އިސްގާޒީ އަބްދުﷲ އަލީ.-- ފޮޓޯ: ޑީޖޭއޭ
28 ޖެނުއަރީ 2020 - 20:02
ސިވިލް ކޯޓުގެ އިސް ގާޒީ އަބްދުﷲ އަލީގެ އިތުރު މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ބަލަން ފަށައިފި އެވެ.
އެ ކޮމިޝަނުން ނެރުނު ބަޔާނުގައި ބުނީ މިއަދު ބޭއްވި ބައްދަލުވުމުގައި 18 މައްސަލައެއް ތާވަލުކޮށް، އެ ކޮމެޓީން ބަލަން ނިންމާފައިވާ ހަތަރު މައްސަލައެއްގެ ތަހުގީގު ކޮމެޓީ އެކުލަވާލާފައިވާ ކަމަށެވެ. އޭގެ ތެރޭގައި އިސްގާޒީ އަބްދުﷲ އަލީގެ މައްސަލަ ވެސް ހިމެނެ އެވެ.
ދެން މައްސަލަ ބަލަން ނިންމި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ އިސް ގާޒީގެ އިތުރުން އދ. ދަނގެތި މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް މުހައްމަދު އާމިރާއި ގއ. ނިލަންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަބްދުލް މުހުސިން އަބްދުލް ހަކީމާއި ޅ. ނައިފަރު މެޖިސްޓްރޭޓް ކޯޓުގެ ޅ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މުހައްމަދު މޫސާގެ މައްސަލަ އެވެ.
ގާޒީ އަބްދްﷲ އަލީއާ ގުޅޭގޮތުން ހުށަހެޅި އެހެން މައްސަލައެއް ޖޭއެސްސީން މިިދިޔަ އަހަރުގެ ޖުލައި މަހު ވެސް ބަލަން ފެށި އެވެ. ނަމަވެސް މިފަހަރު ބަލަން ނިންމި މައްސަލައިގެ ތަފްސީލެއް އަދި ހާމައެއް ނުކުރެ އެވެ.
ޖޭއެސްސީން މިހާރު ވެސް އަންނަނީ ގިނަ މެޖިސްޓްރޭޓުންތަކެއްގެ މައްސަލަ ބަލަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހާމަ333
29 January 2020
އެމްޑީޕީގެ ސިޔާސަތަކީ ސަރުކާރަށް ސަނާކިޔާ ތާއިދުކުރާ މީހުން ހުރިހާ ކޯޓެއްގެ ގާޒީންނަށާއި ރަޖިސްޓްރާއިންނަށް ތިބުން...ޝަރުއީދާއިރާ މިނިވަންވެފަ ކޮބާ? ނުފޫޒު ނުފޯރި ކޮބާ? ދައްކާ ފޮނިވާހަކަ ކޮބާ? މިރާއްޖޭގަ ވެރިކަން ކުރަން މިއުޅެނީ ދެކޮޅު ފިކުރުގެ އެންމެން އަނގަބަންދުކޮށްފަ?
2ގޔހ
29 January 2020
ޤައުމު އިސްލާހުވާނީ ކިހިނެއްތޯއެވެ؟؟ އަބަދުވެސް ގާޒީންގެ މައްސަލައެއް ނެތް އިރެއް މިހާރަކު ނުދޭ..
ހަޤީގަތް
29 January 2020
މިމީހުން ބޭނުން ނުވާ މީހެއް ވެއްޖެއްޔާ, އެމީހަކު ބޭރު މިކޮށްލަނީ, ނޭނގި ތިއްބާ. މައްސަލަ އުފަންކޮށްފަ.
ގެމެންދޫ އާދަނު
29 January 2020
ނެލަންދު މެޖިސްޓްރޭޓްގެ މައްސަލައަކީ ހަގީގަތާ ޚިލާފު މައްސަލައެއް. މުހުސިން އަކީ ވަރަށް އިންސާފުވެރި ވަކި މީހެއްގެ މޫނަށް ބަލައިގެން ހުކުން ކުރާ ގާޒީއެއްނޫން. މިއުޅެނީ ގާޒީގެ އަބުރު ކަތިލަން. ތިމައްސަލަ ބެލިޔަސް މުހުސިނަށް ނިލަންދޫ ރައްޔިތުންގެ ހިތުގަ އޮތް ގަދަރެއް ނުނެތޭނެ
ގެއްލުން
29 January 2020
އެކްޓިވިސްޓުން ބުނާހައި ބަޔަކު ދުއްވާލީމަ އޮންނާނީ އިސްލާހްވެ ނިމިފައި.
ދޮންވެލި
28 January 2020
ހުކުމް ތައް ކުރާ ގާޒީންގެ ފޮޓޯ ޖެހުމަކީވެސް ރަނގަޅު ކަމެކެވެ. އެމީހަކު ހުކުމް ކުރުމުގެ ކުރީން ވިސްނާނެ އެވެ. އަދި އެއީ ރައްޔިތުންނަށް އެނގެންޖެހޭ ކަމެކެވެ.
ޖިބްރީލް
28 January 2020
ފަނޑިޔާރަކު މައްސަލައެއްގައި އިޖުރާއީގޮތުން ނިންމާ ކަންކަމަކީ ސުލޫކީ ކަންކަމެއް ނޫން. އެކަހަލަ މައްސަލަ އިސްތިއުނާފުކުރަންޖެހޭނީ ހައިކޯޓުގަ. މިހާރު ޖޭއެސްސީއަށް ހުށަހަޅާފަހުރި ގިނަ މައްސަލަތަކަކީ ސުލޫކީ މައްސަލަތަކެއް ނޫން.
ހަޤީޤަތް މީ
28 January 2020
އުސްތާޒް އަބުދުއްﷲ ޢަލީ އަކީ ޖުޑީޝަރީގައި ހުރި އެއްމެ ތަޖްރިބާ ކާރު ހިކުމަތްތެރި އެއް ފަންޑިޔާރެވެ. ގިނަ ބައެއްގެ އުސްތާޒް އެކެވެ. ރަގަޅު ބޭފުޅެކެވެ.
ރޔޒ ރށދ
29 January 2020
ވަރަށް ނުބައި މީހެއް
ޙުސާމް
29 January 2020
އަބްދުއްލާ އަލީ އަކީ ޑރ. ޖަމީލު ގެ ފުރެންޑެށް. ޖަސްޓިސް މިނިސްޓަރ ކަށް ހުރިއިރު ރަށުން ގެނެއީ ކަމެއް ނިއްމުވަން
ގުދޯގުދޯ
28 January 2020
ސުލީކީ މައްސަލަ އަކީ ކޮބާކަމެއް ނޭގޭ.. މީހުން ފަޟީހަތް ކުރުން މިއޮތީ..
ވާނުވޭ ގޮތްވޭ
28 January 2020
ޒާތީ ކަންކަމެވެ. ތިކަން ހުއްޓާ ލައިފާ ފްލެޓް ދެވޭތޯ ބަލާން ސޯލިހު އަށް ދަންނަވަ މެވެ
ހުތުރު
29 January 2020
ކޮރަޕްޓްކޮށް އުޅެފަ ދެން މީހަކު އެ ވާހަކަ ދެއްކީމަ އެއީ ޒާތީ ވުމެއް ނޫން. ތިޔަހާ މުނާފިގުވާ އެއްޗެއް ނޫން. ތިމާމެންގެ ކޮރަޕްޓު އަމަލުތަކުގެ ސަބަބުން ވާ ގެއްލުން އެނގޭނީ އެހެން މީހުންނަށް. އެގޮތަށް އަނިޔާ ލިބޭ މީހުންނާ މެދު ތި މީހުން "ޒާތީ" ވަނީ އޭ ބުނުން މާ ރަނގަޅު!
ފްލެޓް ދޮންބެ
29 January 2020
10 އަހަރު ވެއްޖެ ތިޔަ ބުނާ ފްލެޓް ތަކައް ލާރި ދައްކައިގެން ތިބޭތާ. އަދިވެސް ވާނުވާގަ މިތިބެނީ.