ޚަބަރު / މެމްބަރު އިބްރާހިމް ރަޝީދު (މާފަންނު މެދު)

އެހެން ޕާޓީތަކުގެ ވަޒީރުންގެ އިސްތިއުފާ އަށް ގޮވާތީ ދީދީގެ ފާޑުވިދާޅުވުން އެމްޑީޕީ އަށް

ކްރިމިނަލް ކޯޓުގައި ކުރިން އޮތް ޝަރީއަތަކަށް، ދީދީ އޭނާގެ ކޮއްކޮ ހުސައިން މުހައްމަދު ދީދީ (ވ) އާއި މިހާރުގެ ޑިފެންސް މިނިސްޓަރު މާރިޔާ (ކ) އަދި އެމްޑީޕީގެ މިހާރުގެ ޕީޖީގެ ލީޑަރު މެދު ހެންވޭރު ދާއިރާގެ އަލީ އާޒިމާ އެކު ވަޑައިގަންނަވަނީ.--ފައިލް ފޮޓޯ/މިހާރު

28 ފެބުރުއަރީ 2020 - 09:24

73 comments
happy icon 80%

މި ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ އެމްޑީޕީ އަށް ނިސްބަތްވާ ވަޒީރުން ފިޔަވައި އެހެން ޕާޓީތަކުގެ ސްލޮޓްގައި އެ މަގާމުގައި ތިއްބެވި ބޭފުޅުންގެ އިސްތިއުފާ އަށް އެމްޑީޕީގެ މަޖިލިސް މެމްބަރުން ގޮވައިލައްވަމުން ގެންދަވާތީ، ހިތަދޫ މެދު ދާއިރާގެ ކުރީގެ މެމްބަރު، އަދި ކުރީގެ ބްރިގޭޑިއާ ޖެނެރަލް އިބްރާހިމް މުހައްމަދު ދީދީ (ދީދީ) ވަރަށް ބޮޑަށް ރުޅިގަދަވެެއްޖެ އެވެ.

ސިފައިންގެ 33 އަހަރުގެ ޚިދުމަތުން ރިޓަޔާ ކުރެއްވުމަށް ފަހު، އެމްޑީޕީއާ އެކު ސިޔާސީ ހަޔާތް ކުރިއަށް ގެންދަވާ ދީދީގެ ނުރުހުން އެ ޕާޓީ އަށް އައީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އެމްއާރުއެމްގެ ސްލޮޓެއްގައި ހައުސިން މިނިސްޓަރުކަމުގެ މަގާމުގައި ހުންނެވި އާމިނަތު އާތިފާ އިސްތިއުފާ ދެއްވުމަށް މާފަންނު މެދު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ގޮވައިލެއްވުމުންނެވެ.

ހައުސިން މިނިސްޓަރުކަމަށް އާތިފާ އައްޔަން ކުރައްވައި، ނޮވެމްބަރު 17، 2018 ގައި އޭނާ އަށް މަގާމުގެ ފަތްކޮޅު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވަނީ.---ފައިލް ފޮޓޯ: ރައީސް އޮފީސް

މައުމޫންގެ ވެރިކަމުގައި ހައުސިން މިނިސްޓްރީގައި ތަފާތު މަގާމުތައް ފުރުއްވާފައިވާ މިނިސްޓަރު އާތިފާ މިހާރުން މިހާރަށް އިސްތިއުފާ ދެއްވުމަށް ބޮންޑޭ ގޮވައިލެއްވީ، ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އެއްމެދު އިމާރާތުގެ ބިލުގެ ބަހުސްގައި މިދިޔަ ބުދަ ދުވަހު އެވެ. އޭނާ ވިދާޅުވީ، މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައި ދިނުމުގެ ކަންކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އާތިފާއާ ހަވާލު ކުރައްވާފައި ކަމަށާއި އެ މަނިކުފާނު އަމުރު ކުރެއްވުމުން އެކަން ތަންފީޒު ކުރަންޖެހޭނެ ކަމަށެވެ. އެހެންވެ، އާތިފާ މިހާރުން މިހާރަށް އިސްތިއުފާ ދެއްވަން ބޮންޑޭ ގޮވައިލެއްވި އެވެ.

ބޮންޑޭގެ އެ ވާހަކައާ މެދު ހިތްހަމަޖެހިވަޑައިނުގެން، ޖެންޑާ މިނިސްޓަރުކަމަށް މި މަހުގެ 9 ގައި އައްޔަން ކުރެއްވި އާއިޝަތު މުހައްމަދު ދީދީގެ އެއްބަނޑުއެއްބަފާ ކޮއްކޮ ދީދީ އިއްޔެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެގޮތަށް ވަޒީރުންގެ އިސްތިއުފާ އަށް އެމްޑީޕީގެ މެމްބަރުން ގޮވައިލެއްވުމަކީ ފާޅުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމަށް ޖެއްސުން ކުރެއްވުން ކަމަށެވެ.

"އެއްވެސް ގައުމެއްގައި އަމިއްލަ ގޯލަށް ތިޔަ ފާޑުގެ ހަމަލައެއް ނުދޭނެ،" މިހާތަނަށް އެކި ފަހަރު މަތިން އުފެދުނު ހިތްހަމަނުޖެހުންތަކާ އެކު ވެސް އެމްޑީޕީގެ ދިފާއުގައި ހުންނެވި ދީދީ ވިދާޅުވި އެވެ.

އެހެން ވިދާޅުވެ، އޭނާގެ އިލްތިމާސެއް ވެސް އެމްޑީޕީގެ މަޖިލިސް މެމްބަރުންނަށް ކުރެއްވި އެވެ.

"އެމްޑީޕީ އެމްޕީން ގައުމަށް ހެޔޮ އެދެންޏާ 65 ގެ ބާރުން ސީއެސްސީ ރަނގަޅުކޮށް، ރައްޔިތުންނަށް އިޚުލާސްތެރި ޚިދުމަތް ދެއްވޭނެ ގޮތް ހަދާބަލަ،" ރައްޔިތުންގެ މަޖިލީހުގައި ސުޕަ މެޖޯރިޓީގެ ބާރު އޮންނަ ޕާޓީ އެމްޑީޕީގެ މެމްބަރުންގެ ކިބައިން ދީދީ އެދިވަޑައިގަތެވެ.

އެހެން ޕާޓީތަކުގެ ވަޒީރުންނަށް އެމްޑީޕީގެ މަޖިލިސް މެމްބަރުންގެ ފިއްތުންތަކާއި އިންޒާރު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ވެރިކަމަށް އައީ އެމްޑީޕީގެ އިތުރުން ކުރީގެ ރައީސް މައުމޫނާއި ޖުމްހޫރީ ޕާޓީ އަދި އަދާލަތު ޕާޓީގެ ވަރަށް ބޮޑު އެހީތެރިކަމާ އެކު ކަމަށް ވިޔަސް އެމްޑީޕީގެ މަޖިލިސް މެމްބަރުން މިހާރު ގެންދަވަނީ އެ ޕާޓީގެ ފަރާތުން ވަޒީރުކަމަށް ވަޑައިގެންނެވި ބޭފުޅުން ފިޔަވައި އެހެން ވަޒީރުންގެ އިސްތިއުފާ އަށް ގޮވާލައްވައި އެކި ގޮތްގޮތުން ފިއްތުންތައް ކުރިމަތި ކުރައްވަމުންނެވެ. އަދި މަގާމުން ވަކިކުރާނެ ކަމުގެ އިންޒާރު ވެސް ދެއްވަ އެވެ.

އެކަމަކު، އެމްޑީޕީ އަށް ނިސްބަތްވާ ވަޒީރުންނަށް ނަތީޖާ ނުނެރުއްވޭ ވާހަކަ އާއި ކަންކަން ނުކުރެއްވޭ ވާހަކަ އެ ޕާޓީގެ މަޖިލިސް މެމްބަރުން ނުދައްކަވަ އެވެ. މުޅިން ވެސް ގޯސް ހައްދަވާ ކަމަށް ވިދާޅުވަނީ އެމްޑީޕީ ފިޔަވައި އެހެން ޕާޓީތަކަށް ނިސްބަތްވާ ވަޒީރުންނެވެ.

ރައްޔިތުންގެ މަޖިލީހުގައި ވަޒީރުންނަށް ކުރިމަތިކުރާ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ވަޑައިގަންނަވާ، އެމްޑީޕީ ފިޔަވައި އެހެން ޕާޓީތަކަށް ނިސްބަތްވެވަޑައިގަންނަވާ ބައެއް ވަޒީރުންނަށް މަޖިލީހުގެ ތަޅުމުގައި ވެސް ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީގެ މެމްބަރުންގެ ފަރާތުން އެކި ކަހަލަ ފާޑުވިދާޅުވުމާއި ރައްދު ދެއްވުން ފަދަ ކަންކަން މިހާރު ދަނީ އާންމުވަމުންނެވެ.

"އެމްޑީޕީ އެމްޕީން ގައުމަށް ހެޔޮ އެދެންޏާ 65 ގެ ބާރުން ސީއެސްސީ ރަނގަޅުކޮށް، ރައްޔިތުންނަށް އިޚުލާސްތެރި ޚިދުމަތް ދެއްވޭނެ ގޮތް ހަދާބަލަ،" ދީދީ

އެ ލިސްޓުގައި މިހާތަނަށް އުޅުއްވަނީ، މައުމޫންގެ ފަރާތްޕުޅުން ކެބިނެޓުގައި ތިއްބަވާ ތިން ވަޒީރުންގެ ތެރެއިން ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދާއި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަނާއި ހައުސިން މިނިސްޓަރު އާތިފާގެ އިތުރުން ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ވަޒީރުކަމަށް އައްޔަން ކުރައްވާފައިވާ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނެވެ.

މި ބޭފުޅުންގެ އިތުރުން، މަޖިލީހުގެ ބޭރުން ވެސް ބައެއް ވަޒީރުންގެ އިސްތިއުފާ އަށް އެމްޑީޕީގެ މަޖިލިސް މެމްބަރުން ދަނީ ގޮވައިލައްވަމުންނެވެ. އޭގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ވަޒީރުކަމަށް އައްޔަން ކުރައްވާފައިވާ ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާ އާއި ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހް ޖަމާލެވެ.

އެމްޑީޕީގެ މަޖިލިސް މެމްބަރުން މިހާރު އެންމެ އާންމުކޮށް ކުރައްވާ އެއް ކަމަކީ، އަންނަ އޭޕްރީލް ހަތަރެއްގައި ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ފަހު، އެއް އިރެއްގައި ވަރުގަދަ، ބަދަހި ކޯލިޝަން ކަމަށް ވިދާޅުވަމުން އައި ކޯލިޝަން ރޫޅާލާނެ ކަމުގެ އިންޒާރު ދެއްވުމެވެ.

ދީދީ އަކީ ވެސް "ލަނޑު" ލިބުނު ބޭފުޅެއް!

އެމްޑީޕީގެ ސްލޮޓް ފިޔަވައި، ކޯލިޝަންގެ އެހެން ޕާޓީތަކުގެ ފަރާތުން ވަޒީރުކަމަށް އައްޔަން ކުރައްވާފައިވާ ބޭފުޅުންގެ އިސްތިއުފާ އަށް ގޮވުމާ ދެކޮޅަށް ނުކުންނެވި ދީދީ އަކީ ވެސް އެމްޑީޕީގެ އެތެރޭގެ ކޯޅުމެއްގެ ތެރެއިން، މިދިޔަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ޕްރައިމަރީން ނާކާމިޔާބުވެ، ސިޔާސީ ކުރިމަގު ކޮންމެވެސް ވަރަކަށް ބަނަވެފައިވާ ބޭފުޅެކެވެ.

އޭނާ އަކީ އެމްޑީޕީ އަށް ވަރަށް އިޚުލާސްތެރި ބޭފުޅަކަށް ވިޔަސް، މިދިޔަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ހިތަދޫ މެދު ދާއިރާ އިން ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމުގެ ޕްރައިމަރީ ދީދީ އަށް ގެއްލުނީ އެ ޕްރައިމަރީއާ ދިމާކޮށް، އެ ޕާޓީއާ ގުޅިވަޑައިގެންނެވި، އައްޑޫގެ މަޝްހޫރު ވިޔަފާރިވެރިޔާ ޗެކްމާކް އަހުމަދު ރަޝީދުގެ އަތުން ސަލާމަތް ނުވެގެންނެވެ. އަހުމަދު ރަޝީދު، އެ ޕްރައިމަރީގައި ދީދީގެ މައްޗަށް ބޮޑު ކާމިޔާބެއް ހޯއްދެވީ، އެމްޑީޕީގެ ރައީސް ނަޝީދާއި އެ ޕާޓީގެ ލީޑާޝިޕްގެ މެމްބަރުންގެ ވަރަށް ބޮޑު އެހީތެރިކަމަކާ އެކު ކަމަށް އޭރު ތުހުމަތު ކުރި އެވެ.

އެ ޕްރައިމަރީއާ ދިމާކޮށް، އައްޑޫގައި ނަޝީދު ގާއިމްކުރެއްވި ޚާއްސަ އޮފީސް ވެސް ހުޅުވީ ހިތަދޫ މެދު ދާއިރާގެ މިހާރުގެ މެމްބަރު އަހުމަދު ރަޝީދުގެ ގޭގަ އެވެ.

73 ކޮމެންޓް, 69 ރިއެކްޝަންސް

icon happy icon happy 81%
icon sad icon sad 3%
icon angry icon angry 16%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޢައިމި

29 February 2020

ސޭޭޑްލީ ހަމަ ގިނަ ވަޒީރުނަށް ޒިންމާއެއް އަދާއެއް ނުޖުރެވޭ- އެހެންވީމަ އިސްތިއުފާދިނީމައެއްނު ރަގަޅުވާނީ

The name is already taken The name is available. Register?

ގަރުހިތި

01 March 2020

އެއްވެސް ކަމެއް ނުވަނީ އެމްޑީޕީ ވަޒީރުންނަށް

The name is already taken The name is available. Register?

ބައިސާ

29 February 2020

އެހެން ޕާޓީ ވަޒީރުން މަޖިލީހަށް ހާޒިރުކޮށްގެން ތާކުން ތާކު ނުޖެހޭ ވާހަކަ ދައްކާ އެމީހުން ފަޟީހަތް ކުރަން އުޅޭތީ ފިޔަވަޅު އަޅަންވީ ނަޝީދަށް. އޭރުން މި ގައުމު ހަމަ މަގަށް އެޅޭނެ.

The name is already taken The name is available. Register?

ޢަދުރޭ މަސީހު

29 February 2020

ޚކޮންލަނޑެއް އޭނާގެ ކޮއްކޮއަށާއި އެހެނިހެން ތިމާގެ މީހުނައް މިސަރުކާރުން ކޮންފަދަ ރަނގަޅު ވަޒީފާތޯ ދިނީ ..ދެން ޑީޑީ އަބަދު ޖެނެރަލަކަް ނުބެހެއްޓޭނެދޯ އަނގަތަލަނީ..މީނަމީ ކޮންތައުލީމެއް އުގެނިގެން އުޅޭމީހެއްބާ

The name is already taken The name is available. Register?

އެމްޑީޕީ އެކްޓިވިސްޓް "ހިލަ"

29 February 2020

އަނބިންނާ ދަރިންނާ މުނިކާފަ ދަރިންނެއްނޫން ކޯލިޝަން އެކޭ އިދިކޮޅުންބުނީމާ އެމްޑީީޕީ އަށް މާނަވީކީ. މިއީ ގާސިމް އާއި މައުމޫނުގެ އޮޅުވާލުމާއި މަކަރާ ހީލަތާ ދޮގުހެދުން. ދީ ދީ ގެ ދައްތަ އަކީ ވެސް ކުރިން ކަމެއް ނުކުރެވުނު މީހެއް. ދޮގާއި މަކަރު ހެދީ މިބުނި 2 މީހުން. ވީމާ އިންސާފު ބޭނުން.

The name is already taken The name is available. Register?

ޝާފީ ރ

29 February 2020

ބީރުބޮލު ވަޒީރު ދޭކަހަލަ ޖަވާބު ދިނަސް ދީ ދީ ބުނަނީ ކޯލިޝަން އުވާލައިގެން ނުވާނޭ މާތް ކަލާކޯ އޭ. ކޮންކަހަލަ ހަމަ އެއް ގެންގުޅޭ މީހެއް ތީ އަޅެފަހެ ؟؟؟؟؟؟

The name is already taken The name is available. Register?

މުބީނު މ

29 February 2020

ޒަހާ އާއި އަމީން ދިނީ "ބީރުބޮލު ވަޒީރު" ދޭކަހަލަ ޖަވާބު. މޫދަށް ގޮސް ބީރުބޮލުވަޒީރު ކައިރީގައި ހުރިމީހާ އަޑިޔަށްގޮސް އެރީ ކުކުޅު ބިހެއް ހިފައިގެންނެވެ. އެއަށްފަހު ބީރުބޮލުވަޒީރު ވެސް އަޑިއަށްދިޔައެވެ. މައްޗައް އެރުމަށްފަހު ކައްކަކާކޯ އޭގޮވުމަށްފަހު ތިމަންނާއަކީ ހާލެކޭ ، ހާލެއް ބިހެއް ނާޅާނެއޭ ބުންޏެވެ. އަހަރުމެންގެ ޖީބުން ލައްކަލައްކައިން މުސާރަ ނަގައިގެންތިބެ މިކަހަލަ ދެއުޅިއެއް ނުވާ ޖަވާބު ދެންޏާ ރުޅިގަަދަވާނެ. މިކަން ހުއްޓުވޭނެ އޮތީ އެއްގޮތް!

The name is already taken The name is available. Register?

ބައިސާ

29 February 2020

ހެލްތު މިނިސްޓަރު ބުނީ ހަމަ ވަރަށް ރަނގަޅު ވާހަކައެއް. ނަޝީދު ބުންޏަސް ބަލި މީހުން ބަލަން ނުފެށޭނެ ހޮސްޕިޓަލުގެ ވާޑުގައި ނޫނީ ފާހާނާގައި ނޫނީ ކެންޓީނުގައި. ވަޒީރުން ގެންގޮސްގެން މިފަދަ ތާކުންތާކު ނުޖެހޭ ވާހަކަ ދައްކާތި ފުރަތަމަ ފިޔަވަޅު އަޅަންވީ ނަޝީދަށް.

The name is already taken The name is available. Register?

ނަޒްލާ ޝާކިރު

29 February 2020

ބައިސާ އަށް. ތިރީގެ ކޮމެންޓް ތަކުގައިވާނެ ތި ސުވާލު ގެ ޖަވާބު.

The name is already taken The name is available. Register?

އަޒީޒު

01 March 2020

ތިހެން ކަމަށް ވާނަމަ އެ ޖަވާބަކީ ރައްދުގައި ވަރަށް ފުރިހަމަ ޖަވާބެއް. އެކަމަކު ދެބަން ދިހާނާ ވެފައި ތިބޭ ބަޔަކަށް އެ ވާގޮތެއް ނޭނގޭނެ.

The name is already taken The name is available. Register?

ހިޔަޅު

29 February 2020

މިގައުމުގަ އެބަހުއްޓޭ ހުރިހާ ކަމެއް ކުރެވޭ ވަރު މީހެއް. ޥިއްސުމާއި ކެއްކުމާއި ކަޓް ނެގުމާއި ގައުމު ވިއްކުމާ ދޮގު ހެދުމާ

The name is already taken The name is available. Register?

މާރނީ މުބީނު

29 February 2020

ފަސްމީރު ކުރި ރުކެއް އައްނި އަކީ. އޭނާ ހޯދި ބައިނަލް އަގްވާމީ އިނާމުތައް ވިކިޕީޑިއާ އިން ބަލާލާ. ހައިރާން ވެގެން ހޭނެތޭ ވަރުވާނެ. ތިޔަ ދައްކަނީ އެބޫޅޭ މިބޫޅޭ ވާހަކަ. ހަގީގީ ވާހަކަ އެހެރީ ވިކިޕީޑިއާ ގައި.

The name is already taken The name is available. Register?

ޖަވާޒާ

29 February 2020

އާނ އޭނާއަށް އިނގޭ ޒަހާ މެން ބޯބަޗަށް އުޅުނަސް. އޭނާއަށް އިނގޭ ލޭބަރ ރޫމް އަކީ ފިއުމިގޭޓް ކުރަންޖެހޭތަނެއްނޫންކަން ވެސް. ޑޮކްޓަރަކަށް ވުރެ މޮޅުވެއްޖެއެއްނު. އަމީނު އަކަށް އޮޅުވައެއްނުލެވުނެއްނު.

The name is already taken The name is available. Register?

ކުޑަކަތީބް

29 February 2020

ބާޒާރުމަތީ ދަމާކަނޑަން އުޅުނުމީހުން ގެނެސް މަޖިލިސް އަށް ވެއްދީމަ ވާނެގޮތްމީ - ނޯ ސަޕްރައިސް!

The name is already taken The name is available. Register?

މުބީނު މާރނީ

28 February 2020

(1) ދީ ދީ (2) މަައުމޫނު (3) ޖަމީލު (4) އުމަރު ނަސީރު (5) ދުންޔާ (6 ) މަވޯޓާ (7) އަދުރޭ މިމީސްމީހުން ހީކުރަނީ އަހަރެމެންނީ ވަރަށް ހިޔާލު ތަނަވަސް މީހުންނޭ. ވަޒީފާ އިން ވަކިވާން ގޮވާ ވަރުވެގެނޭ ވަޒީފާ އިން ވަކިވާށޭ ގޮވީ. ޒަހާ ވެސް ކުރަންވީ ކަންތައް ހާށަވިޔަނި ޖަަހާފަ ދިނީމަވެސް އެތައް މަހެއް ކޮށްފަ މަޖްލިހަށް އައިސް ބުނީ ލަފަޔަކަށް އެދިފަޔޯ ވީ. މިހާ ދުވަސްވާއިރު މައްސަލައިގެ މަތީގައި އިށީންދެގެން އިނީމާ ޒަހާ އަށް މުސާރަ ހަލާލު ވާނެ ތޯ ދީ ދީ ؟

The name is already taken The name is available. Register?

ނަޝްފާ

28 February 2020

އަމީނު ވެސް ބުނީ އެއްކޮޓަރިއެއްގައި 2 ޑޮކްޓަރުންނަކަށް ނުބެލޭނެއޭ. ޑޮކްޓަރުންގެ ޑިއުޓީ އަކީ ރޮސްޓަރ ބަހާ އެއްޗެއްކަން ހެލްތު މިނިސްޓަރަށް ނޭންގޭ ! މިވަރު މީހަކު ހަމަ ބަހައްޓަންވީތޯ ދީ ދީ ؟ މިވަރު މީހަކު ހެލްތު މިނިސްޓަރަށް ހުއްޓާ ކޮރޯނާ ވައިރަސް އައިސްފިނަމަ ރާއްޖޭގެ ހާލުގެދުލުން ގޮވާނީ އޭގެ ކުރިން އަމީން ވަކިކޮށް ކަން ވެވޭވަރު މީހަކާ ހަވާލު ނުކުރީ ކީއްވެހޭ ! ދީ ދީ ބުނަން، ކޮސް ނުގޮވާ މަޑުން ހުރެވޭތޯ ބަލާ ރާއްޖެ އަށް ގަސްތުގައި ގެއްލުން ނުދީ !!!

The name is already taken The name is available. Register?

ގަމާރުސޯ

28 February 2020

އޮޅުވާނުލާ. އަމީނު ބުނީ ތިހެން ނޫން. އަމީނު ބުނީ ވިއްސާ ކޮޓަރީގައި ބަލި މީހުން ނުބެލޭނެޔޭ، ސަބަބަކީ ބަލި މީހުން ބަލަން ޑަކްޓަރަކު ހުއްޓާ މީހަކު ވިއްސަން ޖެހިއްޖެ ހާލަތެއްގައި އެމަޖެންސީކޮށް ކޮޓަރި ހުސްނުކުރެވޭނެތީ. ނަޝީދު ހިސާބަށްވުރެ ގަމާރުވީމައެއްނޫންތަ ހެލްތު މިނިސްޓަރު ގާތު މި ބުނަނީ ވިއްސާ ކޮޓަރި ބަލި މީހުން ބަލާށޭ. އޭނާ ބުނީމަ ދެންވީ އައިސީޔޫގައިވެސް ބަލިމީހުން ބަލަން. ހޮސްޕިޓަލް ފާހާނާގައިވެސް ބަލި މީހުން ބަލަން. ހަމަ ގަމާރީ ގަމާރީ!

The name is already taken The name is available. Register?

ޖަވާޒާ

29 February 2020

"މާތް ﷲ އާއި ވަކީލު!" މިވަރުގެ މީހަކު ހެލްތު މިނިސްޓަރަކަށް ހުއްޓާ ކޮރޯނާ ވައިރަސް އައިސްފި ނަމަ.

The name is already taken The name is available. Register?

ޝައްފަ

29 February 2020

މަތީގައިވާ ގަމާރުސޯ އަށް. ވަކިވަކި ރަށްރަށުގައި މާގިނަ މާބަނޑު މީހުނެއްނޫޅޭނެ. އައްނި އަށް ޑޮކްތަރަކަށް ވުރެބޮޑަށް އިނގިގެން އެހެން އެބުނީ. ލޭބަރ ރޫމް ގައި މާބަނޑު ބަލިމީހުން ބެލޭނެ. އެއީ އޮޕަރޭޝަން ތިއޭޓަރ ހެން ފިއުމިގޭޓް ކޮށްފައި ނެތަސް އޯކޭ ތަނަކަށް ވާތީ. ނަމަވެސް އައްނި އިޝާރާތް ކުރެއްވީ އިށީންނާނެ ތަނަކަށް. އޭގެ މާނައަކީ އެއްކޮޓަރީ "ދުވަހު" ރޮސްޓަރ ހަދައިގެން 2 ޑޮކްޓަރުންނަށް ބޭނުން ކުރެވޭނެއޭ. ހަފްތާ އަކު 3 ދުވަހު އެއް ޑޮކްޓަރަކު.

The name is already taken The name is available. Register?

މާސްތަ

29 February 2020

އިމަރޖެންސީ ކޮން ކޮޓަރިހުސްކުރެވޭނެ ކަން ކުޑަކުއްޖަކަށްވެސް އިނގޭނެ. ކީއްވެ ހުސްނުކުރެވޭނީ ؟ 5 ބަލިމީހުންއެއްފަހަރާތަ ޑޮކްޓަރބަލަނީ؟ ޑޮކްޓަރުންބަލާނީ ފަހަރަކު ބަލިމީހެއް.

The name is already taken The name is available. Register?

falcon_autho

29 February 2020

ނަޝްފާއާއި ޝައްފަ ދުވަހަކުވެސް ވިއްސާ ކޮޓަރިއެއް ދުށިންތަ؟ތިމާވަރު މީހެއްނެތިގެން. ތިޔަހެން އަޗާތަޅަން މަގުމަތީ ހަޅޭއްލަވާ މީހުންނަށް ނޭނގޭނެ ކަންހިނގާގޮތެއް. ވިއްސާކޮޓަރީގައި ބަލިމީހުން ބަލާގޮތަށްހެދުމަށްވުރެ މާފަސޭހަވާނެ ފެންޑާގައި ގޮނޑިއެއް ބަހައްޓަކައިގެން ބެލުންވެސް. އެރަށުގައި މީހުން މާބަނޑު ނުވުމާއި ބަލިވާ މީހަކު ނެތުމަކީ އަމީނު ކުރާނޭ ކަމެއްނޫން. އަހަރަކު10 މީހުންވެސް ޑޮކްޓަރަށް ނުދައްކާ ރަށްރަށުގައި ޞިއްހީމަރުކަޒު ހުންނަންޖެހޭތޯ އެހިނމަ

The name is already taken The name is available. Register?

ބޮއެ ހަލާކު

28 February 2020

ނުރުހުން ވާނެކަމެއްނެތް. ރައްޔިތުންނަށް ވައުދުވީ ކަންކަން ކުލަ ނުވަންޏާ އިސްތިއުފާޔަށް ގޮވާނެ. މިކަން ކަން ހަޖަމު ނުވަންޏާ ސިޔާސީ މަންޒަރުން އެއްފަރާތްވެލީމަ ނިމުނީ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454