ޕީޕީއެމްގެ ކައުންސިލް ބައްދަލުވުން މިއަދު ކުރިއަށް ދަނީ -- ފޮޓޯ: މިހާރު
16 އޮކްޓޯބަރ 2016 - 14:05
ޕީޕީއެމްގެ ކުއްލި ކައުންސިލް ބައްދަލުވުމެއް އެ ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ދާދިދެންމެއަކު ބާއްވަވައިފި އެވެ.
މައުމޫންގެ އިތުރުން ޕާޓީގެ ކައުންސިލަށް އިއްޔެ އައްޔަން ކުރެއްވި އުމަރު ނަސީރުގެ އިތުރުން މައުމޫނަށް ތާއީދުކުރައްވާ ކައުންސިލް މެމްބަރުން މި ބައްދަލުވުމަށް ވަޑައިގަތެވެ.
ކައުންސިލް ބައްދަލުވުމަށް ފަހު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވައި ރައީސް މައުމޫން ވިދާޅުވީ ޕާޓީގެ ރައީސާ ދެކޮޅަށް ބަޣާވާތް ކުރައްވާފައިވާ ކަމަށާއި އެއީ ހިތާމަ ކުރައްވާ ކަމެއް ކަމަށެވެ. އަދި ވިދާޅުވީ މަސައްކަތް ކުރެއްވީ ޕާޓީ ހަމަޖެހުމަށް ކަމަށާއި ޕާޓީ ހިނގަމުން ދަނީ ވަރަށް ރަނގަޅަށް ކަމަށެވެ.
ވަރަށް ހަމަޖެހިވަޑައިގެން، އަދި ހިނިތުންވެފައިވާ މޫނަކާ އެކު މައުމޫން ވިދާޅުވީ ކައުންސިލްގެ ބައްދަލުވުމުގައި ނިންމި އެއް ނިންމުމަކީ ޕާޓީގެ ނައިބު ރައީސް އަބްދުރަހީމް އަބްދުﷲ ކައުންސިލް މެމްބަރު ކަމުން ރަސްމީކޮށް ވަކިކުރުން ކަމަށާއި އެކަން ކައުންސިލުން ފާސްކޮށް ނިމިއްޖެ ކަމަށެވެ.
މައުމޫން ވިދާޅުވީ ކޯޓު އަމުރަށް ފަހު އަބްދުއްރަހީމް ފޯނު ކުރެއްވި ކަމަށާއި މުސްތަޝާރު ވިދާޅުވެގެން އޮފީހާ ހަވާލުވެ ވަޑައިގަންނަވާ ވާހަކަ ވިދާޅުވި ކަމަށެވެ. އެހެން ނަމަވެސް މައުމޫން ވިދާޅުވީ ކޯޓު އަމުރުގައި އޮފީސް ހަވާލު ކުރުމަކީ އޮތް އަމުރެއް ނޫން ކަމަށާއި މިއީ އެތައް ހާސް ބަޔަކާ ގުޅިފައިވާ ހައްގެއް ކަމަށެވެ. އަދި އެކަން އެހެން ނުވާނެ ކަމަށް މައުމޫން ވިދާޅުވި އެވެ.
މި ހުރިހާ މައްސަލަތަކުގެ ތެރޭގައި ރައީސް ޔާމީނަށް އޮތް ތާއީދު ނުގެންދަވާ މަޑުކުރައްވަނީ ކީއްވެގެންތޯ ނޫސްވެރިއަކު ދެންނެވި ސުވާލަށް ޖަވާބު ދެއްވަމުން ހިނިފުޅުވަޑުވަމުން ވިދާޅުވީ "އަޅުގަނޑަކީ އަޅުގަނޑަށް ފެންނަ ވަގުތުތަކުގައި ކަންކުރާ މީހެއް" ކަމަށެވެ.
"މިއުޅޭ މައްސަލައަކީ މައުމޫން އަބްދުލްގައްޔޫމާއި ޔާމީން އަބްދުލްގައްޔޫމާ ދޭތެރޭގައި އުޅޭ މައްސަލައެއް ނޫން،" މައުމޫން ވިދާޅުވި އެވެ.
(އިތުރު ތަފުސީލު އަންނަނީ)
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ައަނަސް
16 October 2016
މިފެންނަނީ އޮޕޮޒިށަނާ ވެރިކަން ކުރާ ޕާރޓީ އެކަތިގަނޑަކަށް ހަދާ މިނޫން ބަޔަކު ވެރިކަން ކުރާނެ ޗާންސް ކުޑަކުރުން.
ކާޑު ބަލި
16 October 2016
ކާޑާއި ގޭސް އަދި ފެނާއި ކަރަންޓް އަދި ދެގުނަ އަގު ބޮޑުކޮށްލީމާ އަހަރުމެންގެ ތާއީދު ބޮޑޫވާނި
ލަވް މައި ލަވް
16 October 2016
ރައީސް މައުމޫނު ހާދަ ލޯބި އޭ!! ވީ އާ ވިތް ޔޫ... އަޅުގަނޑުގެ ދުނިޔެއަށް އުފަންވީ ވެސް މައުމޫނުގެ ވެރިކަމުގައި...ވެރިކަން ނިމި ރައީސް ނަޝީދު، ރައީސް ވަހީދު އަދީ ރައީސް ޔާމީންގެ މިހިނގާ ވެރިކަމަށް ބަލާއިރުވެސް ދިވެހިން އެންމެ ހިތްހަމަ ޖެހިގެން ތިބީ ރައީސް މައުމޫންގެ ވެރިކަމުގައި... މަނކުފާނުގެ ތަޖުރިބާގެ އަލީގައި އަޅުގަނޑުމެން މިތިބީ ރައީސް ޔާމީން ނޫން މީހަކު ޤައުމާއި ހަވާލު ވާނެ ކަމުގެ އުންމީދުގައި
އަން
16 October 2016
ރައީސް އަންނިއަށް ނިކަން ފަސޭހަވާނެ ރައީސް މައުމޫނާ ކުރިމަތިލައްވައި ރައީސް މައުމޫނު ބަލިކުރައްވަން. ރައީސް އަންނިއަށް ފަސޭހައެއް ނުވާނެ ރައީސް ޔާމީނާ ކުރިމަތިލައްވާކަށެއް.
ޑަކުޓަރު
16 October 2016
ޑީއާރުޕީ އާއި ގުޅިވަޑައިނުގަނެ ޕޕމ އިން ތެރޭން މަނިކުފާނަށް ޔާމީނާވާދަ ކުރެވޭނެ. މަޤާމު ތަކުގައި ތިބި މީސްކޮޅު މާ ޓީވީ ވެގެން އެއުޅެނީ. އާނމު މެންބަރުން އަދުވެސް ތާއީދު މަނިކުފާނަށް އެބައޮތް. ޔާމީނު ގެ ކޮރަޕްޓް ސަރުކާރުން މިވާގެއްލުން މަނިކުފާނަށް އެގިހުރެ ޤައުމަށް ޤައްދާރު ނުވުމަށް ގޮވާލަން.
ޕެތްރޯން
16 October 2016
ބަޔަކު މީހުންނައް ދެން މާބޮޑައް ހީވެއްޖެ، ތުއްތޮންބެ މިހާެރު ބުއްދި ގޯސް ކަމަށް... ކޮބާ ހީވެއްޖެއެއްނު... ގައިމު ބުއްދި ހުރީީމަތާ 30 އަހަރު ވެރިކަން ކުރީ... ޔާނުއައް މިއުޅެނީ 5 އަހަރު ކެތް ނުވެގެން...
ފަޅުވެރިން
16 October 2016
ގޭދަށު ކުދިންކޮޅެއް އެއްކޮށްލައްވައިގެން ތިޔަހެންދެން ކައުންސިލޭ ކިޔައިގެން އުޅުއްވިއެއް ކަމަކު އެގޮތެއްދެން ދެކޮޅެއް ނުޖެހޭނެ ނޫންތޯ މަނިކުފާނު؟ ކޯޓުން ޙުކުމެއް އެއޮތީ ނެރެފައޭ! ދެން އެގޮތަކަށް ނޫންތޯ ކަންކަން ކުރިއަށްދާނީ. އަޅުގަނޑު ހަމަ ހިތަށްއަރަނީ މަނިކުފާނު ހަށިކޮޅަށް ތިޔަހާ ބުރަ ތިޔަ ޖައްސަވަނީ ކޮން ބޭނުމެއްގައިތޯއޭ؟ މަނިކުފާނު ވެރިކަމަށް ކުރިމަތިލައްވަނިއްޔެއް ނޫން، އަދި ވެރިކަމަށް ކުރިމަތިލެއްވޭކަށް އޮތިއްޔެއްވެސް ނޫން. އެހެންކަމަށްވާނަމަ ތިޔަބުރަ އުފުއްލެވުމުގެ ބޭނުމެއް ކޮބައިތޯއެވެ؟ މަނިކުފާނުގެ ބޭފުޅަކު ވެރިކަމަށް ގެންނެވުމުގެ ހުވަފެންފުޅު ދެކެވަޑައިގަންނަވާ ކަމަށްވާނަމަ ދަންނަވަންއޮތީ ޢާއިލީ ވެރިކަމަކަށް ދިވެހިން ޖާގައެއް ނުދޭނެއޭ! އަދުގެ ޚިދްމަތްތެރި ރައީސްގެ ޒަޢާމަތުގައި ދިވެހިން މިތިބީ އުފަލުން ފަރިވެފޮޅިފައޭ، މިގޮތުގައި ތިއްބަދޭށޭ!
އަހްމަދު
16 October 2016
ކިހާ އުފަލެއްވާނެ ކާރޑުގެ ދެގުނަ ޤައުމުގެ އާމަދަނީ އަށް ވާނުވާނޭގެ ކަރަންޓް ގެ އަގު މައްޗަށް ހުރިހާ ކުންފުނިތައް ބަގުރޫޓް ކިހާ އުފަލުން މިތިބެނީ
ޕިމްޕޫ
16 October 2016
އާއިލީ ވެރިކަމަށް ޖާގަ ނެތޭ ބުނާއިރު ތިބުނާ ޔާމީނަކުވެސް ވެރިކަމަށް އައީ އާއިލީ ވެރިކަމެއްގެ ތެރެއިން
ލޮލް
16 October 2016
ކެކެ ކޮއްކޯގުޅު ގެނައި އިރު އާއިލީ ވެރިކަމުގެ ވާހަކަ ކަލޭމެން ނުދައްކަން ދޯ.
ސޭކުސްތާން
16 October 2016
+ކަލޯ ހިނދުކޮޅުގަ ހުރެގެންތޯ ތި ކޮމެންޓް ކޮށްލައްވަނީ؟
ދޮންކެޔޮ
16 October 2016
ކޮމެންޓްގެ ޑިސްލައިކް ފެނުނީމަ ދިވެހިން ތިބީއުފަލުންކަން އިނގޭ
ނަޝީ
16 October 2016
ޖަވާބުވެސް އަމިއްލަޔަކަށް ދެވިއްޖެހެން ހީވަނީ ... ވެރިކަން ލިބެން ނެތްކަން އެނގިހުރެވެސް އެހާވަރުން އެ އުޅުއްވަނީ ޤައުމަށް ހެޔޮ އެދިލައްވާތީ...ދޯ..
ާއަލީ
16 October 2016
ސާބަޙޭ
ޕައްލަންބެ
16 October 2016
މިއީ މައުމޫނު އާއި އެބޭފުޅާގެ ކޮއްކޯފުޅު ރާވައިގެން ދުއްވާ ދެބޯގެރިޔެއް ... މިހާރު ރަށުތެރެއަކު ކާޑުގެ އަގު ބޮޑުވި ވާހަކައެއް ނުދައްކާ .... މިހާރުގެ ހޭޝް ޓެގަކީ ޕޕމ ކްރައިސްސް
ކޮމަންވެލްތުވެސް
16 October 2016
ކޮމަންވެލްތުން ވަކިވިވާހަކަވެސް ހަނދާންނެތިއްޖެ......
އަބްދުއްލޯގާޒީ
16 October 2016
ޔާމިނޫ ތިހާ ބޮޑައް ހިތްތިރި ނުކޮއް ތަންކޮޅެއް ހަރުދަނާ ވާންޖެހޭ މޑޕ ޔައްވެސް ލިބުނީ ތިބޮނޑި މާބޮޑައް ހިތްތިރިވީ ވީމާ ތަންކޮޅެއް ޖެހިލުން ކުޑަކަމާއެކު ހަރުދަނާ ފިޔަވަޅު އަޅުއްވާ މައުމޫނު ޕާޓީން ބޭރުކޮއް އެދައްކާ ވާހަކަޔައް ރައްދުދެއްވާ