އައްޑޫ ގަން އިންޓަނެޝަނަލް އެއާޕޯޓްގައި ރެސްޓޯރަންޓެއް ހިންގާނެ ބަޔަކު ހޯދަން އަލުން މިއަދު ބީލަމަށް ހުޅުވާލައިފި އެވެ.
އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް (އޭއައިއޭ) އިން ބުނީ ރެސްޓޯރަންޓެއް ހިންގަން ޝައުގުވެރިވާ ފަރާތްތަކަށް އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީއައިއޯ) ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 1 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.
ގަން އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ ކުންފުނިން ބުނި ގޮތުގައި ރެސްޓޯރަންޓް ތަރައްގީކޮށް ހިންގަން ބޭނުން ވަނީ އެއާޕޯޓްގެ ޓާމިނަލްގެ ބޭރުގަ އެވެ.
ގަން އެއާޕޯޓްގައި ރެސްޓޯރަންޓަކާއި ޓަކް ޝޮޕްތަކެއް ހިންގާނެ ބަޔަކު ހޯދަން މިދިޔަ އަހަރު މާޗް މަހު ވެސް ބީލަމަށް ހުޅުވައިލި އެވެ. އެކަމަކު އެކަމަށް އެކަށީގެންވާ އިޖާބެއް ލިބިފައެއް ނުވެ އެވެ.
ގަން އެއާޕޯޓް ހިންގަމުން ދަނީ ގެއްލުމާ އެކު ހަމަށް އޭއައިއޭ އިން ބުނެފައިވާ އިރު، އެ އެއާޕޯޓަށް މި ވަގުތު ޝެޑިއުލް ދަތުރުތައް ބާއްވަނީ ގައުމީ އެއާލައިން މޯލްޑިވިއަން އާއި ސްރީ ލަންކަން އެއާލައިންސުންނެވެ.