ޚަބަރު / ދިވެހި ސިފައިން

ސިފައިންގެ ސެންޓްރަލް އޭރިއާގެ ކޮމާންޑަރަކަށް ހިލްމީ

އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑަރަކަށް އަލަށް އައްޔަން ކުރި ކާނަލް އިބްރާހީމް ހިލްމީއަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް މަގާމުގެ ލިއުން ހަވާލުކުރައްވަނީ.

26 ޖޫން 2020 - 22:48

1 comments
happy icon 71%

އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ ކޮމާންޑަރަކަށް ކާނަލް އިބްރާޙީމް ހިލްމީ މިއަދު ހަމަޖައްސައިފި އެވެ.

ބަންޑާރަކޮށީގައި ބޭއްވި ރަސްމިއްޔާތެއްގައި ކާނަލް ހިލްމީއާ މަގާމުގެ ލިޔުން ހަވާލުކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލެވެ. އެ ރަސްމިއްޔާތުގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފް ވެސް ބައިވެރިވެވަޑައިގަތެވެ.

އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑަަރަކަށް ހަމަޖެއްސި ކާނަލް އިބްރާހީމް ހިލްމީއާ ޗީފް އޮފް ޑިފެންސް ފޯސް އަބްދުﷲ ޝަމާލް އަދި ވައިސް ޗީފް އޮފް ޑިފެންސް ދޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް މިއަދު ބައްދަލުކުރައްވަނީ.---ފޮޓޯ: އެމްއެންޑީއެފް

ސެންޓްރަލް އޭރިއާ ކޮމާންޑަރަކަށް ހިލްމީ ހަމަޖެއްސީ އެ މަގާމުގައި މިހާތަނަށް ހުންނެވި ކާނަލް މުހައްމަދު އިބްރާހީމްގެ ޕޯސްޓިން ޑިއުޓީގެ މުއްދަތު ހަމަވުމުންނެވެ. މުހައްމަދު އިބްރާހިމް އެ މަގާމަށް ހަމަޖެއްސީ ފެބްރުއަރީ 1، 2018 ގަ އެވެ.

ރާއްޖެ ހަތަރު ސަރަހައްދަކަށް ބަހާލާފައިވާއިރު، ސެންޓްރަލް އޭރިއާގެ ހެޑްކުއާޓާޒް ހުންނަނީ ލ. ކައްދޫގަ އެވެ.

1 ކޮމެންޓް, 21 ރިއެކްޝަންސް

icon happy icon happy 71%
icon sad icon sad 5%
icon angry icon angry 24%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މޮނުފަ

26 June 2020

ރީތިގޮތަކަށް އެހެލީ ދޯ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454