އީމާން ހުސްނުއްސުއޫދު (ފަހަތުން ތިންވަނަ ސަފުގެ ކަނާތުން ފަސްވަނައިގައި)
22 ޖުލައި 2020 - 14:20
ތައުލީމީ ގޮތުން މަތީ ދަރަޖައިގެ ނަތީޖާތައް ހޯދައިގެން ނޫނީ ޖާގަ ނުލިބޭ އޮކްސްފޯޑް ޔުނިވަސިޓީގައި ގާނޫނީ ދާއިރާ އިން ފުރަތަމަ ފަހަރަށް ކިޔަވާވިދާޅުވާން ފެއްޓެވި ދިވެހި ދަރިވަރު، އީމާން ހުސްނުއްސުއޫދު ގްރެޖުއޭޓުވެއްޖެ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދުުގެ ދަރިކަނބަލުން އީމާން، 22، އަކީ އޮކްސްފޯޑުން ގާނޫނީ ދާއިރާ އިން އަންޑަގްރެޖުއޭޓްވެ ވަޑައިގަތް ފުރަތަމަ ދިވެއްސެވެ. ދިވެހި އެހެން ދަރިވަރެއް ކަމަށްވާ އަހްމަދު ޝައްފާން، 23، ވަނީ ގާނޫނީ ދާއިރާ އިން މާސްޓާސް ޕްރޮގްރާމަކުން ފުރުސަތު ލިބި އެ ކޯސް ފުރިހަމަކުރައްވައިފަ އެވެ. އެކަމަކު އޭނާ ފަސްޓް ޑިގްރީ ނެންގެވީ އެހެން ޔުނިވާސިޓީއަކުންނެވެ.
ސާނަވީ ތައުލީމު އިނގިރޭސިވިލާތުގައި ހާސިލްކުރެއްވުމަށް ފަހު އީމާން އޭލެވެލް އަށް ކިޔަވާވިދާޅުވީ ސިންގަޕޫރުގަ އެވެ.
ދުނިޔޭގެ އެންމެ ދުވަސްވީ އަދި އެންމެ މަޝްހޫރު ޔުނިވަސިޓީތަކުގެ ތެރޭގައި ހިމެނޭ އޮކްސްފޯޑަކީ ދުނިޔޭގެ މަޝްހޫރު އެތައް ބަޔަކު ތައުލީމު ހާސިލްކޮށްފައިވާ ޝަރަފްވެރި ޔުނިވަސިޓީއެކެވެ. އޮކްސްފޯޑުގެ އެކި ކޯސްތަކުން މީގެ ކުރިން ދިހަ ވަރަކަށް ދިވެހިންނަށް ފުރުސަތު ލިބިފައިވެ އެވެ. ނަމަވެސް ކޯސް ފުރިހަމަކުރީ ކިތަން މީހުން ކަމެއް ނޭނގެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޔާލިމިނިއާ
24 July 2020
އީމާން އަށް މަރުހަބާކިޔަން. އެކަމަކު އަހަރެން ދަންނަ ލޯޔަރެއްގެ ވާހަކަ ބުނެލާން. އޭނައަކީ އިނގިރޭސި ވިލާތުން މާސްޓާރޒް ހަދާފައިވާތާ މިހާރު 25 އަހަރުގެ ތަޖުރިބާހުރި މީހެއް . އަދި ނުފޫޒު ބޭނުންކޮށްގެން ސަރުކާރުގެ ބޮޑު ކުންފުންޏެއްގެ ކޮންޓްރެކްޓް ނަގާ ލޯޔަރެއް. އޭނަގެ ހާލުހުރިވަރަކީ ޓްރައިބުނަލް ނުވަތަ ކޯޓުތަކުގައި ވަކާލާތުކުރުމުގެ ޕްރޮސީޖައިގެ އެންމެ އާދައިގެ ކަންތައްވެސް ނޭގޭ. ދައުވާލިބޭ މީހާއާއި ޝަރީއަތުގެ މަޖްލިސް ފެއްޓުމުގެކުރިންވެސް ޒުވާބުކުރާނެ.
ކޮވެލި
23 July 2020
މިތާނގައި މަތީ ތަޢޮލީމުގެ އެކްސްޕާޓުން ހާދަ ގިނައޭ ދޯ. ދެން އެކުއްޖާ އެ ތަނުން ކިޔެވީމަ ކޮންހާ ބޭކާރު އަނގައެއް؟
ތުއްތު
23 July 2020
ތިކަމުން ދެން ދިވެހިންނަށް އޮތް އުފަލަކީ ކޮބައި އެކަމަނާ ދެން ކަންތައް ކުރާނެ ގޮތަކީ ރާއްޖެއަށް އެނބުރި ނާންނާނެ ދިރިއުޅުއްވާނީ ދޮން މީހަކާ އިނދެގެން ވިލާތުގައި ރާއްޖެއަށް ވާނެ ފައިދާއެއްނެތް ތިކަމުގައި ބޭރު ޤައުމެއްގެ މީހަކު އޮކްސްފޯޑުން ޑިގުރީ ނެގިޔަސް އެއްވެސް ތަފާތެއް ނެތް
MOHAMED SHARAF
23 July 2020
މަރުހަބާ އީމާނަށައި ، ޝައްފާނަށް އަދި މަރުހަބާ ދެކުދިންގެ ޢާއިލާއަށް
ދިއްދޫ ހަންދަރު ޙަސަނު
23 July 2020
ތިކުރި ހިތްވަރަށް ހަމަ ސާބަސް
ރީތި މޫސަ
23 July 2020
ނަމަވެސް ތީގެ ފައިދާކުރާނީ ވަކިބަޔަކަށް ރާއްޖޭގަ ޖެހެނީ ސިޔާސީވާން އިތުރުގޮތެއްނޯންނާނެ ހަމަޖެހޭނީ ބައްޕަޔާއެއްގޮތަށް ކުރިޔަށްދާން
ޚަރިހަ
22 July 2020
މުސަންދިންނަށް ފަސޭހަ ވާނެ ކުޑައިރު ސުރެ މޮޅެތި ޓީޗަރުން ގަނެ ބޮދެތި ޔުނިވަރސިޓިގަ ކިޔަވަން. ޜާއްޖޭގެ އެންމެ ބޮޑެތި މުސަންދިންގެ ދަރިންގރ ވަހަކަ . ނެޕޮޓިސަމް. ފަގީރެެެއް މޮޅު ކަމެއް ކުރިއަސް އެ ވަހަކަ ދައްކާ މީހެއް ނޫޅޭ. ޙަވަޑް ތިޔަ ވުރެ މޮޅު ޔުނިވަރސިޓީގަ ކިޔެވި ކުއްޖާ ވަހަކަ ތާރިހަށް ނުލީ ކިއްވެބަ؟
މަރިޔަދުގެ
23 July 2020
ޑިމޮކްރަސީ އަކީ މުއްސަދިންނަށް އޮތްއެއްޗެއް. ފޮރ މަނީ، ބައި މަނީ، ޓު މަނީ. އެލީޓުން ތިބޭނީ ނިކަމެތިން ކަންބަޅިތަކަށް ހަދާފައި ޑިމޮކްރަސީއޭ ކިޔާފަ. ނަސީދަކީވެސް މަހުޖަނެއް. އޮޅިގެން އުޅެނީ ރައްޔިތުމީހާ.
ހުތާ
22 July 2020
މަރުޙަބާކިޔަން އީމާން އަށާއި އާއިލާށް، ގައުމު ފަހުރުވެރިވާފަދަ މީހަކަށްވެ އަދި ގައުމަށް އީމާންގެ ހިދުމަތް ލިބޭނެކަމަށް އުންމީދު ކުރަމެވެ. މިގައުމަކީ ގިނަ ބަޔަކު މަތީތައުލީމް އުގެނިފައިވާ ގައުމެކެވެ. މިތަނުން ކިޔަވާ ކުދިންގެ މަދީ ރިވެތި އަހުލާގެވެ.
މަރުހަބާ
22 July 2020
މަރުހަބާ އީމާން. މަރުހަބާ ޝައްފާން. މަރުހަބާ ދެކުދިންގެ ޢާއިލާ.
މުބްސް
22 July 2020
ޑރ. ނިޔާފް އަކީ ފުރަތަމަ ނިއުރޮލޮޖިސްޓް. އިހަކަށް ރޭ އެއުޅުނީ އެހެން ބައެއްގެ ސިޔާސީ އުންޑަ އެއް މިސްކިތު "ފުރާޅު" މަތިން ފޮނުވާލަން.