ހއ. އިހަވަންދޫ ބަނދަރުމަތީގައި ހުރި ޖޯލިފައްޗެއްގައި ބަޔަކު މަޑުކޮށްލައިގެން: މަހަށް ދިޔަ އެ ރަށު ފިރިހެނަކު މަރުވި ކަމަށް އެ އިހަވަންދޫ ސިއްހީ މަރުކަޒުން ބުނި -- ފޮޓޯ: އަބްދުﷲ އައުރާފް/މިހާރު
18 މާޗް 2020 - 14:45
ހއ. އިހަވަންދޫ ހިމެނޭ ސަރަހައްދަށް މަހަށް ނުކުމެ އުޅުނު މީހަކު މިއަދު މަރުވެއްޖެ އެވެ.
އެ ރަށު ސިއްހީ މަރުކަޒުގެ ސީނިއާ އެޑްމިނިސްޓްރޭޓަރު މުހައްމަދު އަކުރަމް ވިދާޅުވީ، އުމުރުން 51 އަހަރުގެ އެ ފިރިހެންމީހާ ސިއްހީ މަރުކަޒަށް ގެންދިޔައީ މެންދުރު 12:50 ހާއިރު ކަމަށެވެ. ނަމަވެސް އެ މީހާ މަރުވީ ސިއްހީ މަރުކަޒަށް ގެންދިޔަ ފަހުން ކަމެއް ނުވަތަ އޭގެ ކުރިން ކަމެއް އަދި ސާފެއް ނުވެ އެވެ.
މަރުވީ "އެންޓްރިކް 3" ކިޔާ ކަންނެލި މަސް ދޯންޏެއްގައި މަސައްކަތް ކުރާ ފިރިހެނެކެވެ.
އެ މީހާ ސިއްހީ މަރުކަޒަށް ގެންދިޔައީ މެއަށް ތަދެއް އަރައިގެން ކަމަށް "މިހާރު" އާ ވާހަކަ ދެއްކި އިހަވަންދޫ މީހަކު ބުންޏެވެ.
މި ހާދިސާއާ ގުޅޭ އިތުރު މައުލޫމާތެއް ނުލިބެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޭނާ
18 March 2020
"ނަމަވެސް އެ މީހާ މަރުވީ ސިއްހީ މަރުކަޒަށް ގެންދިޔަ ފަހުން ކަމެއް ނުވަތަ އޭގެ ކުރިން ކަމެއް އަދި ސާފެއް ނުވެ އެވެ." ރަށްރަށުގެ ހާލަތު ކިހިނެއްބާ ހުންނަނީ މިގޮތަށް ގެނެވޭ ޕޭޝަންޓުން ސްޓެބިލައިޒް ކުރެވޭވަރަށް ސާމާނު ހުރޭބާ އަދި އެއާއެކު އިތުރު ފަރުވާ ބޭނުންވާނަމަ ދަތުރުކުރަން ސީއެމްބިއުލާންސުން ރަށުގައި ހުރޭތަ.ބވަރަށް ގިނަފަހަރު ގެންދާ މަގުމަތީގަ ފުރާނަ ހުއްޓަސް ހޮސްޕިޓަލްތެރޭން ރިވައިވު ނުވެދަނީ. ސާމާންތަށް ނުވަތަ މޭންޕަވާގެ އުނިކަމަކުންތަ؟
ހެޔޮ ދުޢާ
18 March 2020
އިންނާ ލިﷲ ވައިންނާ އިލައިހި ރާޖިޢޫނު.