ކަރަންޓް ނަރުގައި ޖެހިގެން އިންޑިއާގައި މީހުން މަރުވުމަކީ އާއްމު ކަމެއް. --ފޮޓޯ:އޭއެފްޕީ
31 މެއި 2016 - 01:20
ނިއު ދިއްލީ (މެއި 30) - ދެކުނު އިންޑިއާގެ ޓަމިލް ނާޑޫ ސްޓޭޓުގައި ސްކޫލް ކުދިން އަރުވައިގެން ދިޔަ ބަހެއްގެ މައްޗަށް ކަރަންޓް ނަރެއް ވެއްޓުމުން، ކަރަންޓުގައި ޖެހިގެން ދެ ކުއްޖަކު މަރުވެއްޖެ އެވެ.
ފުލުހުން ބުނީ ސްކޫލް ކުދިންތައް ބަހުގައި ދަތުރުކޮށްފައި ދިޔައީ ޕިކްނިކެއް ނިންމާފައި ކަމަށެވެ. މި ހާދިސާގައި ވަނީ 30 ކުއްޖަކަށް އެކިވަރުގެ އަނިޔާތައް ލިބިގެން ހޮސްޕިޓަލުގައި ފަރުވާ ދޭން ޖެހިފަ އެވެ. ފުލުހުން މިހާރު ވަނީ މި ހާދިސާގެ ތަހްގީގު ފަށައިފަ އެވެ.
ބަސް މައްޗަށް ކަރަންޓް ނަރު ވެއްޓުނު ގޮތެއް ނޭނގެ އެވެ. އެކަމަކު ބައެއް މީޑިއާތަކުން ބުނެފައި ވަނީ ކަރަންޓް ނަރު ވެއްޓުނީ ބައެއް ދަރިވަރުން ގަހެއްގައި ހިފާ ދެމުމުން ކަަމަށެވެ. ކަރަންޓް ކޭބަލްތައް ހުރީ މި ގަހުގެ ގޮފިތަކުގައި ޖެހޭ ހިސާބުގަ އެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި އެއީ ރުކެކެވެ. އަނެއް ބަޔަކު ބުނީ ކަރަންޓް ނަރު ކަނޑައިގެން ދިޔައީ ބައެއް ދަރިވަރުން އަނބު ގަހަކުން އަނބު އުފުރަން އުޅުމުގެ ތެރޭގައި ކަމަށެވެ.
ފުލުހުންގެ އޮފިޝަލުންނާ ހަވާލާދީ އެންޑީޓީވީން ބުނީ ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް ނޭނގޭ ކަމަށާއި އެކަން ތަހްގީގު ކުރަމުންދާ ކަމަށެވެ.
ރާޖަސްތާނުގައި ކައިވެނި ޕާޓީއަކަށް މީހުން ގޮވައިގެން ދިޔަ ބަހެއްގެ މައްޗަށް ކަރަންޓް ނަރެއް ވެއްޓި، ކަރަންޓުގައި ޖެހިގެން މިދިޔަ އަހަރު ވަނީ 25 މީހުން މަރުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނިޒާމް
31 May 2016
އަނބު އުފުރާނީތަ ނޫނީ ބިންނަނީތަ؟އިނގިރޭސި ނޫސްތަކުގައި އޮވެދާނެ "ޕުލަކިންގް މެންގޯސް" އެހެނއނަމަވެސް....