ސިވިލްކޯޓު ހިންގާ ޖަސްޓިސް ބިލްޑިން. ޖޭއެސްސީން ބުނީ މަދަނީ އިޖުރާއަތުގެ ގާނޫނާ ހެދި ސިވިލްކޯޓަށް ދަތިވާ ކަމަށް. ފައިލްފޮޓީ
06 އޮކްޓޯބަރ 2025 - 18:48
ރާއްޖޭގެ ވެއްޓަށް ފެތެނީ ކިހާވަރަކަށްތޯ ނުބަލައި ހަދާ ގާނޫނުތަކަކީ ކޯޓުތަކަށް ހުށަހަޅާ މައްސަލަަތައް ލަސްވާ ސަބަބެއް ކަމަށާއި 2022 ވަނަ އަހަރު މަދަނީ އިޖުރާއަތުގެ ގާނޫނަށް ގެނައި ބަދަލަކީ އެފަދަ ބަދަލެއް ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ބުނެފި އެވެ.
ކޯޓުތަަކަށް ހުށަހަޅާ މައްސަލަތައް ނުނިމި ލަސްވާ މައްސަލަ އާއި ފަނޑިޔާރުންގެ ގާނޫނަށް ބަދަލު ގެންނަން ހުށަހަޅާފައިވާ ބިލާ ބެހޭ ގޮތުން މަޝްވަރާކުރަން ޖުޑީޝަރީ ކޮމިޓީން ބޭއްވި ބައްދަލުވުމުގައި ޖޭއެސްސީގެ ރައީސް ހުސައިން ރިޒާ ވިދާޅުވީ މަދަނީ އިޖުރާއަތުގެ ގާނޫނު ހިމެނޭހެން، އެގޮތަށް ހުރި ގާނޫނުތަކަށް މަޖިލީހުން ރިއާޔަތް ކުރަން ޖެހޭ ކަމަށެވެ. އެ ގާނޫނު ނާންނަ އިރު ސިވިލް ކޯޓަށް ހުށަހަޅާ މައްސަލަތަކުގެ ބޮޑުބައި ނިންމަމުން އައީ ޑިސްޕިއުޓުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު ދަންނަވާނަން، 2022 ވަނަ އަހަރު ސިވިލް ޕްރޮސީޖާ ކޯޑަށް މިއައި ބަދަލު ވެގެން ދިޔައީ ކޯޓުގެ މައްސަލަތައް ހުއްޓުމަކަަށް އައި[ސަބަބަކަށް]. ސަތާރަ ފަނޑިޔާރުން ތިބި އިރު މައްސަލަތައް އެއްގޮތަކަށް ވެސް ކުރިއަށްދާ ގޮތެއް ނުވި. އެއީ ކުރީގައި ޑިސްޕިއުޓުން، ސިވިލް ކޯޓުގައި ގާތްގަނޑަކަށް 60 އިންސައްތަ މައްސަލަ ނިންމަމުން އަންނަނިކޮށް، އެ ގާނޫނުގެ ސަބަބުން ހަަމަ އެއްކޮށް ހުއްޓިގެން ދިޔައީ،" ރިޒާ ވިދާޅުވި އެވެ.
ސިވިލް ކޯޓަށް ކުރިމަތިވި އަނެއް މައްސަލަ އަކީ ރިޒާ ވިދާޅުވި ގޮތުގައި ކުރިން ފެމިލީ ކޯޓުން ބަލަމުން އައި ތަރިކަ އާއި ވަސިއްޔަތާއި ހިބައިގެ މައްސަލަަތައް އެ ކޯޓަށް ގެނެސް ޖަމާކުރުމެވެ.
އެކަން ހައްލުކުރަން މަދަނީ އިޖުރާއަތުގެ ގާނޫނަށް ގެންނަން ފެންނަ އިސްލާހުތައް ޖޭއެސްސީން ފާސްކޮށް، އެޓާނީ ޖެނެރަލްގެ އޮފީހަށް މިދިޔަ އަހަރު ފޮނުވާފައިވާ ކަން ފާހަގަކުރައްވައި ރިޒާ ވިދާޅުވީ އެ އިސްލާހުތައް އަވަސްކޮށްދޭން އެދިފައިވާނެ ކަމަށެވެ.
"އަދި އެ އިސްލާހު ލަސްވެގެން އަޅުގަނޑުމެން 20 މޭ، 2025 ގައި އަވަސް ކޮށްދިނުމަށް [އެދި] ވެސް ވާނެ [ސިޓީއެއް] އެއް ފޮނުވާފައި. މިއަދާ ހަމައަށް ވެސް މި މަޖިލީހަށް އައި ކަމެއް އަޅުގަނޑުމެންނަަކަށް ނޭނގޭ،" ރިޒާ ވިދާޅުވި އެވެ.
އެ އިސްލާހުތައް ފާސްވެއްޖެ ނަމަ ސިވިލް ކޯޓުގައި ކުރިން ވެސް، ޑިސްޕިއުޓުން މައްސަލަތައް ނިންމުން އައި ގޮތަށް މައްސަލަތައް ހިނގައިގަންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މަޖިލީހުގެ ކޮމިޓީއަށް ރިޒާ މިއަދު ދެއްވި ތަފާސްހިސާބުގައިވާ ގޮތުން ސިވިލް ކޯޓުގައި މިހާރު ވެސް 4،077 މައްސަލަ ނުނިމި އެބަ އޮތެވެ. އޭގެ ތެރޭގައި އަހަރެއް ނުވާ 2،364 މައްސަލަ އާއި އެއް އަހަރާ ތިން އަހަރަ ދޭތެރޭގެ 1،079 މައްސަލަ އާއި ތިން އަހަރާއި ފަސް އަހަރާ ދޭތެރޭގެ 552 މައްސަަލަ އާއި ފަސް އަހަރަށް ވުރެ ގިނަ ވެފައިވާ 28 މައްސަލަ ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ދޮންފާތުމާ
07 October 2025
ރިޒާ ތި ދެއްކި ވާހަކައަށް ކުޑައެއްޗެއް ދަންނަވާލާނީ މަސްސަލަ އަވަސް ކުރުމަށްޓަކައި ފަޑިޔާރުން ނުރަސްމީގަޑީގައި މަސައްކަތްކޮށްފިނަމަ އިތުރު އެލަވަންސެއް ދެއްވާގޮތް މިހާރު އޮންނަ ގޮތުން ނުރަސްމީގަޑީގައި ނުނިކުތަސް ބޮޑުމުސާރަ ލިބޭ އެހެންވީމާ ނުރަސްމީގަޑީގައި ނުކުންނާކަށް ބޭނުންނުވޭ ހަމަޔަގީނުންވެސް އެގޭ ނުރަސް،މީގަޑީގައި ނުކުމެގެންނޫނީ މައްސަލަތައް ނުނިމޭނެކަމަށް ދިރާސާ ކިޔާ މޭޒްމައްޗަށް ގިނަވަނީ
ވޯލް
07 October 2025
އެޓަރނީ ޖެނެރަލްގެ އޮފީހުގެ މަސައްކަތް ހަލުވި ކުރެވޭނި އެތަނުގައި މަސައްކަތް ކުރާ ވަކީލުންނަށް ޕްރައިވެޓް ޕްރެކްޓިސް ކުރުން ހުއްޓުވިގެން. ކޮންމެ މީހަކު ލޯ ފާރމެއް ހަދައިގެން، ގިނަ މައްސަލަ ނަގައިގެން ކިހިނެތް ރަގަޅަށް މަސައްކަތް ކުރާނީ؟ ޤާނުނެއް ހަދާފަ މިނިވަން ކުރި އިރުވެސް މިކަމަށް ނެތް އެޑްރެސްކޮށްފަ. މީގެ ބަހުސްއަކަށްވަނީ ހަމައެކަނި ލިބޭ މުސާރައިން ނުވާތީ. ދައުލަތުން މުސާރަ ބޮޑުކޮށްގެން ނަމަވެސް ޕްރައިވެޓް ޕްރެކްޓިސް ކުރުން ހުއްޓުވަން ޖަހޭ.
އުދުހޭ
07 October 2025
ހުކުމް އިއްވަން ތާވަލުކޮށްފަ ނެތް މައްސަލައެއްގެ ހުކުމް ވަރަށް ފަހުން އިއްވި. އަދި އެހުކުމް އެދުވަހު އާންމުވެސް ނުކުރެއޯ.
ދިރާސާ ދަރިވަރު
07 October 2025
މި އާޓިކަލްވެސް މިއަށްވުރެ ރީތިކޮށް އަދި ޕޮޒިޓިވްކޮށް ލިޔެލިނަމަ ދޯ! ކޮށްފައި ހުރި ބުރަބޮޑު މަސައްކަތްތަކާއި ނުވަތަ ޙާޞިލްކޮއްފައިވާ ކަންކަމާއި، މިހާރު ކުރަމުންދާ އަދި ކުރަންހުރި މަސައްކަތްތަކާއި އެކަންކަމަށް ހުރި ގޮންޖެހުންތަކަށް ވިސްނާލުމެއް ނެތި އަފުން ހުށަހެޅި މައްސަލަ، އަފުންގެ ޙައްޤު ކޮބާހޭ ނުކިޔޭނެ. ދައުލަތުގެ ބާރަކަށް ލިބެންޖެހޭ ފުރިހަމަ ބަޖެޓަކާއި ޥަޞީލަތްތަކާއި މިނިވަންކަމެއް ލިބޭނޭކަމަށް ވިދާޅުވި ވިދާޅުވުން އެކަނިވެސް މިއަދަށްފުދިއްޖެ.
ހުސްނޫބަޖިޔާ
07 October 2025
ހުސްނޫ ސުޕުރީމުގަ އިނދެގެން ވިލާތު ކަރަ ކަރައިގަ އޮންނަ ގޮތް ކޮޕީކޮށްގެން މިރާއްޖެއަށް ނުވެސް ގުޅޭ ބޮޑު ދުއްޕާނެއް ގެނެސްސަ ތޮޔަ އޮތީ.. އޭނާ ކުރާ ހުރޮހާ ކަމެއް ހުންނަނީ ތިޔަ ބީދައިން.. ކުރީގަ އޮތް ގޮތް ވެސް މާ ރަނގަޅު.. އުވާލަންޖެހޭ ޤާނޫނެއް
ސާޓަނުގުޅަ
08 October 2025
ސުޕިރީމު ކޯޓުންތަ ގާނޫނު ހަދަނީ؟
ހުސްބަހަނާ
07 October 2025
"އަދި އެ އިސްލާހު ލަސްވެގެން އަޅުގަނޑުމެން 20 މޭ، 2025 ގައި އަވަސް ކޮށްދިނުމަށް [އެދި] ވެސް ވާނެ [ސިޓީއެއް] އެއް ފޮނުވާފައި. މިއަދާ ހަމައަށް ވެސް މި މަޖިލީހަށް އައި ކަމެއް އަޅުގަނޑުމެންނަަކަށް ނޭނގޭ،" ރިޒާ ވިދާޅުވި އެވެ... މި ދެން ބޮޑު ޖޯކެއްނު.. ބަލަ ކަލޭމެންތީ 24 ގަޑިއިރުތެރޭ ގާނޫނުއަސާސީ ބަދަލުކުރާ ބަޔެކޭ.. ކުރަން ބޭނުން ނުވާތީ ނުކުރަނިއްޔޭ ކިޔާބަލަ ބަހަނާ ނުދައްކާ.
ފަޅޯބެ
07 October 2025
ބަލަ ނިންމަން ބޭނުންވާ މައްސަލަ ނިންމައޭ. އަޑުއެހުން ނިންމާފަ 2 އަހަރުވާއިރު ހުކުމް ނުކުރެވެނީ މަދަނީ އިޖުރާއަތުގެ ކޮން ތަނެއްގަ އޮތީ ބިސް ފީކުރާހެން މައްސަލަ ބާއްވަންޖެހެޔޭ؟ އަސާރައަޅާއިރު އަވީލާހެން މައްސަލަ ބާއްވައިގެން ތިބެފަ މިކިޔަނީ ގާނޫނުގެ މައްސަލައޭ. ގާނޫނު ކީމަ އެނގޭ އަޑުއެހުން ނިންމާފަ 30 ދުވަހުން ހުކުމްކުރަންޖެހޭކަން. އެކަމަކު އެބާއްވައިގެން ތިބެފަ މިކިޔަނީ ގާނޫނޭ.
އައިޝާ މަހުމާ
07 October 2025
ތިޔަ ކިޔަނީ ޖިނާއީ އިޖުރާއަތުގައި ލިޔެފައި އޮތް އެއްޗެއް. މާމޮޅީއޭ ދެން ހިތުން. މަދަނީ އިޖުރާއަތުގައި ފުރަތަމަ މައްސަލަ ހުށަހެޅިގެން ޖަވާބުދާރީވާންވެސް ދޭންޖެހޭ 14 ދުވަސް. މުއްދަތު އިތުރުކޮށްދެން އެދިއްޖެއްޔާ އިތުރުވެސް ކޮށްދެންޖެހޭ އިތުރު 14 ދުވަހަށް. އަނެއްކާ އެޖަވާބަށް ރައްދުދޭން ހަމަ އެމުއްދަތު އަނެއް ފަރާތަށް ދޭން އެބަޖެހޭ. މިހެންގޮސް މައްސަލަ ދިގުލަނީ.
ފަޅޯބެ
08 October 2025
މަހުމާ. 259 ވަނަ މާއްދާ ކިޔާލަބަލަ. މިކިޔަނީ އަޑުއެހުން ނިންމާފަ ހުކުމް ނުކުރާ ވާހަކަ.ދެން ޖަވާބުދާރީވާން ފުރުސަތު ނުދީތަ މައްސަލަ ނިންމަންޖެހެނީ؟ އަޑުއެހުން ނިންމާފަ 30 ދުވަސް ތެރޭ ހުކުމްކުރަންޖެހޭ
ވަކީލ
06 October 2025
8-10 އަކަށް ކޮފީ ބޮއެފަ 12-2 އަަށް ލަންޗް ބްރޭކް ނެގީމަ 2 ގަޑިއިރު ތެރޭ މަސައްކަތް ނުކުރެވޭނެ. ދެން ބަހަނާ ދައްކަން މަދަނީ އިޖުރާތޭ ނުކިޔާ. ތިޔަ ކޯޓުގަ މިހާރުވެސް ރަނގަޅަށް މައްސަލަ ބަލާ ފަނޑިޔާރުން މައްސަލަ ބަލާ ނިންމާ އަވަސްކަމާ އެކީ. މަދަނީ އިޖުރާއަތު ހިންގައިގެން ހަމަ އަވަހަށް ނިންމާ އެ ފަނޑިޔާރުން. ކަންނެއްކަމާ ބަރުހެލިކަމުގަ ބޮޑު މުސާރަ ނަގައިގެން ތިބެން މިކިޔަނީ ގާނޫނާ ހެދި ނުހިންގެޔޭ
ސިވިލް
06 October 2025
ސިވިލް ކޯޓުގެ ސެކްޝަންތަކުން ކޮންމެ މަހެއްގެ ތެރޭގައި ނިންމާ މައްސަލަތަކުގެ ތަފާސްހިސާބު އާންމުކޮށްދެއްވާ. އޭރުން އެނގޭނެ ކަމެއް ނުކޮށް މުސާރަ ނަންގަވާ ފަނޑިޔާރުން.
އަޖައިބުވޭ
07 October 2025
ބަލަ ބޭންކު މައްސަލަތަކާ ބާތިލް މައްސަލަތަކުން އަދަދު ގިނަކުރަނީ. ވެބްސައިޓު ބަލާބަލަ ނިންމާ މައްސަލަތައް ބަލަން
ހަންޗޫ
06 October 2025
މިހާރު ތިޔަ ސިވިލްކޯޓަށް އަހަރެން ލައިގެން އުޅޭ މައްސަލައަކަށް 3 އަހަރު ފަހުން މިދިޔަ ޖުލައިމަހު ލާރިދައްކަން ހުކުމެއްކޮށްފި. އެކަމު މުއްދަތު ހަމަވިއިރުވެސް އެކަލޭގެ ކޯޓަށް ހުކުމާއެއްގޮތަށް ލާރިނުދެއްކި. ވަކީލު ކަލޭގެ ބުނަނި އަނެއްކަ މަވީއޯ ހުކުމްތަންފީޒުކުރަން މައްސަލައެއް ކޯޓަށްލާން. އަނެއްކަ އަނެއް 3 އަހަރުކަންނޭ ވާނި ހުކުމަކާ ހަމައަށް ދާން! ކުއްކޮށްފަ ފިލޭގޮތް މިއޮންނަނި! ގާނޫނުތަކަށް ބަދަލުގެނެސް އިންސާފު ލިބޭނެގޮތެއް ހަދައިދީބަލަ!