ކުޅުދުއްފުށީ ކުޅި: މިތަނުގެ 70 ޕަސެންޓް ވަނީ އެއާޕޯޓް އަޅަން ނެތިކޮށްލާފައި.
24 ޖެނުއަރީ 2020 - 23:44
ހދ. ކުޅުދުއްފުށީ ކުޅީގެ ބާކީ އޮތް 30 ޕަސެންޓު، އަވަސް ފިޔަވަޅުތަކެއް އަޅައި ހިމާޔަތްކުރަން ހިއުމަން ރައިޓްސް ވޮޗުން ގޮވާލައިފި އެވެ.
މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ނުރައްކަލަކަށް ހުށަހެޅިފައިވާ ރާއްޖޭގެ ރަށްތަކުގެ ތެރެއިން ކުޅުދުއްފުށީގައި އޮތް ކުޅީގެ 70 ޕަސެންޓް އެއާޕޯޓް އަޅަން 2018 ގައި ނެތިކޮށްފައިވާ ކަމުގެ ކަންބޮޑުވުން އެ ޖަމިއްޔާ އިން ފާޅުކުރި އެވެ. ކުޅުދުއްފުށި މިހާރު ސިޓީއަކަށް ބަދަލުކޮށްފައިވާ އިރު، ކުޅީގެ ދެން އޮތް ސަރަހައްދަށް ގެއްލުންވާ ގޮތަށް މި ސަރުކާރުން ޕްލޭންތައް ހެދުމުގެ ވިސްނުން ގެންގުޅޭ ކަމުގެ ހިތްހަމަނުޖެހުން ފާޅުކޮށްފައިވެ އެވެ.
ކުޅުދުއްފުށީގެ ކުޅީގެ ބާކީ އޮތް ސަރަހައްދަށް ގެއްލުންވާ ގޮތަށް ތަރައްގީގެ އެއްވެސް ކަމެއް ކުރަން އުޅޭ ކަމަކަށް މި ފަހުން ސަރުކާރުން ބުނެފައެއް ނުވެ އެވެ.
ރަށްރަށުގައި ފެންބޮޑުވުމާއި ސުނާމީ އަދި އެހެން ވެސް ގުދުރަތީ ކާރިސާތަކުން ރަށްތައް ހިމާޔަތްކޮށްދިނުމުގައި ކުޅީގެ ހިއްސާބޮޑުކަން ފާހަގަކޮށް، ކުޅުދުއްފުށީގެ ކުޅިން ބޮޑު ބައެއް ހަލާލުކޮށްލުމުން އެ ރަށް ގުދުރަތީ ގޮތުން ނުރައްކަލަށް ހުށެޅިފައިވާ ކަމަށް އެ ޖަމިއްޔާ އިން ބުނެފައިވެ އެވެ.
ތަރައްގީއަށްޓަކައި ކުޅީގެ ބޮޑު ބައެއް ހަލާލުކޮށްލި ފަހުން، ބޯކޮށް ވާރޭވެހޭ ދުވަސްތަކުގައި ރަށުގައި އާދަޔާ ޚިލާފަށް ފެންބޮޑުވާ ކަން ފާހަގަކޮށްފައިވެ އެވެ. އަދި ކުރިއަށް ވުރެން ގިނަ ގެތަކުގައި ފެންބޮޑުވަމުންދާ ކަމަށް ވެސް ކުޅުދުއްފުށީގެ ރައްޔިތުންނާ ހަވާލާދީ އެ ޖަމިއްޔާ އިން ބުނެފައިވެ އެވެ.
ކުޅިތައް ނެތިވެ ހަލާކުވެގެން ދިއުމަކީ ރަށްގިރުމާއި ފެންބޮޑުވުން ފަދަ މައްސަލަތަކުން ރައްޔިތުންނަށް އިތުރު ގެއްލުންތަކެއް ކުރިމަތިވާނެ ކަމެއް ކަމަށާއި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ނުރައްކަލަކަށް ހުށަހެޅިފައިވާ ރައްޔިތުންނަށް އިތުރު ގެއްލުންތައް ކުރިމަތިނުވާނެ ގޮތަކާ މެދު ސަރުކާރުން ވިސްނަން ޖެހިފައިވާ ކަން ހިއުމަން ރައިޓްސް ވޮޗް އިން ހަނދާންކޮށްދީފައިވެ އެވެ.
ކުރީގެ ސަރުކާރުން ތިމާވެއްޓަށް، ދިން ފަދަ ގެއްލުންތަކާ ދުރުވެ ހިމާޔަތް ކުރުމުގެ ވައުދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ވި ގޮތަށް ކުޅުދުއްފުށީގެ ކުޅި ހިމާުޔަތްކޮށް ރައްކާތެރިކަން ޖެހޭ ކަމަށް ބުނެފައިވެ އެވެ.
ކުޅުދުއްފުށީ ކުޅިއަކީ ރާއްޖޭގައި އޮތް އެންމެ ބޮޑު މަށިކުޅީގެ އިތުރުން ރާއްޖޭން ނެތުމުގެ ބިރު އޮތް ގިނަ ގަސްތަކެއް ވެސް ހިމެނޭ ސަރަހައްދެކެވެ.
ކުޅުދުއްފުށީގައި އެއާޕޯޓް އަޅަން ކުޅި ހިއްކުމަށް ކުރީގެ ސަރުކާރުން ނިންމުމުން އެކަން ހުއްޓުވަން ތިމާވެށީގެ ޖަމިއްޔާތަކުން ގިނަ މަސައްކަތްތަކެއް ކުރި އެވެ. ކޯޓަށް ވެސް މައްސަލަ ހުށަހެޅި އެވެ. ނަމަވެސް އެކަމަށް ބެލުމެއް ނެތި އެއާޕޯޓް މަޝްރޫއު ކުރިއަށް ގެންދިޔަ އެވެ.
އެ ކުޅި ސަލާމަތްކުރެވޭނެ ގޮތެއް ހޯދަން، މެންގްރޫވް އެކްޝަން ޕްރޮޖެކްޓާއި އިންޓަނޭޝަނަލް ޔޫނިއަން ފޯ ކޮންޒިވޭޝަން އޮފް ނޭޗާ (އައިޔޫސީއެން) ގެ ސައިސިސްޓުންތަކެއް މިދިޔަ އަހަރުގެ ތެރޭގައި ކުޅި އަށް ގޮސް ދިރާސާތަކެއް ހެދި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަބީބު
25 January 2020
ކުޅީގެ ބާކީބައި ހިމާއަތްކޮއް ފަތުރުވެރިކަމައް ތަރައްގީ ކުރެވިދާނެ އެގޮތުން އެސްލޯނު ހޮޅިޔައް ކޮންކްރިޓް އެޅުމައްފަހު ކުޅިޔައް ގެއްލުންނުދީ ތަނބުޖަހާނީ 40 ކޮޓަރިޔައް ވާވަރައް ދެންހަމަ ފުޜާޅުގަ ފަންލާފަ ފަތުރުވެރިން ގަޔާވާ ގޮތައް ތަރައްގީކޮއް ކައުންސިލުގެ ދަށުން ހިންގާނީ ކުޅީގެ ރީތިކަންވެސް ފެނިފަ ރަށައް އިތުރު މުއްސަނދި ކަމެއްލިބުނީ ފިތުނަފަސާދަ ދޫކޮއް އަމަލު ގިނަކުރޭ
ހަބީބު
25 January 2020
ގުދުރަތީ ގޮތުން މާލެފިޔަވާ އައްޑޫ ފިޔަވާ އެހެންރަށެއްގަ ތަރައްގީގެ އެއްވެސް ކަމެއް ކުރުމީ ސުނާމީއަރާ ފެންބޮޑުވެ ބިރުވެރި ކަމެއް އައިސްދާނެ ކަމެއް އެހެންމީހުންވާނީ ޓެކްސްދައްކާފަ އަޅުންނައް ވެގެން އަޅުމަސަތްކަތްކުރަން ކިހާތާހިރު
އޭރު
25 January 2020
ނޫނޭ. އެހެން ހަދާނެކެންނެތް. ރާއްޖެ މީހުންނަށް ކަމުދާނެ ރާއްޖޭގަ އެހެން އެއްޗެއް ނެތަސް. ތިތަންވެސް ހަލާކުކޮށް މަށަށްފެންނަނީ ދެންވެސް ތިބިދޫންޏަކާ އެއްޗިހި ބަޑި ހަހާ ދުއްވާލަން. މި މީހުން ތިބޭނެ ހެވިފަ އަތްޖަހަން
ކުރީގެ
25 January 2020
މިތާގެ ކުރީގެ ފޮޓޯ އަބަދު ޖަހަނީ ކީއްވެ؟ މިހާރު އޮންނަ ގޮތް ހަޑިކަމުންތަ؟
ފިނިފެންމާސައީދުގެ ކުޅި
25 January 2020
ތިކަމަށް ގައިދީ ޔާމީނު ގޮވާލައިފިއްޔާ އެންމެ މަޖާކަމަކަށް އެކަން ވާނީ އެކުޅި ހަލާކުކޮށްލި މީހަކީ އެއީ
ޖަމަލު
25 January 2020
ކާޓޫނު ވާހަަކަ ނުދައްކާ ދެން. ތިތާ އެއަރޕޯޓް އޮތިއްޔާ ދޫންޏަކަށް ނާދެވޭނެ. އެއީ ފްލައިޓަށް ތްރެަތެއް. ދެން ތިއޮތީ އަނެއްކާ ބައްދާލާފަ. ކުރިން މޫދާ ގުޅިފަ އޮތީ. ވާނެ އެއްޗެއް ވެފަ އޮތް ތަނެއްތީ
މުގޮށި6މީދާ
25 January 2020
ގޫގްލް މެޕުގަ މިހާރު އިންނަނީ ކުޅުދުއްފުށީ އެއާޕޯޓުގެ މެދުން ކުޅި ހިމާޔަތްކޮށްފަ. ރަންވޭގެ މެދުގަވެސް އޮތީ ކުޅި. އަނެއްކޮޅުން ރާއްޖޭގައި ނެތް ތިހާ ހުތުރުކޮށް ހަދާފައޮތް އެއާޕޯޓެއް، އަރިއަރިމައްޗަށް އެތަންމިތަނަށް ފަސްއަޅާފަ، ހީވަނީ ޖެއްސުމަކަށް ކޮށްފައޮތް ކަމެއްހެން.
އަށް ގޮދާ
25 January 2020
އަޖައިބެއް ކަހަލަ ރާއްޖެ އެއް މީ... ހިއުމަން ރައިޓްސް ވޮޗުން ކުޅި ހިމާޔާތް ނުކުރެވިގެން... ތިރަށުން މީހުން ބާލާފަ ކުޅި އެކަނި ބާއްވަންވީނު....؟؟؟ ނޫނީ ހިއުމަން ރައިޓްސް ވޮޗުގެ މުސާރަ ހަލާލު ކުރަނީބާ، ބަޔާން ނެރެގެން. މިމީހުނަށް ރުފިޔާ ލިބެނީ ބަޔާން ނެރިގެން.... ދެން ނިމުނީ....
ކުޅުދުއްފުށި ސިޓީއިން
25 January 2020
ބޭނުމެއްނޫން ހިމާޔަތް ކުރާކަށް. ހިޔުމަން ރައިޓް ވޮޗަށް ކޮންކަމެއް ހިމާޔަތް ކުރިއްޔާ، ނޫކުރިއްޔާ. މިހާރުން މިހާރަށް އެތަން ހިއްކާލުމަށް ގޮވާލަން