ނިއު ޕޯޓް ވިއު: އެތަނަށް ސަރުކާރުން ވަދެ އިއްޔެ ވަނީ ބަންދު ކޮށްފައި -- ފޮޓޯ/މިހާރު
27 މާޗް 2020 - 11:36
ނިއު ޕޯޓް ވިއު ހިންގި އިމާރާތަށް ޕްލޭނިން މިނިސްޓްރީން ވަދެ، އެތަން އިއްޔެ ބަންދުކޮށްފި އެވެ.
ނިއު ޕޯޓް ވިއު ހިންގި ބިމުގެ ކުލީގެ މައްސަލައިގައި ސަރުކާރުން މިދިޔަ އަހަރު ވަނީ އެ ތަނުގެ އެއްބަސްވުން ބާތިލްކޮށްފަ އެވެ. އަދި ކުލީގެ ގޮތުގައި 1.1 މިލިއަން ރުފިޔާ ދެއްކުމަށާއި އެ ތަން ސަރުކާރާ ހަވާލުކުރަން މިދިޔަ އަހަރު ސިވިލް ކޯޓުން ވެސް ވަނީ ހުކުމްކޮށްފަ އެވެ. އެކަމަކު އެ މައްސަލަ ނިއު ޕޯޓް ހިންގާ ސްޓްރާޑާ ކުންފުނިން މިހާރު އޮތީ ހައި ކޯޓުގައި އިސްތިއުނާފް ކޮށްފަ އެވެ.
ޕްލޭނިން މިނިސްޓްރީގެ މުވައްޒަފުންތަކެއް ވަދެ، ނިއު ޕޯޓުގައި ތަޅު އެޅުވި މައްސަލައިގައި، ސްޓްރާޑާ ކުންފުނިން ނެރުނު ބަޔާނެއްގައި ވަނީ އިސްތިއުނާފް މަރުހަލާގައި އެ މައްސަލަ އޮއްވައި އެ ކަމަށް ބެލުމެއް ނެތިި، ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީންގެ ބެލުމުގެ ދަށުން 10 ވަރަކަށް މީހުން ނިއު ޕޯޓަށް ވަދެގަނެފައިވާ ކަމަށެވެ. އަދި ތަޅު ހަލާކު ކޮށްލައިގެން އެ ތަނަށް ވަދެ، ފޮޓޯ ނަގައި، ތަނުގައި ފިލާ ޖެހުމަށް ފަހު މިހާރު ބަންދު ކޮށްފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ.
PRESS RELEASE
— Xahid Creator (@xahidcreator) March 26, 2020
Amidst the #Covid19 pandemic, the government sent people to shut down our family business today, risking the safety of government employees & my staff. @DhiyaresNews @Mihaarunews @VaguthuOnline @sunbrk @avasmv @sukunplay @1onlinemv @Ch13official @cnm_mv @raajjemv pic.twitter.com/3GZcCTsrbl
ނިއު ޕޯޓު ހިންގާ ސްޓްރާޑާ ކުންފުނީގެ ބަޔާން
އެ ބަޔާނުގައިވަނީ އެތަނަށް އެ މީހުން ވަނީ ފުލުހުންގެ ހާޒިރުގައި ކަމަށާއި އެކަމަކު އެތަނަށް ވަނުމުގެ އެއްވެސް ކޯޓު އަމުރެއް ނެތް ކަމަށާއި އަދި އެތަނަށް ވަންނާނެ ކަން ސަރުކާރުގެ އިދާރާއަކުން ވެސް އެ ކުންފުނިންޏަށް ކުރިން އަންގާފައި ނުވާ ކަމަށް އެ ބަޔާނުގައިވެ އެވެ. އަދި ސަރުކާރު ބަންދު ކޮށްފައިވާ ދުވަސްވަރެއްގައި ކުލަ ހެދުމުގައި ތިބި ބަޔަކު އެގޮތަށް އަމަލުކުރި މައްސަލަ ފުލުހަށް ހުށަހަޅާފައިވާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
ސްޓްރާޑާ ކުންފުނިން ބުނީ، ކޮވިޑް-19 އާ ގުޅިގެން ގައުމު ނާޒުކު ފައްތަރެއްގައި އޮތް މި ދަނޑިވަޅުގައި، ސަރުކާރުގެ މުވައްޒަފުން ނެރެގެން އެ ގޮތަށް އަމަލުކުރީ އިންސާފުގެ ބޭރުން އެ ކުންފުންޏަށް މެސެޖެއް ދިނުމުގެ ނިޔަތުގައި ކަމަށެވެ. އަދި އެ ތަން ބަންދުކުރި މައްސަލަ ފުލުހުންގެ އިތުރުން ހައި ކޯޓުގެ ސަމާލު ކަމަށް ގެނެސްފައިވާނެ ކަމަށާއި އެ ތަނުގައި ހުރި އެ ކުންފުނީގެ ތަކެއްޗަށް ލިބޭ ގެއްލުމަށް ދައުލަތުން ޒިންމާވާން ޖެހޭނެ ކަމަށް ވެސް ބަޔާނުގައިވެ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2016 ވަނަ އަހަރު އެ ބިން ސްޓްރާޑާ ކުންފުންޏަށް ދޫކުރީ ބްރިޖް އަޅާ މަންޒަރު ބަލާ ޕްލެޓް ފޯމެއް ތައްޔާރުކޮށް، އަދި އެ ސަރަހައްދުގައި ރެސްޓޯރެންޓަކާއި ފުޓްސަލް ދަނޑެއް ތަރައްގީ ކުރުމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލަބީބު
27 March 2020
ކުލި ނުދައްކާ ތަންހިފައިގެން ނުތިބެވޭނެ. ކޯޓުންވެސް އެއޮތީ ހުކުމްކޮށްފައި. އަދިވެސް ގޯސް މިވީ ތަނަށް ވަނީމަ ވަން މީހުންދޯ؟
ދަރަނިބޯ
27 March 2020
މާކުރިންވެސް ކުރަންވީކަމެއްތީ ޕާޓީމީހުންނަށް ކޮރަޕްޝަނާއެކު ދީފާހުރިއެއްވެސް ތަނެއް ކަމެއް މިސަރުކާރަކަށްްވެސް ނުކުރެވޭ އަޖައިބުވާކަމެއް މީ ކުލިނުދެއްކިޔަސް މިމީހުންވީމާ އޯކޭ
ހަންބޭ
27 March 2020
މިހާރުން މިހާރަށް ތަން ހުސް ކުރޭ. ދުވަހެއްގެ ކޮޅުން ވެސް މިތަނުގަ އިމާރާތެއް ނާޅާ ހުސްކޮށް ބާއްވަން ކެންޕޭނު ތެރޭ ސިޓީ ކައުންސިލުން ކިޔާފަ ކީއްމިވީ. ރެސްޓޯރަންޓު ހިންގަން ޢެހެން މީހުންހެން ތަންތަށް ކުއްޔަށް ހިފާ. މީހުން ހިއްހަމަ ޖައްސާލަން ދާން ހުންނަ ޕާކު ފޭރިނުގަނެވޭނެ.
އައްޑޫ މީހާ
27 March 2020
އަސްލަމްބޭ އަށްވެސް އަމިއްލަ މަސްލަހަތު އޮންނަތަނަކާ ޖެހުނީމަ ކަރުން ނާރު ފުއްޕާވަރަށް އިންސާފޭ ކަރުގޮހޮރޭ ގޮވާކަށް ނުކެރުންދޯ. ހެހެހެ މީވާވަރަކީ ކަމަކާ ޖެހުނީމަ
ދޫދީ
27 March 2020
ޒާޓުއެވެ! އާރާއި ބާރުއޮތް އިރު ތިމާ މީހާ ބޮޑާވެ، ބިންމަތީގައި ބޮޑާވެގަނެގެން، ދެއަތް ފުޅާކޮށް ތިމަންނާ ނޫން މީހަކަށް ކަމެއް ނުކުރެވޭނެކަމަށް ހީކޮށް ރަށުތެރޭގައި ހިނގާ، އެހެން މީހުންނަށް މައްލަވަކޮށް، ވައްތަރު ޖައްސާ، ވައްވައް ޖެހި ދުވަސް މިއަދު ހަނދާނަށް ގެންނާށެވެ. މިއަދު ޒާޓު ތިޔަހުރީ ނިކަމެތި ހާލުގައެވެ. ދެން ކެތްކުރުން ނޫން ގޮތެއްނެތެވެ. ވަގުތީ އަމުރު ކޯޓުން ނެރިގެން ސަލަމަތެއްނެތެވެ. ތިތަންތަން އަތުލެވޭނެއެވެ. އެކަމާ ދެރަވިޔަސް ހެވޭ
ޒޫނީ
27 March 2020
ތިމާވެއްޓާ ބެހޭ ޤާނޫނުގަިއ އޮންނާ މޫދުން ފެށިގެން 20 ފޫޓު ނުދެވޭނޭ ކުއްޔަކަށް. އެއޮތީ އެތަން ދީފައި. އެތަނުން ނެރެ އެއްލާލާ. ނިއުޕޯޓް ކޯޓަށް ހިނގައިދާނެއްނު. ސިޓީ ފޮނުވާ އެގާނޫނާ ހަވާލާދީ.
ނަސީމާ
27 March 2020
އެތަން ނަގާ. އެމަގުން ދާއިރު ނިއުޕޯޓް ފެނުމުން ވާފޫއްސެއްނުވެސްއެނގޭ. އެހެންޏާފަހެ އެއޮށްރީތި ލޮނުޒިޔާރަތްކޮޅު ބަޔަކު ކެފޭހިންގަން ބޮޑު ކަޅު އިމާރާތެއް. ހުސްކުރޭ
ޒާހިދު ފުރެންޑު
27 March 2020
ޒާހިދޫ. ދެން މައިތިރިވެގެން ފިއްތާލައިގެން ހުންނަން ދަސްކުރޭ.
އޯލްޑުޕޯޓު
27 March 2020
ތިކަންކުރުން މާބޮޑަށްވެސް ލަސްވެއްޖެ. ފުރާޅުން ޓިނުނަގައިގެންވަދެ ތަކެތިބޭރުނުކުރިކަން ނަސީބެއްނު
ޕޫބެއަރ
27 March 2020
ތިތަނާ ޖެހިގެން އޮތް ފުޓްސެލް ދަނޑު އެލިބުނު ބަޔަކަށް އެލިބުނު އުސޫލެއްވެސް ޒީރޯ ޓޮލަރެންސްގެ ދަށުން ބަލާލަދެއްވާ