ލަގްޒަރީ ޓްރެވެލް އިންޓެލިޖެންސް (އެލްޓީއައި) އިން މިދިއަ ދިހަ އަހަރު ކަނޑައެޅި ދުނިޔޭގެ އެންމެ ގަދަ ދިހަ ލަގްޒަރީ ރިސޯޓުގެ ލިސްޓުގައި ރާއްޖޭގެ ތިން ރިސޯޓެއް ހިމެނިއްޖެ އެވެ.
މި ލިސްޓުގައި ހިމެނިފައިވަނީ ޝަވަލް ބްލާންކް ރަންދެލި އާއި ވެލާ ޕްރައިވެޓް އައިލެންޑާއި ސޮނެވާ ޖާނީ އެވެ.
މި ލިސްޓުގައި އެއް ގައުމެއްގެ އެންމެ ގިނަ ރިސޯޓު ނިސްބަތް ވަނީ ރާއްޖެ އަށެވެ. ދެކުނު އޭޝިއާގެ ގައުމުތަކުގެ ތެރެއިން ވެސް މި ލިސްޓުގައި ހިމެނިފައިވަނީ ރާއްޖެ އެކަންޏެވެ.
ގަދަ 10 ގައި ހިމެނުނު ރިސޯޓުތައް
1. އަމާން - ޓޯކްޔޯ.
2. ޝެވަލް ބްލަންކް ރަންދެލި - ރާއްޖެ.
3. ކޮކޮމޯ ޕްރައިވެޓް އައިލެންޑް - ފީޖީ.
4. ލަ ރިސާވް - ޕެރިސް
5. ސިކްސް ސެންސަސް ޒިލް ޕެސްޔާން - ސީޝެލްސް.
6. ސޮނެވާ ޖާނީ - ރާއްޖެ.
7. ސޮން ސާ - ކެމްބޯޑިއާ.
8. ކޮރިންތިއާ - ލަންޑަން.
9. ދަ ސީލޯ - ކޭޕް ޓައުން.
10. ވެލާ ޕްރައިވެޓް އައިލެންޑް - ރާއްޖެ.
މިއީ އެލްޓީއައިގެ ޓީމަކުން ހަދާ ދިރާސާއެއްގެ މައްޗަށް ބިނާކޮށް ތައްޔާރު ކުރާ ލިސްޓެކެވެ. މި ޓީމުގައި ޓްރެވެލް އެންޑް ޓޫރިޒަމް ދާއިރާގެ ދުނިޔޭގެ އެންމެ ކާމިޔާބު ދިރާސާކުރާ މީހުންގެ ތެރެއިން 12 ތަޖުރިބާކާރަކު ހިމެނެ އެވެ.
އެލްޓީއައި އިން ނެރުނު ބަޔާނެއްގައި ބުނީ އެ ކުންފުނިން ލަގްޒަރީ ޓުރިޒަމްގެ ދާއިރާ ދިރާސާ ކުރާތާ ގިނަ އހަރުތަކެއް ވިީ ނަމަވެސް އަބަދުވެސް ހައިރާން ކުރަނިވި ކަންތައްތައް ފެންނަ ކަމަށެވެ. ރިސާޗް ޓީމުން ދުނިޔޭގެ އެކި ރިސޯޓުތައް ބެލުމަށް ފަހު ތައްޔާރުކުރި މި ލިސްޓަކީ އެންމެ ފުރިހަމަ ލިސްޓު ކަމަށް ވެސް އެލްޓީއައި އިން ބުންޏެވެ.