މި އަހަރުގެ ކުރީކޮޅު ރާއްޖެއަށް ކުރި ވިއްސާރައިގައި މާލޭގެ މަގެއް ފެންބޮޑުވެފައި: މިއަދު ހަވީރު ބޯކޮށް ވާރޭވެހި މަގުތަކުގައި ވަނީ ފެންބޮޑުވެފައި. -- ފޮޓޯ: ނިޝާން އަލީ/ މިހާރު
މާލެ އަށް މިއަދު ހަވީރު ބޯކޮށް ވާރޭވެހި މަގުތަކުގައި ފެން ބޮޑުވެއްޖެ އެވެ.
އިރު އޮއްސެން ގާތް ވެފައި ވަނިކޮށް ބޯކޮށް ވެހެން ފެށި ވާރެޔާ އެކު، ގިނަ މަގުތަކެއް ވަނީ ފެން ބޮޑުވެފަ އެވެ. ވާރޭވެހުމުން އާއްމުކޮށް، އެންމެ ބޮޑަށް ފެންބޮޑުވާ އަމީނީ މަގާއި މަޖީދީ މަގުގެ އިތުރުން ވެސް އެކި ސަރަހައްދުތަކުގައި ފެން ބޮޑުވެ ދަތިތަކާ ވަނީ ކުރިމަތިވެފަ އެވެ.
އެހެންވެ ސިފައިން ވަނީ ފެން ހިއްކުމުގެ މަސައްކަތް ފަށައިފަ އެވެ.
އެމްއެންޑީއެފުން ކުރި ޓުވީޓެއްގައި ބުނީ ފެން ހިއްކަމުން އަންނަނީ މާލޭގެ ވެސްޓް ޕާކާއި އައިޖީއެމްއެޗް ސަރަހައްދުގައި ކަމަށެވެ.
Male' City ah boakoh vaarey vehi baeh maguthakugai fen boduvumaa gulhigen MNDF Fire and Rescue Service ge sifain fen hikkumuge massahkaiy kuramundhanee
— Maldives National Defence Force (@MNDF_Official) November 28, 2019
އެމްއެންޑީއެފް އިން މިއަދު ކުރި ޓްވީޓެއް
މެޓް އޮފީހުން މިއަދު ބުނީ މިދުވަސްވަރު ރާއްޖެއަށް މޫސުން ގޯސްވެ، ވިއްސާރަ ކުރާނެ ކަމަށެވެ. އަދި ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭ ވެހި ގުގުރާނެ ކަމަށް ވެސް އެތަނުން ބުންޏެވެ.
މީގެ އިތުރުން އުތުރާއި މެދު ރާއްޖޭގެ ބައެއް އަތޮޅުތަކަށް މެޓް އޮފީހުން ވަނީ ވައިޓް އެލާޓް ވެސް ނެރެފަ އެވެ. މިރޭ 9:10 ގެ ނިޔަލަށް ށ. އަތޮޅާއި މ. އަތޮޅާ ދެމެދަށް ބޯކޮށް ވާރޭ ވެހި ގުގުރާނެ އެވެ. އަދި ވިލާގަނޑުގައި 40 މޭލުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް އެތަނުން ބުނެފައި ވެ އެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
Share your opinion about "Mihaaru" new website
"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް
ކޮމެންޓްތައް
ާއުނިމާ
29 November 2019
މަލޭ ފެންބޮޑުވުން ހައްލުކޮށްދެވޭފަދަ ވެރިއެއް ބޭނުންވެފައި
މިރު
28 November 2019
ރިންގު ރޯޑުން އަންނަހާ ފެން އަމީނީ ކޯރަށް
އަލީ.
28 November 2019
މިނޫން ދުވަހެއް ފެންނާނެ ބާ
ޔާމީނު
28 November 2019
މާލެ މުއިއްޒު ވީ ދޯ
ރަބަރު
28 November 2019
މިވާހަކަ ޚަބަރެއްގެ ގޮތުގައި ނުގެނައަސް، ބޯކޮށް ވާރޭ ވެހިއްޖެއްޔާ މާލޭގެ ބައެއް ހިސާބުތަކުގައި ފެންބޮޑުވާނެކަން އެންމެނަށްވެސް އެނގޭނެ. ބޯކޮށް ވާރޭ ވެހިފަ ފެން ބޮޑު ނުވެއްޖެއްޔާ ޚަބަރެއްގެ ގޮތުގައި ގެނަސްދޭން ފެނޭ.
ޝާޑު
28 November 2019
ވަރަށް ރަނގަޅު ވާހަކައެއް.
އާރީ
28 November 2019
މާލޭ ސިޓީކައުންސިލަށް މިހާރު މާލޭމަގުމަތީ ފެންނުހިންދެނި ޔާމީނު ހުރަސްއަޅާތީތަ?
މުއިއްޒު
28 November 2019
ނުވާނެ