުރިމަތިލާން ޖެހުނީ ވެސް ވަރަށް ހިތްދަތި ކަންތައްތަކަކާ ކަމަށް ވިދާޅުވި އެވެ.
ޖުމްހޫރީ ޕާޓީގެ ޖަލްސާގައި ގާސިމް: އޭނާ ވިދާޅުވަނީ ރިޔާސީ އިންތިޚާބަށް ކުރާ މަސައްކަތް ޖޭޕީން ހުއްޓާނުލާނެ ކަމަށް. --ފޮޓޯ: ނިޝާން އަލީ/މިހާރު
އެކަމަކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަަމަށް އަހަރެއް ފުރޭ އިރު އެފަދަ ނިކަމެތި ކަމެއް އޭނާ އަށް ލިބިވަޑައިގެންފައި ނުވާ ކަން ވަރަށް ސާބިތުކަމާ އެކު ދަންނަވަން ކެރިވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ.
"މާދަމާ ކަން ވާނެ ގޮތެއް ނޭނގެ، އެއީ ފަރުދާގެ އަނެއް ފަރާތް. އަޅުގަނޑު ޔަގީންކުރަނީ އިބްރާހިމް މުހައްމަދު ސޯލިހް އެފަދަ ކަމެއް ނުކުރައްވާނެ ކަމަށް،" ގާސިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރިޔާސީ އިންތިޚާބަށް ޖުމްހޫރީ ޕާޓީގެ ވިސްނުމެއް، މިސްރާބެއް ނެތް ނަމަ، އެ ޕާޓީއާ އެކު ސިޔާސީ މަސައްކަތް ކުރާނެ ބަޔަކު ނުތިބޭނެ އެވެ. އެހެންވެއްޖެ ނަމަ އެ ޕާޓީގެ ބޭނުމަކީ ވެސް ކޮބައިތޯ ސުވާލުއުފެދޭނެ ކަމަށް ގާސިމް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުލީއަޅުވެތިކަމަށްދެކޮޅުމީހާ
13 November 2019
ރައްޔިތުންގެ ބޮޑުޢައުލަބިއްޔަތަކުންއިންތިހާބުކޮށްފައިވާ ސަރުކާރެއްގެދައުރުފެއްޓުނުތަނާ "އެސަރުކާރުބަދަލުކުރުމަތް ތެދުވެފައިވާޕާޓީއެއްގެމީހުން ހިމަނައިގެން" ސަރުކާރުހިންގުމަކީ ލާއިގުކަމެއްނޫން. >< ނޮވެމްބަރ 16 ވަނަދުވަހަށްއަހަރުފުރޭއިރު "ޖޭޕީގެ ސްލޮޓްގައި އައިސްތިބި ވަޒީރުން ފިނިފެންމަލެއްގެ ދާނެއްގައި ވަޑުވާފައި ބޭތިއްބުމުގެ ބަދަލުގައި" ސިއްރިޔާތުގައި ކަންކުރާން ތިބުމުގެ ބަދަލުގައި ޖޭޕީގެ ލީޑާޝިޕާއިއެކު މަސައްކަތް ކުރުމަށް މަޤާމްތަކުން ދުރުކުރޭ.
ކުޑަކަތީބް
13 November 2019
އިންތިޚާބަށް "ފޮޅުވާ މަލަކަށް" ޖޭޕީ ނުހެދޭތީ ނޫންތޯ ކޮންމެފަހަރަކު މޯޅިވެ ގަސްބުޑައްވެއްޓިފަ އޮންނަނީ! 99% ގެ ހިންގާއިރު ސ.ޗާރޖް 2000ރ ނުޖެހޭ، ދެން ކޮން މަލެއްތޯ ފޮޅޭނީ!
ފިރުމާ
13 November 2019
ޣާސިމުކައިރީ ކުރީސަފުގައި ތިތިބީ ގާސިމުގެ ހަލާކު.
ބީސީ
13 November 2019
އެމްޑީޕީ ޕީޕީއެމްފަދަ ވަރުގަދަ ޕާޓީތަކަށްވެސް އެކަނިއޮވެ ރިޔާސީ އިންތިޚާބެއް ކާމިޔާބެއް ނުކުރެވޭ. ޖޭޕީ އަދި މާ ފަހަތުގަ އޮތް ޕާޓީއެއް އަދި މިހާރު މާ އަގުވެއްޓިފައިވާ ޕާޓީއެއް އެކަން ކާމިޔާބުކުރަން ނެރެންޖެހޭނީ އާދަޔާ ޚިލާފު ފޯމިއުލާއެއް.
ނައުވާ
13 November 2019
ބައެއް ސިޔާސީ މީހުންގެ ބަހުން އެގިފައިވާ ގޮތުން، ގާސިމު އިބުރާހިމު ރިޔާސީ އިންތިހާބައް ތައްޔާރުވަނީ 1990 ވަނަ އަރުންފެށިގެން. ޖޭޕީ އުފެއްދީ ވެސް ގާސިމު އިބުރާހިމު ވެރިކަމަށް އަންނަން ވެގެން. އަދި ކޮންމެ ފަހަރަކު ވަރަށް ބޮޑު ހަރަދުކޮށްގެން ވަރަށް ބައިބަރު މީހުން ޖޭޕީއަށް ސޮއެ ކުރުވައިގެން އިންތިޚާބުގައި ވާދަވެސް ކުރައްވާ. އެހެން ވީމާ ގާސިމު އިންތިޚާބަށް ތައްޔާރުވަނީ މާ އަވަހައްކަމަށް މީހަކު ބުންޏަސް އެ ނުވާނެނޫންތޯ އިތުރު ފުޅަކަށް؟
ހައްޤުބަސް
13 November 2019
ޖޭޕީ އިން ރަނގަޅު މެނިފެސްޓޯ އަކާއިގެން އަތުވެއްޖެނަމަ 2023 ގައި ވަރަށް ކޮމްޕެޓިޓިވް ވާނެކަމަށް ފެންނަނީ. ޔަޤީންވާ ކަމަކީ ޤާސިމް މުރާލި ވާނެކަން. ތަރައްޤީގެ މަޝްރޫޢުތައް ގަދަޔަށް ހިންގާލާނެކަން. ކިޔަވައިގެން ތިބި ފަންނުވެރިންގެ ލަފައާއި އިރުޝާދު ބަލައިގަންނާނެކަން. ތަރައްޤީގެ އެކިދާއިރާތަކުގައި ޤާސިމްވަރުގެ ތަޖުރިބާހުރި މީހުން ރާއްޖޭގަ ވަރަށް މަދުވާނެކަން. ނުހައްޤުން މީހުން ޖަލަށްލައި އަނިޔާދޭކަށް ނޫޅޭނެކަން.
ކްރައިޓީރިއާ
13 November 2019
ހުކުމެއް ކުރުމުން އެ ހުކުމަށް ފިލަން "ހިތް" ބަލިވެގެން ސްޓްރެޗަރގަ ފުރުވާލަން ގެންދިއައިމަ އެއަޕޯޓްގަ މީހުންގެ ނަޒަރުން އެކަހެރިވެލީމަ ވީލްޗެއަރ ދޫކޮށްލާފަ އެންމެ ވަރުގަދައަށް ހިނގާ އުޅެ ފުރައިގެން ގޮސް ބޭހުގެ ނަމުގައި ފުރައިގެންދާ މީހުންނަށްވުރެ މާ ހިތްވަރުގަދަ ނުހައްގު އަދަބުގައި ޖަލުގައި ދުވަސް ހޭދަކުރާ މީހުން. އެއްބަޔަކު ހުކުމެއްނެތި ބަންދުގައި އެތައް އަހަރެއްވޭތުކުރޭ. އެކަމާ އަޅާލާނެ މީހެއްނެތް ސިޔާސީގޮތުން މުހިއްމުނުވާތީ.
އީދުކަޅުބެ
13 November 2019
ގާސިމޫ ތިޔަކަހަލަ ހުވަފެން ނުދެކި، ތިމާގެ ވިޔަފާރިއާއިގެން ޢުމުރުގައި ދެންއޮތް ކުޑަދުވަސްކޮޅު ހޭދަކުރިއްޔާ މާރަނގަޅުވާނެއެވެ. ފަހަތަށްލައިގެން ތިޔައުޅޭ ކުދިންކޮޅާއެކު ތިޔަދެކޭ ހުވަފެން ހަގީގަތަކަށްވުމަކީ ދުރުކަމެކެވެ.
ބޭރު
13 November 2019
ޕީޕީއެމް ގެ ލީޑަރަކަށް ގާސިމް ވީ ކޮން އިރަކުތޯއެވެ. ހުސް ޕީޕީއެމްހެ އިސް ސަފުން ފެންނަ މީހުންން ތިބި ތަނެއްގައި ގާސިމް އިންނެވީމާ ސުވާލު އުފެދެނީއެވެ.
އަހަންމާ.
13 November 2019
މިހާރު ތި ޖަލްސާ ތަކުގައި މަނިކުފާނު ލޯބިވާ ހަނގު އަބިމީހާ (އައިސާފާނު) އާއި ނުހަނު ލޯބިން ކިޔަވައިދި ނައިބު ރައީސް ކަން ހޯދައިދިން ފައިސަލް ނަސީމު ކޮބައިތޯ؟
ALI WAHEED
13 November 2019
އަދިވެސް ނުފޮޅޭނެޔޭ ބުންޏަސް ފޮޅޭނެ