ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން އިއުލާންކޮށްފައިވާ ފިލްމު "ބަންޓީ އޯރް ބަބްލީ 2" މި އަހަރުގެ ޖޫން 26 ގައި ސިނަމާތަކަށް ގެނެސްދޭން ނިންމައިފި އެވެ.
މި ފިލްމަކީ 2005 ގައި ޑައިރެކްޓަރު ޝާދު އަލީ، ރާނީ މުކަރްޖީ އާއި އަބީޝެކް ބައްޗަނާ އެކު ގެނެސްދިން ދިން ފިލްމުގެ ސީކްއެލް އެވެ. މި ފަހަރު މުޅިން ތަފާތު ޑައިރެކްޓަރަކާ އެކު "ބަންޓީ އޯރް ބަބްލީ 2" ދޭ ގެނެސްދޭ އިރު ކާސްޓުންނަކީ ރާނީ އާއި ސައިފް އަލީ ޚާނާއި ސިދާންތު ޗަތުރަވެދީގެ އިތުރުން ޝަރްވާރީ އެވެ.
ފިލްމުގެ ޑައިރެކްޓަރަކީ ވަރުން ވީ ޝަރުމާ އެވެ.
"ބަންޓީ އޯރް ބަބްލީ" އަކީ ވަރަށް ގިނަ ދުވަސްތަކެއް ފަހުން ސައިފާއި ރާނީގެ ޖޯޑު އެކީގައި ފެނިގެންދާނެ ފިލްމަކަށްވާތީ ބެލުންތެރިން މިއަށް ކުރާ އިންތިޒާރު ވެސް ބޮޑެވެ. އެ ދެ ތަރިން އެކީގައި ކުޅުނު ފިލްމުތަކުގެ ތެރޭގައި "ހަމް ތުމް" އާއި "ތަރަ ރަމް ޕަމް" އަދި "ތޯޅާ މެޖިކް ތޯޅާ ޕިޔާރު" ހިމެނެ އެވެ.
އެ ތިން ފިލްމަކީ ވެސް ރާނީގެ ފިރިމީހާ އަދި ވައިއާރްއެފްގެ ވެރިޔާ އަދިތިޔާ ޗޯޕްޅާ ޕްރޮޑިއުސްކޮށްފައިވާ ފިލްމުތަކެވެ.
"ކާމިޔާބު" ގެ ޓްރެއިލާ ދައްކާލައިފި
އަންނަ މަހުގެ 6 ގައި ރިލީޒްކުރާ ފިލްމު "ކާމިޔާބު" ގެ ޓްރެއިލާ ދައްކާލައިފި އެވެ.
ބޮލީވުޑަށް ދޭ ޓްރިބިއުޓެއްގެ ގޮތުގައި ހަދާފައިވާ މި ފިލްމަކީ ޝާހްރުކް ޚާންގެ ފިލްމު ކުންފުނި ރެޑް ޗިލީޒް އެންޓަޓައިންމަންޓުން ހިއްސާވެގެން ގެނެސްދޭ ފިލްމެކެވެ.
ހާޑިކް މެހެތާ ލިޔެ، ޑައިރެކްޓްކޮށްފައިވާ "ކާމިޔާބު" ގެ މައިގަނޑު ކެރެކްޓާ ކުޅެފައި ވަނީ ސަންޖޭ މިޝްރާ އެވެ. އިތުރު ކާސްޓުންގެ ތެރޭގައި ދީޕަކް ދޮބްރިޔާލް، ސާރިކާ ސިންގް، އަވްތާރު ގިލް އަދި އަކްޝަދީޕް އަރޯރާ ހިމެނެ އެވެ.
ތާރީހުތަކެއް ބަދަކުތަކެއް
މި އަހަރު ރިލީޒްކުރަން ނިންމާފައިވާ ފިލްމުތަކެއްގެ ތާރީހުތަކަށް ބަދަލު ގެނެސްފި އެވެ.
އެގޮތުން ތާރީހަށް ބަދަލު ގެނައި އެއް ފިލްމަކީ ދިނޭޝް ވިޖަންގެ މެޑޮކް ފިލްމްސް އިން އަންނަ މަހު ރިލީޒްކުރާ "އަނގްރޭޒީ މީޑިއަމް" އެވެ. ކަރީނާ ކަޕޫރާއި އިރްފާން ޚާން މުހިއްމު ރޯލްތަކުން ފެނިގެންދާ މި ފިލްމު ކުރިން މި މަހުގެ 20 ގައި ގެނެސްދޭން ނިންމާފައި ވަނިކޮށް، މިހާރު ވަނީ އަންނަ މަހުގެ 13 އަށް ބަދަލުކޮށްފަ އެވެ.
ތާރީހު ބަދަލުކުރި އަނެއް ފިލްމަކީ ކަރަން ޖޯހަރްގެ ދަރްމާ އިން އަންނަ މަހުގެ 13 އަށް ތާވަލުކޮށްފައި އޮތް ޖާންވީ ކަޕޫރްގެ "ގުންޖަން ސަކްސޭނާ: ދަ ކަރުގިލް ގާލް" އެވެ. ޝަރަން ޝަރުމާ ޑައިރެކްޓްކޮށްފައިވާ މިހާރު ގެނެސްދޭން ނިންމާފައި ވަނީ އެޕްރީލް މަހުގެ 24 ގަ އެވެ.
ޖާންވީ އާއި ރާޖްކުމާރު ރާއޯ އާއި ވަރުން ޝަރުމާއާ އެކު މެޑޮކުން ގެނެސްދޭ ހޮރޯ-ކޮމެޑީ "ރޫހީ އަފްޒާނާ" ގެ ތާރީހަށް ގެނައި ބަދަލާ އެކު، އެ ފިލްމު މިހާރު ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ ޖޫން 5 ގަ އެވެެ. ކުރިން އެ ފިލްމު ތާވަލުކޮށްފައި އޮތީ އެޕްރީލް 24 އަށެވެ.
"ގިލްޓީ" ގެ ޓްރެއިލާ ދައްކާލައިފި
ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނާއި ނެޓްފްލިސް އިން ގުޅިގެން ގެނެސްދޭ ފުރަތަމަ ފިލްމު "ގިލްޓީ" ގެ ޓްރެއިލާ ދައްކާލައިފި އެވެ.
އަންނަ މަހުގެ 6 ގައި ސްޓްރީމްކުރާ މި ފިލްމަކީ ރޭޕްގެ މައްސަލައަކަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ. "ގިލްޓީ" ގެ ތަރިންނަކީ ދަރުމާގެ މިހާރުގެ ފެވަރިޓެއް ކަމަށްވާ ޒުވާން ބަތަލާ ކިއާރާ އަދުވާނީ އާއި ތާހިރު ޝައްބީރާއި އަކަންޝާ ރަންޖަނެވެ.
"ގިލްޓީ" ގެ ޑައިރެކްޓަރަކީ ރޫޗީ ނަރައިން އެވެ.