08 މެއި 2020 - 00:41
ކޮންމެހެން ފޮނުވަން ޖެހިގެން ނޫނީ މި ދުވަސްވަރު ގޭގެއަށް ތަށިބަރި ފޮނުވުން ހުއްޓާލަން އެޗްޕީއޭއިން އިލްތިމާސްކޮށްފި އެވެ.
ކޮވިޑް-19އާ ގުޅިގެން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާން މަބްރޫކް އަޒީޒާއި ޑރ. އިބްރާހިމް އަފްޒަލް ވެސް ވަނީ މިކަމުގެ ނުރައްކާތެރިކަން ފާހަގަކުރައްވައި އެކަން ނުކުރުމަށް ގޮވާލައްވައިފަ އެވެ.
ޑރ. އަފްޒަލް ވިދާޅުވީ މިހާރު އޮތް ހާލަތަށް ބަލާއިރު، ގޭގޭގައި ބަލި ޖެހިފައި ހުރި މީހަކު ހުއްޓަސް ނޭނގޭނެ ކަމަށެވެ. އެމީހާގެ ފުށުން ގޭގައި ތިބި މީހުންނަށް ބަލި ޖެހޭނެ ކަމަށާއި އެއީ ހުއްޓުވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.
އެހެންނަމަވެސް، އެއް ގެއިން އަނެއް ގެއަށް އެ ބަލި ދިޔުން ހުއްޓުވިދާނެ ކަމަށާއި އެއް ގެއިން އަނެއް ގެޔަށް ދިއުން ހުއްޓާލަފައިވާ ގޮތަށް ކޮންމެހެން ފޮނުވަން ޖެހިއްޖެ ހާލަތެއްގައި ނޫނީ ތަށިބަރު ބަދަލު ނުކުރުމަށް އިލްތިމާސްކުރެއްވި އެވެ.
ތަށި ބަރި ފޮނުވާ ނަމަ ވެސް އެއާ މެދު އަމަލު ކުރާނީ ހަމަ ބޭރުން ގެންނަ އެހެން އެއްޗިއްސާ މެދު ވެސް އަމަލު ކުރާ ގޮތަށް ކަމަށް ޑރ. އަފްޒަލް ވިދާޅުވި އެވެ. އެގޮތުން ދޮވެވޭ އެއްޗެއް ނަމަ ބޭރު ރަނގަޅަށް ދޮވުން އަދި ކޮންޓެއިނާއެއް ނަމަ އަމިއްލަ ގޭގައި ބޭނުންކުރާ ތައްޓަކަށް ބަދަލުކޮށް އެ ކޮންޓެއިނާއެއް އަވަހަށް އެއްލާލުމަށް ޑރ. އަފްޒަލް އިލްތިމާސް ކުރެއްވި އެވެ.
"އަޅުގަނޑުމެންނަކަށް ނޭނގޭނެ ހަގީގަތުގައި ހާއްސަކޮށް އެ ސިމްޓޮމެޓިކް މީހުން އެހާ ގިނައިން ތިބޭއިރު ގޭގައި ބަލި މީހަކު އުޅޭ ކަމެއް، އޭނާގެ ގޭގެ މީހުންނަށް ބަލި ޖެހުމަކީ އޭނާއަކަށް ހުއްޓުވޭނެ ކަމެއް ނޫން، އެހެންނަމަވެސް އެއް ގެއިން އަނެއް ގެއަށް ތަށިބަރި އެއްޗެހި ފޯރުކޮށްދިނުމުގެ ކަންތައް ކުރިއަށް ގެންދާނަމަ އެއް ގެއިން އަނެއް ގެއަށް ބަލި ދިއުމުގެ ފުރުސަތު އިތުރުވެގެންދާނެ،" ޑރ. އަފްޒަލް ވިދާޅުވި އެވެ.
މިކަމާ ގުޅިގެން މަބްރޫކް ވިދާޅުވީ ރަމަޟާން މަސް ކަމުން ދިވެހިންގެ އާދަކާދައިގެ ތެރެއިން ގޭގެއަށް ތަށިބަރި ފޮނުވާތަން އަދިވެސް ފެންނަމުންދާ ކަމަށެވެ. އެހެންނަމަވެސް ތަށިބަރި ފޮނުވާއިރު އޭގެ ޒަރިއްޔާއިން ވެސް ވައިރަސް ދަތުރުކުރާނެ ކަން ގަބޫލްކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ. އޭރުން ހަމަ މީހާ ގޭގެއަށް ދިއުމެކޭ އެއްފަދަ ވީ ކަމަށާއި އެހެންވީމާ އެކަން ކުރުން ހުއްޓާލަން ޖެހޭ ކަމަށް ވިދާޅުވި އެވެ.
މާލެއިން ކޮވިޑް-19ގެ ފުރަތަމަ ކޭސް ފެނުމާ އެކު މުޅި މާލެ ލޮކްޑައުންކޮށްފައި ވާއިރު، ވިޔަފާރި ބޭނުމަށާއި މި ނޫން ވެސް ކަންކަމުގައި ދޫކޮށްފައިވާ ވަކި ހާއްސަ ފާސްތަކަކަށް ވަކި ވަގުތެއްގައި ނޫނީ ބޭރަށް ނިކުމެ އުޅުން ވަނީ މަނާކޮށްފަ އެވެ.
ކޮވިޑް-19 ޖެހިގެން ރާއްޖެއިން މިހާރު ތިން މީހުން މަރުވެފައިވާއިރު، 648 މީހުން ގައިން މިބަލި ވަނީ ފެނިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮނަރަބްލް އަފީފު ދީދީ
08 May 2020
ޕިޒާ ފަދަ ކާބީތަކެތި ޑެލިވެރީ ކުރާ ތަންތަން ނުހުއްޓުވާ "އާއިލީ ތަށިބަރި" ހުއްޓުވަންޖެހެނީ ކީއްވެ؟ # ޙަޤީގަތުގައި ރައްޖާތެރިކަމުގެ ގޮތުންބަލާއިރު މާލެތެރޭގެ އެތައްމިތަނުގައި ތައްޔާރު ކުރާ ކާބޯތަކެއްޗަށްވުރެން ތަށިބަރި ރަނގަޅުވާނެ. # ބިދޭސިންނަށް ކާންދިނުމުގެ ނަމުގައި ފައިސާއާއި ތަކެތި ހޯދައިގެން ކާބޯތަކެތި ތައްޔާރުކޮށް ޕާރްސެލް ބަހަމުންދާ ފަރާތްތަކުން ބަހާ ޕެކެޖް ތަކުގެ ރައްކާތެރިކަންއޮތީ ކިހިނެއްބާ؟
ީމުހިމު
08 May 2020
މާލޭގައަމިއްލަ ރަށް ދޫކޮއްލާފަ ގޮސްތިތިބީ ލާރި ގިނައިން ލިބޭތީ ދޯ އެހެންވީމަ ތަށިބަރި ނުގެނެސް ގޭގަ ކައްކައިގެން ކެވޭނެ
ވަންވޭ
08 May 2020
ހަމަ އެންމެ ގޮތެއް އޮންނާނީ ވައިރަސް އިން ސަލާމަތްވާން. އެއީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު މާތްﷲ އަށް ދުއާ ދަންނަވައި ވައިރަސްގެ ނުރައްކާ ހުރި ކޮންމެ އެއްޗަކުން ސަލާމަތްކޮށްދެއްވުމަށް އެދި އަބަދު ދެންނެވުން. ވައިރަސް ސްކޭންކުރެވޭނެ ފަދަ އާލާތެއް އަދި ނެތް. ކޮންމެ އެއްޗަކާ ދިމާކޮށްލާފަ އޭގަ ވައިރަސް ހުރިތޯ ބަލައިލެވޭނެފަދަ ގޮތެއް ނެތް. ވައިރަސް ހިއްޕާލާ ހުރިހާ އެއްޗެއްގައި އެ ދެމި ހުންނަ ވަގުތު ނުހޯދޭ އެއްޗެހި ގިނައީ.
ޙުސާމް
08 May 2020
އަފްޒަލް. މިހާރު ތިބޭފުޅުނައްވެސް ނޭގޭހެން ހީވަނީ މިފެތުރޭގޮތް.
ވަނޮޅު
08 May 2020
މާލޭ މީހުންވެސް ހާދަ ހޭލުންތެރި ނޫނޭ ދެއްކުންތެރި ބަޔަކު އުޅޭ ރަށެއް
ޙައި666
08 May 2020
ހުރިހާކަމެއް ފުރިހަމަވެފައި ތިބި ބަޔަކަށް ނޭނގޭނެ އެހެން ބަޔަކު އުޅޭ ހާލެއް. މިދައްކަނީ ހެލްތް ޕްރޮފެޝަނަލްސްގެ ވާހަކައެއް ނޫން. މިކަހަލަ ވާހަކަތައް ދައްކާ އިންސެންސިޓިވް މީހުންގެ ވާހަކަ. ގޭގެއިން ނޫނީ މަސައްކަތްކުރާ ތަނަކުން ކެއުމުގެ އިންތިޒާމް ހަމަޖެހިފަތިބި މީހުނަށް ހީވާނެ އެހެން މީހުން އެކަންކުރަނީ މަޖަލަކަށްހެން. އެކަންކުރަން ބޭރަށްދާތީވެސް ގަންނަ ބިރު އިނގޭނީ އެބަޔަކަށް. ގޮތެއް ނެތިފަ ތިބި މީހުން އިތުރަށް ހޯޕްލެސް ތިކޮށްލަނީ.
އާދަމް ބާއީ
08 May 2020
ތެލީގެ ފޫކަހާއަޑު އިވުނީމާ ކިހިނެތްތޯ ތަށިބަރި ނުފޮނުވާ ހުންނަނީ؟
ސޮރީ ވެރީ ސޮރީ
08 May 2020
އެއަޑު ނާހާނީ. ޢެއީ މިވަގުތަށް އޮތްގޮތަކީ
ހަސަދު
08 May 2020
ތަށިބަރި ފޮނުވުމެއްނޫން ހުއްޓުވަންވީ. ތަށިބަރި ރައްކާތެރި ކުރެވޭނެ ގޮތެއް ކިޔާދޭންވީ. އެކަނި އުޅޭ މީހުން ތަށިބަރި ނުގެނެސް ނޫޅެވޭނެ.
މާއެނގޭ
08 May 2020
އެއްމަސްދުވަހަށް ބޭނުން ވާވަރަށް ބާޒާރު ކޮށްގެން ގޭގައި ތިބެވޭނެ......އަސްލު ތައްޔާރުކުރި ކާއެއްޗެހި އޯޑަރު ކުރުން ހުއްޓާލަންވީ...... މިހާރު ބައެއް ގޭގައި ކައްކާ އުނދުން ވެސް ނުހުރޭ..... ދެން ކިހިނެއް ކޮންމެ ދުވަހަކު ދެތިން ފަހަރު ޑެލިވަރީ ނުކޮށް ތިބެވޭނީ.... ތިބުނާ ތަށިބަރި އެކޭ ތައްޔާރު ކުރި ކާއެއްޗެހި ޑެލިވަރީ އެކޭ އެއްގޮތް.....
ޞަހގތ3
08 May 2020
އެގްޒެކްޓްލީ. މިވަރަށް ރަނގަޅަށް ވިސްނާފަ ބުނި އެއްޗެއް ކަންނޭގެ. ތަށިބަރި ނުގެނެސް ޑެލިވަރީތަކުން އެއްޗެހި ގެނެސްގެން ކެވޭ ހާލަތަކު ނޫން ބައެއް މީހުން ތިބީކީ. އަދި އޭގެ ސޭފްޓީ އެންޝުއަރކުރެވޭނެ ގޮތެއް ނެތް. ގައިމުވެސް ތަށިބަރި ގެންނަ ގޭގޭގަ އުޅޭ މީހުން ބަލިނުވަންޏާ އެކަން ޔަޤީން އެބަވޭ. އެހެންވީމަ ބުނުއްވާ ރިލައިބަލް ގޮތަކީ ކޮބައިކަން. ހިތާމަޔަކީ މިކަމަށް ހުއްދަދޭ މީހުނާ މިކަން ރިޕޯޓްމިކުރާ މީހުން މޮޅުވާހަކައަކަށް ހަދައިގެން ދައްކާކަން.
ދަންނަ ނުދަންނަ
08 May 2020
ޑެލިވަރީ ބޭރުގައި ބަހައްޓަން ބުނެފި. ތަށިބަރި ނުގެންނަން ބުނެފި. ނޫސް ކޮންފަރެންސަށް އަރާ ޑޮކްޓަރުންގެ ބޮލަށް ބޭސްކޮށްދޭން އެބަޖެހޭ. ދަންނަވަންތޯ. ބައެއް މީހުން އުޅޭ ތަނުގައި ކައްކައި ކެވެން ނުހުރޭ. ގެންނަ އެއްޗެހި ބަހައްޓާނެ ތަނެއް ނުހުރޭ. މިހާލުގައި އުޅޭ މީހުން ތަށިބަރި ނުގެނެސް، ޑެލިވަރީއަށް ގެންނަ ތަކެތި ކޮޓަރިއަށް ނުވައްދައި ނުކައިނުބޮއި ގޭބަންދުވެފައި ތިބެގެން ބަޑަށް މަރުވާންވީތޯ.
ހެޔޮއެދޭމީހާ
08 May 2020
ކޮންމެހެން ފޮނުވަން ޖެހިގެން ނޫނީ މި ދުވަސްވަރު ގޭގެއަށް ތަށިބަރި ފޮނުވުން ހުއްޓާލަން އެޗްޕީއޭއިން އިލްތިމާސްކޮށްފި އެވެ.އެބޭފުޅުންވެސް ނުބުނެއެއް ނޫންތޯ ގޭގަ ކެއްކޭނެ ގޮތެއް ނެތްމީހުން ތަށިބަރި ނުގެންނާށެކޭ،
ބަސް އަހާނަން
08 May 2020
ތިކަންވެސް ހުއްޓާލާނަން. އެކަންވެސް ހުއްޓާލާނަން. މިތިބީ ހަމަ ބަސްއަހައިގެން ގޭގައި. އެކަމަކު ކީއްތޯ މި ގައުމު ކުރާނީ. މީފާލުން ނެއްޓިފައި އޮތްގައުމެއް. މިކަމުން ސަލާމަތްވެވޭ ގޮތަކަށްނޫން މިގައުމުގެ ކަންތައްހުރީއަކީ. މިގައުމަށް އެތެރެވެފައި ތިބިއަކީ މިގައުމަށް ކަތާވަރަކަށް ނޫން. ދެރަކަމެއްދޯ!
ޝާޑު
08 May 2020
ނުކަތާވަރޭ ބުނާކަށް އަދި ގާތްވެސްނުވޭ. ކުރިން ރައީސްމީހާ ބުނި އަދިވެސް އިތުރު ބިދޭސީން މިގައުމަށް އެބަބޭނުންވެޔޯ. ދެން ކީކޭ ބުނާނީ.