ދޯންޏެއް ވަގަށް ނެގި ހަތަރު މީހުން ހައްޔަރުކޮށްފި

ރ. އުނގޫފާރު ފަޅުގައި އޮތް ދޯންޏެއް ބަޔަކު ވަގަށް ނެގި މައްސަލައަކާ ގުޅިގެން ހަތަރު ދިވެހިން މިއަދު ހައްޔަރު ކޮށްފި އެވެ.


މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ ރޭ ދަންވަރު 12:00 ޖަހާކަންހާ އިރު ކަމަށް ފުލުހުންގެ އިދާރާ އިން ބުންޏެވެ. މިކަމާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ 18 އަހަރުގެ ދެ ޒުވާނުންނާއި 28 އަހަރުގެ ފިރިހެނަކާއި 29 އަހަރުގެ ފިރިހެނެކެވެ.

އުނގޫފާރު ފަޅުގައި އޮތް އެ ދޯނި، އެ އަތޮޅު މާކުރަތަށް އެ މީހުން ގެންދިޔައީ އެ ދޯނީގެ ވެރިފަރާތަށް ނާންގަ އެވެ.

މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް އެ ފުލުހުން ބުންޏެވެ.