މި އަހަރު އަންނަ ތަފާތު މާ ހަނދުގެ ފޯވަހިތަކުގެ ތެރެއިން، ރޭ ވަރަށް ހާއްސަ އެވެ. އެއީ "ސްޓްރޯބެރީ މޫން" ގެ ނަންދީފައި އަހަރުގެ ތިން ވަނަ އަށް އެންމެ ބޮޑު ހަނދެވެ. އެކަމަކު މި ހަނދު އަދި މާ ހާއްސަވީ، އިއްތިފާގަކުން ރޭގައި ހަނދުކޭތަ ވެސް ހިފީމަ އެވެ.

މި މާ ހަނދަށް "ސްޓްރޯބެރީ މޫން" ގެ ނަން ސައިންސްވެރިން ދީފައި ވަނީ މި ދުވަސްވަރަކީ އާންމު ގޮތެއްގައި ސްޓްރޯބެރީ އަޅާ މޫސުމަށް ވީމަ އެވެ. އަދި މި މާ ހަނދަށް ދީފައި އިތުރު ނަންތަކުގެ ތެރޭގައި "ހޮޓް މޫން" އާއި "ރޯޒް މޫން" ވެސް ހިމެނެ އެވެ.

މި ހިމަނާލަނީ ދިވެހި ބައެއް ފޮޓޯގްރާފަރުންނާއި އާންމުން ރޭ ނަގާފައިވާ މާ ހަނދުގެ ބައެއް ފޮޓޯތަކެވެ؛

ހަނދު ކޭތަގެ މަންޒަރު އެންމެ ރީއްޗަށް ފެނިފައި ވަނީ އިންޑިއާ ކަނޑުގެ ގައުމުތަކަށެވެ. އޭޝިއާގެ ބައެއް ގައުމުތަކަށް ވެސް މި ކޭތަ ފެނުއިރު ހުޅަނގުގެ ބައެއް ގައުމުތަކަށް ވެސް ކޮންމެވެސް ވަރަކަށް ފެންނާނެ ކަމަށްވެ އެވެ.

***

ކަވަ ފޮޓޯ ކްރެޑިޓްސް: އަހްމަދު އަވްޝަން އިލްޔާސް