ކުރީގެ ރައީސް މައުމޫން: ކުރީގެ ރައީސުންނަށް ދެމުންދާ އިނާޔަތްތައް މުރާޖާ ކުރަން އެމަނިކުފާނު ވަނީ ތާއީދު ކުރައްވާފައި -- ފޮޓޯ/މިހާރު
21 މެއި 2020 - 16:46
ކުރީގެ ރައީސުންނަށް ދައުލަތުން ދެމުން އަންނަ އިނާޔަތްތައް މުރާޖާކުރަން ތާއީދު ކުރައްވާ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ކޮވިޑް-19 އާ ގުޅިގެން ދައުލަތުގެ ޚަރަދުތައް ކުޑަ ކުރުމުގެ ގޮތުން، ކުރީގެ ރައީސުންނަށް މިހާރު ދޭ އިނާޔަތްތައް މުރާޖާ ކުރަން ފިނޭންސް މިނިސްޓްރީން އޮތީ ރައްޔިތުންގެ މަޖިލީހުގައި އެދިފަ އެވެ. އެކަމާ މެދު މަޖިލީހުން އަދި ގޮތެއް ނުނިންމަ އެވެ.
އެކަމާ ގުޅިގެން މަޖިލީހުގެ ރައީސް މުހަައްމަދު ނަޝީދަށް މައުމޫން ފޮނުއްވެވި ސިޓީގައިވަނީި ކޮވިޑް-19 އާ ގުޅިގެން އިގްތިސާދީ ގޮޮންޖެހުންތައް ކުރިމަތިވެ، ސަރުކާރުގެ ޚަރަދުތައް ކުޑަކުރަން ޖެހިފައިވާތީ ކުރީގެ ރައީސުންނަށް ދޭ އިނާޔަތްތައް މުރާޖާ ކުރުން އަވަސްކުރަން ޖެހޭ ކަމަށެވެ. އަދި އެކަމަށް އެމަނިކުފާނު ތާއީދުކުރާ ކަމަށް ވެސް އެ ސިޓީގައި މައުމޫން ވިދާޅުވެފައިވެ އެވެ.
ކުރީގެ ރައީސުންނަށް އިނާުޔަތް ދިނުމާ ބެހޭ ގާނޫނު އޮންނަ ގޮތުން އެއް ދައުރު ރައީސް ކަން ކުރައްވާފައިވާ ބޭފުޅުންނަށް 50،000ރ. މަހަކު ދައުލަތުން ދޭން ޖެހޭއިރު އެއް ދައުރަށް ވުރެ ގިނަ ދުވަހު ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް މަހަކު 75،000ރ. ގެ އިނާޔަތެއް ދޭން ޖެހެ އެވެ. އަދި ދިރިއުޅުއްވާނެ ތަނުގެ ޚަރަދަށް އިތުރު 50،000ރ. އާއި އޮފީސް ހިންގުމުގެ ޚަރަދަށް ވެސް 175،000ރ. ދޭން ޖެހޭނެ ކަމަށް އެ ގާނޫނުގައިވެ އެވެ،
އެކަމަކު 2016 ވަނަ އަހަރު ފިނޭންސް މިނިސްޓްރީން އެކަމާ ބެހޭގޮތުން އެކުލަވާލި އުސޫލު ބުނާގޮތުން ދިރިއުޅުއްވާނެ ތަނުގެ ކުއްޔާއި އެހެނިހެން ޚަރަދުތަކަށް މަހަކު ދެވޭނީ 30،000ރ. އެވެ. އަދި އޮފީސް ހިންގުުމުގެ ޚަރަދު ވެސް ދެވޭނީ ފިިނޭންސް އިން ކަނޑައެޅި އުސޫލުގެ ދަށުން ވަކި މިންވަރަށް ކަމަށް އެ އުސޫލުގައި ބަޔާން ކޮށްފައިވެ އެވެ.
ކުރީގެ ރައީސުންގެ ތެރެއިން މިހާރު ދުނިޔޭގައި ތިއްބެވީ މައުމޫނާއި ނަޝީދުގެ އިތުރުން ކުރީގެ ރައީސް މުހައްމަދު ވަހީދުު ހަސަން މަނިކާއި ކުރީގެ ރައީސް އަބްދުﷲ ޔާމީނެވެ.
ކޮވިޑް-19 އާ ގުޅިގެން ޚަރަދުތައް ކުޑަ ކުރުމުގެ ގޮތުން ރައީސާއި ވަަޒީރުންނާއި މަޖިލީހުގެ މެމްބަރުންގެ އިތުރުން ފަނޑިޔާރުންނާއި މިނިވަން މުއައްސަސާތަކުގެ ވެރިންގެ މުސާރަ ވެސް ވަނީ ތިން މަހަށް ކުޑަކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދެރަ
26 May 2020
ނަޝީދާ ވަހީދަކީ 5 އަހަރުގެ ދައުރެއް ފުރިހަމަ ކުރެވުނު ބައެއް ނޫން. 1 ދައުރު ވެރިކަން ކުރި ބޭފުޅަކަށް ލިބެންޖެހޭ އެއްޗެއް ވެރިކަން ކުރެއްވި މުއްދަތަށް ބަލާ ދެ ވެރިންނަށް ވެސް ލިބެންޖެހޭނީ ބައިކުޅަ ބައެއް. އިންސާފަކީ މިއީ ވިސްނާލާ އިރު
އިހްލާސް
21 May 2020
ތިޔަހަރަ އެލެވަންސްތަކާއި އިނާޔަތްތަކަކީ ނިކަމެތި ރައްޔިތުންގެ ލޯތަށް ފެންކަޅިވެގެން ދާވަރުގެ އަދަދު ތަކެކެވެ. މައިން ބަފައިންނާއި ދަރިންނަށް ބޭސްފަރުވާ ނުކުރެވިގެން ސަލާން ޖަހާ ދިވެހި ރައްޔިތުން މިޤައުމުގައި އުޅޭއިރު ތިޔަވަރުގެ އިނާޔަތް ދެއްވަން ހެޔޮނުވާނެ.
ކޮކްޓެލް އަލ
21 May 2020
ގާނޫނެއްގެ ހިޔަލުގައި މުސާރަ ނަގަންވީމަ ގަނޫނު ބަރާބަރައް ތަންފީޒް ކުރޭ މިމާލާގެ ރައްޔިތަކައް ބިންކޮޅެއް ދޭންވީމަ ގާނޫނެއް ނުފެނޭ ގާނޫނު އަސާސީގަ އެބަބުނޭ ނަސްލަކައް ކުލަޔަކައް ރަށަކައް ނިއްބާގޮތަކުން ތަފާތް ކޮއްގެން ނުވާނޭ އެކަމަކު ތިމާމީހާގެ ވެރިކަމުގައި މާލޭން ހިއްކިތަނާ ހުޅުމާލޭން ހިއްކި ބިންތައް ފަޅައް އެއޮތީ މިމާލާގެ ނިކަމެތި މީހަކައް ބިންކޮޅެއް ނުދޭ އެކަމަކު ރައްރަށުގަ ހިއްކާފަވެސް ބިންހިލޭ ދޫކުރޭ ރައްޔިތުންނައް ކޮބާތޯ ގަނޫނީ ހަމަހަމަކަން
ޣިނަނާ7000
21 May 2020
ސުކުރިންޔާ މައުމޫނު. ގައުމު އިސްކުރީމަ. މައުމޫނު ހެޔޮހާލުގާ ލަވައްޓަވާސި.
ޛައިހަސް
22 May 2020
ޢާމީން
ހުވާ
21 May 2020
ރައީސް މުހައްމަދު ނަޝީދާ، ރައީސް މުހައްމަދު ވަހީދު ދައުރު ފުރިހަމަ ކުރިތަ؟ ދައުރު ކިޔަނީ 5 އަހަރަކަށް ނޫންތަ؟
ކުމާރުހާން
21 May 2020
ލަދުހަޔާތްތުގެ ކަންފުޅެއްވެސް ނަޝީދު، މައުމޫނު، ޑރ ވަހީދު، އިބޫ ގެ ނެތް! ގައުމު މިހާލުގައިވާ އިރު ކީއްވެތަ އެއްވެސް ފައިސާއެއް ނުނެގިއްޔާ؟ މީގެ އެންމެނަކީ މާލޭގެ ބޮޑެތި ބިންތަކުގެ ވެރިން. ބޮޑެތި މަހުޖަނުން. އެންމެ 6 މަހަށް މުސާރައާއި އިނާޔަތް އަމިއްލައަށް ދޫކޮށް ނުލަނީ ކީއްވެތޯ؟
ގތރދފ6
21 May 2020
އަސްލު މާ ލަސްވެއްޖެ.. މިސާލަކަށް ބައްލަވާ.. ރައީސް ނަޝީދަށް މިހާރު މަޖިލިސް ރައީސްގެ މުސާރަ އެބަލިބޭ.. އެހެންވީމަ ދެ މުސާރަ ލިބިގެން ނުވާނެ.. އަނެއްކާ ގައުމަށް ފައިދާހުރި މަސައްކަތެއް ކުރަން އޮފީހެއް ހިންގަން އެބަ ފައިސާ ލިބޭ.. އެކަމަކު ކިހިނެއް އެކަން ކުރާނީ.. މަޖިލިސްގެ ރައީސް ވީމަ ބިޒީވެސް ވާނެދޯ؟؟ އެހެން ވީމާ މިހިރަ ކަހަލަ ކަންކަމާ ވިސްނާލުން ބުއްދިވެރި..
ބޮޑުމީހާ
21 May 2020
މިގައުމުގައި މިއޮތީ ޑިމޮކްރަސީއެއް ނޫން. މިއަށް ކިޔާނީ ސިޔާސީ ރަސްކަމެކޭ. ސިޔާސީ މީހުންގެ މުސާރަ އިނާޔަތް އެހާ ބޮޑު، ކޮރަޕްޓުވިޔަސް މައްސަލަ ނުބެލޭ، އާއިލާ މީހުންނަށް ގޯތި ފްލެޓު ލިބޭ. ރަސްކަމެއްގެ ހުރިހާ ސިފައެއް ސިޔާސީ މީހުންގެ އެބަހުރި
ހެޔޮ ހިތުން ވެދުން ސަލާމް
21 May 2020
އަދި ވެސް ރައީސް މައުމޫނު ވަރެއް ނެތެވެ.އެކަމަކު މިބުނީ ވެރިކަން ކުރައްވަން މިހާރު އެމަނިކުފާނު ކަމުދާ ވާހަކައެެއް ނޫނެވެ.
ފައިސާ ފައިސާ
21 May 2020
އަދިވެސް މައުމޫނަށް ވެރިކަން ލިބިއްޖެނަމަ މާ ސްމާޓްކޮށް ވެރިކަން ކުރާނެއެވެ.
Saim Seed
21 May 2020
އަދިވެސް މަނިކްފާނު ކުރެއްވިކަމެއް ފިޔަވައި އިތުރު ކަމެއް މިޤައުމުން ނުފެނޭ.