ގުޅިފަޅުން ފްލެޓް ގަތް މީހުންނަށް ބަދަލު ދިނުމުގެ އެއްބަސްވުމުގައި ސޮއިކުރަނީ.-- ފޮޓޯ: ޕްލޭނިން މިނިސްޓްރީ
20 ޖުލައި 2020 - 16:22
ގުޅިފަޅުން ފްލެޓު ގަންނަން ފައިސާ ދެއްކި މީހުންނަށް ބަދަލު ދިނުމަށް އެގްރިމަންޓްތަކުގައި ސޮއިކުރަން މިއަދު ފަށައިފި އެވެ.
ޕްލޭނިން މިނިސްޓްރީން ކުރި ޓްވީޓެއްގައި ބުނީ ފްލެޓު ގަތުމަށް ފައިސާ ދެއްކި މީހުންނަށް ބަދަލު ދިނުމަށް އެގްރީމަންޓްތަކުގައި ސޮއިކުރުން އަންނަ ބުރާސްފަތި ދުވަހާ ހަމަ އަށް ކުރިއަށްދާނެ ކަމަށެވެ.
އެމްޑީޕީގެ ސަރުކާރުގައި 2010 ވަނަ އަހަރު ގުޅިފަޅުން ފްލެޓު ގަތް މީހުންގެ ތެރެއިން ބޯހިޔާވަހިކަމުގެ އިންތިޒާރުގައި އަދި ވެސް އެތައް އާއިލާއެއް އެބަތިއްބެވެ. ގުޅިފަޅުގެ ފްލެޓްތަކަކީ މީހުން ދިރިއުޅެން އެކަށީގެން ނުވާ ތަންތަން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ކަނޑައަޅައި 18 އާއިލާއަކަށް ހުޅުމާލޭން ފްލެޓް ދިނެވެ.
މިހާތަނަށް ބޯހިޔާވަހިކަމެއް ނުލިބި 142 އާއިލާއެއް އެބަ ތިއްބެވެ. ފްލެޓް ގަތުމަށް އެ އާއިލާތަކުން 50 މިލިއަން ރުފިޔާ އަށް ވުރެ ގިނައިން އެ މީހުން އިންވެސްޓް ކުރި އެވެ.
އެ މައްސަލައިގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުރިން ވިދާޅުވެފައި ވަނީ ގުޅިފަޅުން ފްލެޓް ގަތުމަށް ފައިސާ ދައްކައި، މިހާތަނަށް ބޯހިޔާވަހިކަމެއް ނުލިބި ތިބި މީހުންނަށް ހޯއްދެވި ހައްލަކީ ހުޅުމާލެ އިން ފްލެޓު ދިނުން ކަމަށެވެ. މި ސަރުކާރުން އަޅާ 4،000 ފްލެޓުގެ ތެރެއިން ފުރަތަމަ ބުރުގައި އެ އާއިލާތަކަށް ފްލެޓް ދެއްވާނެ ކަމުގެ ޔަގީންކަން އެ މަނިކުފާނު ދެއްވި އެވެ.
ގުޅިފަޅަކީ ނަޝީދުގެ ސަރުކާރުން 2010 ވަނަ އަހަރު ބޭރުގެ ކުންފުންޏެއް ކަމަށްވާ ގްލޯބަލް ޑިވެލޮޕްމަންޓް ފަންޑް (ޖީޑީޕީ) އާ ހަވާލުކޮށްގެން ހިއްކި ރަށެކެވެ. އެ ފަޅު ހިއްކުމަށް ފަހު ނަޝީދު ވަނީ މީހުން ދިރިއުޅޭ ތަނަކަށް އެ ރަށް ހަމަޖައްސައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އުދުހޭ
20 July 2020
ގުޅިފަޅުން އަޅައިނުގަނެގެން އުޅޭ ބަޔަކު އެބައުޅޭ. ތިލަފުށި ކައިރިވީމަ ވަސް ރަގަޅީތޯޗެ!!
ހުވާ
20 July 2020
މުއިއްޒުވެސް ކުރިން ތީގެ ބަޔަކަށް ހުޅުމާލެއިން ފުލެޓް ހަމަޖެހުނުވާހަކަބުނި. އެމީހުންނާތަ ތިޔައެގްރިމެންޓްހަދަނީ.
ދެރަ
20 July 2020
ބަދަލު ބަދަލު. ސީލައިފް މީހުންނަށް ފައިސާއަކަށް ފައިސާއެއް. ގުޅީފަޅު މީހުންނަށް ފައިސާގެ އިތުރުން ބަދަލު