މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނޮޅިވަރަމް ދާއިރާގެ މެމްބަރު ނަޝީދު ވާހަކަ ދައްކަވަނީ.---ފޮޓޯ: މަޖިލިސް
01 ޖުލައި 2020 - 11:44
ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ރާއްްޖެއިން ކޮސޯވޯގެ މިނިވަންކަން ބަލައިގަތުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ފަދަ އަމަލުތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކޮށް ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ހުށަހެޅުއްވި ގަރާރަކަށް ބަހުސް ކުރާނެ މެމްބަރަކު ނުވުމުން އޭނާ އެކަމާ ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްްވައިފި އެވެ.
ކޮސޯވޯގެ މިނިވަންކަން ރާއްޖެއިން ބަލައިގަތުމުގައި އޭރުގެ ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދު ރިޝްވަތު ހިއްޕަވާފައިވާ ކަމަށް ވެސް އެ ގަރާރުގައި ތުހުމަތުކޮށްފައިވެ އެވެ. އެއާ އެކު ގަރާރުގައި ގޮވާލާފައި ވަނީ ކޮސޯވޯގެ މިނިވަންކަން ބަަލައިގަތުމުގައި އަމަލުކޮށްފައިވާ ގޮތް މަޖިލީހުން ބެލުމަށެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި މޮސްޓާ ގަރާރު ހުށަހެޅުއްވުމުން އެ ގަރާރުގެ ބަހުސްގައި އެއްވެސް މެމްބަރަކު ބައިވެރިވެވަޑައި ނުގެންނެވި އެވެ. އެހެންވެ ރިޔާސަތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ބަހުސްގައި ބައިވެރިވެވަޑައިގަންނަވަން އެއްވެސް މެމްބަރަކު އެދިވަޑައިގެންފައި ނުވާ ކަަމަށެވެ. އެހެންވެ ގަރާރާ ބެހޭ ގޮތުން ފަހު ބަސް އިއްވަން މޮސްޓާ އަށް ފުރުސަތު ދެއްވި އެވެ.
އެ ފުރުސަތުގައި އޭނާ ވިދާޅުވީ އެ ގަރާރަށް ފަހު ބަސް އިއްވުމުގެ ބޭނުމެއް ވެސް ދެން ނެތް ކަމަށާއި ގަރާރު ދެން ޖެހޭނީ ދޫކޮށްލަން ކަމަށެވެ. އެއާ އެކު އޭނާ ތުހުމަތު ކުރެއްވީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އަގުވެއްޓޭ ގޮތަށް ކަމެއް ކުރިއަށް ގެންދަން މަޖިލީހުގެ މެޖޯރިޓީ އޮންނަ އެމްޑީޕީން ބޭނުންނުވާނެ ކަމަށެވެ.
އެގޮތަށް ތުހުމަތު ކުރެއްވުމުން ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ ނިޒާމާ ބެހޭ ނުކުތާތެއް ނަންގަވައި ވިދާޅުވީ ބަހުސްގައި ބައިވެރިވާން މަޖުބޫރުވާ އުސޫލެއް މަޖިލީހުގައި ނޯންނަ ކަމަށާއި އެއީ މެމްބަރުންގެ އިހުތިޔާރުގައި އޮންނަ ކަމެއް ކަަމަށެވެ. މެދު ހެންވޭރު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ވިދާޅުވީ އެ ގަރާރަކީ ގާނޫނުއަސާސީއާ ހިލާފު ގަރާރެއް ކަމަށް ގަރާރު ތާވަލް ކުރި އިރު ވެސް ވިދާޅުވެފައިވާނެ ކަމަށެވެ. އެމްޑީޕީގެ މެމްބަރުން ބަހުސްގައި ބައިވެރިވެވަޑައިނުގެންނެވީ އެހެންވެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެހެން އެއްވެސް ބަޔަކަށް ލިބިދީފައިވާ ބާރުތަކުގެ ވާހަކަ ނޯވޭ ގާނޫނުއަސާސީގައި ލިޔެފައެއް. އެކަމަކު ހާރިޖީ ގުޅުންތަކުގެ ސިޔާސަތު ކަނޑައެޅުމަކީ ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދީފައިވާ ބާރުގެ ތެރެއަށް އަޅުގަނޑުމެން ވަނުން ކަމަށް ވާތީ އަޅުގަނޑުމެން މި ބަހުސްގައި ބައިވެރި ނުވެ މިތިބީ،" އާޒިމް ވިދާޅުވި އެވެ.
އޭގެ ފަހުން ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ ސުވާލުކުރެއްވީ ކޮސޯވޯގެ މިނިވަންކަން ބަލައިގަތުމުގައި އެވަރުގެ ގޯހެއް ހިނގާފައިވާ ނަމަ ގަރާރު ޑްރާފްޓްކޮށްދިން ބޭފުުޅުންގެ ވެރިކަމުގައި އެކަން ނުބަލައި އޮތީ ކީއްވެތޯ އެވެ. އެކަން އޭރު ނުބަލައި އޮތީތީ އަޖައިބުވާ ކަމަށާއި މިހާރު އެ މައްސަލަ ހުށަހެޅުމަކީ މަޖިލީހުގެ ވަގުތު ނަގައިލުން ކަަމަށް އޭނާ ވިދާޅުވި އެވެ.
"ގަރާރު ހުށަހެޅުއްވި މެމްބަރަކީ ދެއުޅިއެއްނުވާ މޮޔައަކަށް ވިޔަސް އަޅުގަނޑުމެންގެ ސިކުނޑީގައި ތެތްކަމެއް އެބަހުރި ވިއްޔަ،" އަހުމަދު އީސާ ވިދާޅުވި އެވެ.
އެ ވާހަކަ އަށް ރައްދު ދެއްވައި މޮސްޓާ ވިދާޅުވީ ގަރާރު ޑްރާފްޓް ކޮށްދެއްވީ އަހުމަދު އީސާ ކަމަށެވެ. އެއީ ދޮގެއް ކަމަށް ވިދާޅުވެ ރިޔާސަތުން އޭނާގެ ވާހަކަ ހުއްޓުވި އެވެ.
އަހުމަދު އީސާއާ މޮސްޓާ އާ ދެމެދު އޭގެ ފަހުން ހޫނު ޒުވާބެއް ވެސް ހިނގި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރިޔާސަތު
01 July 2020
ރިޔާސަތަށް ކިހިނެތް އެނގެނީ މެންބަރުން ހަދަނީ ދޮގުކަމާއި އަދި ތެދުކަން، ޕޮލިހުން ތަހުގީގުތައް ހިންގާއިރު މަޖިލިސް ރައީސްކުރެން ކަންކަން އަހަންވީ، އަގުބޮޑެތި ސޮފްޓްވެއާތަކާ ފާޑުފާޑުގެ މެޝިންތައް އުގައިލްމެން ހެދުމުގެ ބޭނުމެއް ނެތެވެ.
އެމްޑީޕީމީހާ
01 July 2020
ޤައުމުގެ ދުވަސް ހިގައްޖެ.
ރަދީފްއޮފިޝިއަލް
01 July 2020
"ގަރާރު ހުށަހެޅުއްވި މެމްބަރަކީ ދެއުޅިއެއްނުވާ މޮޔައަކަށް ވިޔަސް އަޅުގަނޑުމެންގެ ސިކުނޑީގައި ތެތްކަމެއް އެބަހުރި ވިއްޔަ،" ކަލޭގެ ސިކުނޑީގަ ހުންނަ ތެތްކަން އަހަރުމެންނަށް އެނގޭ.އަދި އެ ތެތްވަނީ ކިހިނެތްކަން ވެސް މުޅި ނޫނު އަތޮޅުރައްޔަތުން ދަނޭ.ވ.ވެދުން
ވަހީދު
01 July 2020
ބުރުމޯޑު އަދި ހަމަޖެހޭ އެއްވެސް ކަމެއް މަޖުލީހުގަ ނުކުރޭ. ރައީސް އާއި އަޅައިގަނެގެން އުޅޭ މެމްބަރެއް ތީ
ސިޔާމާ ނިޔާމް
01 July 2020
އަހުމަދު އީސާއަކީ ނަޝީދުގެ ގޮނޑިކޮއްކޮ. މުޅި ކެނދިކުޅުދޫ ލަދުގަންނަވައިފި.
ތެތް
01 July 2020
ޢީސާ. ސިކުނޑީގަ ތެތްކަމެއް އެބަހުރިކަމަށް އީސައަށް އަމިއްލައަށް ޤަބޫލުކުރެވުނަސް، އީސަ ހިމެނޭ ގޮތައް ތިތާކުނެތް ސިނކުޑީގަ ތެތްކަންކީއްކުރަން، ސިކުނޑިއެއް ހިރިކަމަށް ރައްޔިތުންނަށް ޤަބޫލުކުރެވޭ ހަމަ އެކަކުވެސް.
ހާސަރު
01 July 2020
މަޖްލިސް މެންބަރަކަށް ވުމުގެ ކުރިން މެންޓަލް އަދި ސައިކޮލޮޖިކަލް މައްސައެއް ހުރިތޯ ނެތްތޯ ބަލަން އެބަޖެހޭ.
އިކްނާ
01 July 2020
ނިމިދިޔަ ފަސްއަހަރު ކީއްވެބާ ތިމައްސަލަ ނުބެލީ..ހެހެ
ބައިރޯ
01 July 2020
ހޭ..ހޭ
އަފުން
01 July 2020
އެވެރިންގެ ރިޝްވަތާއި ވައްކަން ވެގެން މިދަނީ "ޝާހީ ޤައުމީ ޚިދުމަތައް". ތިމާމެއްނަށް ރައްދުވާ ރިޝްވަތާއި ވައްކަމުގެ އެއްވެސް މައްސަލައެއް މިނިވަންކަމާއެކު ތަހުގީގުކޮށްލުމުގެ ފުރުޞަތު ދޭންވެސް ނުކެރޭނެ. އެޖެންޑާ 19 ގެ އިންސާފުގެ ތަފާތަކީ މިއީ.