އެމްޕީއެލްގެ ވެރިންގެ މުސާރައިން 20 ޕަސެންޓު އުނިކުރަން ނިންމައިފި

ރާއްޖެ އަށް ވެސް ކޮރޯނާވައިރަސް ފެތުރި، އިގުތިސޯދީ ގެއްލުން ކުޑަކުރުމަށް ސަރުކާރާއި ކުންފުނިތަކުން އަޅަމުން އަންނަ ފިޔަވަޅުތަކުގެ ތެރެއިން، އެމްޕީއެލްގެ އިސްވެރިންގެ މުސާރައިން 20 ޕަސެންޓު އުނިކުރަން މިއަދު ނިންމައިފި އެވެ.


އެ ކުންފުނިން ބުނީ، ބޯޑުގެ މެމްބަރުންނާއި ސީނިއާ އެގްޒެކެޓިވްސް އަދި ޑިޕާޓްމަންޓުތަކުގެ އެންމެ އިސްވެރިންގެ މުސާރަ އިން 20 ޕަސެންޓު އުނިކުރަން ކަނޑައަޅާފައިވާ ކަމަށެވެ. އެކަމަކު، އެމްޕީއެލް އިން ބުނީ އެ ކުންފުނީގެ ޖޫނިއާ މުވައްޒަފުންނަށް އެ އުސޫލު ނުހިނގާނެ ކަމަށެވެ.

އެމްޕީއެލް އިން މި ފިޔަވަޅު އެޅީ ކޮރޯނާވައިރަސް ފެތުރުން ހުއްޓި، ސަރުކާރުން މިހާރު އިއުލާން ކޮށްފައިވާ ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު ނިމުމަކާ ހަމައަށް ދިއުމާ ހިސާބަށެވެ.

"މި އުނދަގޫ ދަނޑިވަޅުގައި ކުންފުނީގެ އޮޕަރޭޝަންތަކުގެ ޚަރަދު ކުޑަކޮށްގެން ނަމަވެސް އަޅުގަނޑުމެންގެ ޚިދުމަތް ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ވިޔަފާރިވެރިންނަށް ދެމެވެ،" ރާއްޖޭގެ ވިޔަފާރި ބަނދަރު ހިންގާ ކުންފުނިން ބުންޏެވެ.

ކޮވިޑާ ގުޅިގެން، ސިޔާސީ މަގާމުތަކުގެ މުސާރައިގެ 20 ޕަސެންޓު އުނިކުރުމަށް ވެސް ކެބިނެޓުން އިއްޔެ ވަނީ ނިންމައިފަ އެވެ. އަދި ދައުލަތުން ކުރާ ޚަރަދުތަކުން އެއް ބިލިއަން ރުފިޔާ ދަށް ކުރަން ވެސް ކެބިނެޓުން ނިންމި އެވެ.

ރާއްޖެ އަށް ވެސް ކޮރޯނާވައިރަސް ފެތުރުމާ ގުޅިގެން އިގްތިސޯދަށް ވަރަށް ބޮޑު އަސަރެއް ކުރާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފަ އެވެ. އަދި ރާއްޖެ އަށް ލިބޭ އާމްދަނީން 135 (2.5 ބިލިއަން ރުފިޔާ އާއި 446 މިލިއަން ޑޮލަރު (6.9 ބިލިއަން ރުފިޔާ) މަދުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވެފައި ވެ އެވެ.

ރާއްޖެ އިން މިހާތަނަށް ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ 13 މީހަކު ފެނިފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ޓޫރިސްޓުން/ބިދޭސީންނެވެ. އެ 13 މީހުންގެ ތެރެއިން 11 ދެ މީހުންނަކީ ކުރެއްދޫ އައިލެންޑް ރިސޯޓުގެ ބިދޭސީ ދެ މުވައްޒަފެކެވެ. އެ މީހުން ނިސްބަތް ވަނީ އިޓަލީ އާއި އިނގިރޭސި ވިލާތާއި ޖަރުމަނާއި ތުރުކީ އާއި ސައުތު އެފްރިކާ އެވެ.