ޑރ. ޝައްފާން.
27 ސެޕްޓެމްބަރ 2025 - 03:06
ދުނިޔޭގައި އެންމެ މޮޅު އަދި ޝަރަފުވެރި ޔުނިވާސިޓީތަކުގެ ތެރޭގައި ހިމެނޭ، އިނގިރޭސި ވިލާތުގެ އޮކްސްފޯޑުން ޕީއެޗްޑީ ހާސިލްކުރި ފުރަތަމަ ދިވެއްސަށް، ޒުވާން ވަކީލް މުހައްމަދު ޝައްފާން ވެއްޖެ އެވެ.
އޯ ލެވެލް އަދި އޭ ލެވެލްގައި ވެސް ރާއްޖެ އިން އެއްވަނަ ހޯދައިގެން ރައީސްގެ ސްކޮލަޝިޕްގައި މަތީ ތައުލީމުގެ ދަތުރު ފެށި އުމުރުން 30 އަހަރުގެ ޝައްފާން ޕީއެޗްޑީގެ ހަތަރު އަހަރުގެ ކިޔެވުމަށް ފަހު އިއްޔެ ވަނީ ގްރެޖުއޭޓު ވެފަ އެވެ.
އޭނާ ތީސިސް ހެދީ ކޮޕީރައިޓް ގާނޫނުގައި ހިމެނޭ ޖިނާއީ ފިޔަވަޅުތަކުގެ ގާނޫނީ އަސާސްގެ މައްޗަށެވެ.
ޝައްފާން، "މިހާރު" އަށް ބުނީ ތީސިސްގެ މައްޗަށް ބިނާކޮށް ބައެއް ދިރާސާތަކާއި ލިޔުންތައް އޭނާ ލިޔަމުން އަންނަ ކަމަށެވެ. އަދި ރާއްޖޭގެ ކޯޓުތަކުގައި ވެސް ވަކާލާތު ކުރަމުން އަންނާތީ، މި ވަގުތު ދެ މަސައްކަތް ވެސް ކުރިއަށް ގެންދާނެ ކަމަށް އޭނާ ބުންޏެވެ.
ޕީއެޗްޑީ ފެށުމަށް ފަހު، މީގެ ފަސް އަހަރު ކުރިން "މިހާރު" އަށް ދިން އިންޓަވިއުއެއްގައި ޝައްފާން ބުނެފައި ވަނީ އޭނާގެ ހަޔާތުގައި މިހާތަނަށް ލިބުނު އެންމެ ބޮޑު ކާމިޔާބީއަކީ ޕީއެޗްޑީ ހެދުމަށް އޮކްސްފޯޑުން ފުރުސަތު ލިބުން ކަމަށެވެ. އެއީ، ދުނިޔޭގެ ގައުމުތަކުގެ އެންމެ މޮޅެތި 319 ދަރިވަރުންނާ ވާދަކޮށްގެން އޭނާ ހޯދި ފުރުސަތެކެވެ.
މާސްޓާސްގެ ނަތީޖާ ރަނގަޅުވުމުން، ޝައްފާން ޕީއެޗްޑީ ފުރިހަމަކުރުމަށް އޮކްސްފޯޑް ލޯ ފެކަލްޓީން ހަރަދުގެ އެއް ބައި ދޭ ސްކޮލަޝިޕެއް ލިބުނެވެ. އެ އިން ލިބެނީ "ޔޫކޭ/އީޔޫ-ލެވެލް"ގެ ހަރަދުތަކެވެ. އޭނާއަކީ އެ ސަރަހައްދުން ބޭރު ގައުމެއްގެ ދަރިވަރަކަށް ވުމުން އިތުރަށް ކުރަންޖެހޭ ހަރަދުތައް ކުރީ އަމިއްލައަށެވެ.
ސްކޫލުގައި ވެސް ދުނިޔޭގެ ފެންވަރުގެ ކާމިޔާބީތައް ހާސިލްކުރުމަށް ފަހު، ޝައްފާން ކިންގްސް ކޮލެޖް ލަންޑަނުން ޑިގްރީ ނިންމާލީ އެންމެ މޮޅު ދަރިވަރުންގެ ތެރޭގައި ހިމެނިގެންނެވެ. އޭގެ ފަހުން، ފިކުރީ މުދަލާ ބެހޭ ގާނޫނުން ހާއްސަވުމަށް އޮކްސްފޯޑުގެ އިތުރުން މަޝްހޫރު ކެމްބްރިޖް ޔުނިވަސިޓީން ވެސް ޝައްފާނަށް ފުރުސަތު ލިބުނެވެ. އެކަމަކު އޭނާ އިހުތިޔާރު ކުރީ އޮކްސްފޯޑެވެ.
އެ ކިޔެވުން ފުރިހަމަކުރީ ޔުނިވާސިޓީން ދިން 20،000 ޕައުންޑްގެ އެހީ ފޯރުކޮށްދޭ ސްކޮލަޝިޕުންނެވެ. އެ ސްކޮލަޝިޕް ލިބެނީ ކޯހަށް ހޮވޭ 90 ދަރިވަރުންގެ ތެރެއިން 8 ދަރިވަރަކަށެވެ.
ރާއްޖެއިން ބޭރުގައި ކިޔަވަމުން ވެސް ޝައްފާން ގެންދިޔައީ ރާއްޖޭގައި އަމިއްލަ ލޯ ފާމަކާއި ގާނޫނާއި ގަވާއިދުތައް ފެންނަ ވެބްސައިޓެއް ވެސް ހިންގަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އިމާދު
28 September 2025
ލާރި ހުރެފަ ހިތްވަރު ހުރިއްޔާ ވާނެ. ތިތަނުން ނިންމާލެވުން ތިއީ ވަރަށް ހަރަދު. ދެރަކޮއް ބުނަނީ ނޫން. މިއީ ހަގީގަތް
އެކްސިް
28 September 2025
މަރުހަބާ. މިއީ ރާއްޖޭގެ މޮޅެތި ކުދިންނަށް ވަރަށް ރަނގަޅު ނަމޫނާއެއް. ރައީސް ސްކޮލާޝިޕް ލިބޭ ކުދިން ދާން ވާނީ ޓޮޕް ޔުނިވާސިޓީ ތަކަށް. ފެނިފަ އެބަހުރި ވަރަށް ރޭންކު ދަށް ޔުނިވާސިޓީ ތަކަށް މޮޅެތި ކުދިން ދާތަން.
ތެފައާސާ.
28 September 2025
މަރުހަބާ. އޮކްސްފޯރޑުގެ ޕީއެޗްޑީ ހިއްޕަވައިގެން މިގައުމަށް ވަޑައިގަންނަވާނަމަ، ސިކުނޑީގައި ބައިންދަވާތި ތި ވަޑައިގަންނަވަނީ ނުލާހިކު ގާބިލް މީހުންތިބި ރާއްޖެއަކަށްކަން،. މިތަނުގައި ރަނގަޅު ވަޒީފާއެއް ހޯދަން ވާދަކުރަންޖެހޭނީ ތަޖުރިބާއާއި އިލްމާއި ހިލްމުން ފުރިގެން ތިއްބެވި ބޭބޭފުޅުންނާ. މިސާލަކަށް ބްރޮޑްކޮމް މުހަންމާކަލޯއާއި ތިބޭފުޅާ އެއްމަގާމަކަށް ވާދަކުރައްވައިގެން ތިބޭފުޅާއަށް ކުރިލިބޭނެތަނެއް މިގައުމުން އަޅުގަނޑުމެންނަކަށް ނުފެނޭ.
ކުލާހުން އަސާސީ ބޮޓޭކޯ
28 September 2025
ކިތަށް ރަންވަނަ ކިތަށް ހިންގުންތެރި އަޚްލާގް ހުރި މޮޅެތި ދަރިންތިބީ، އެހެނަސް އެކުދިންނަށް ގާނޫނު ހަދަން ވަދެ ތިބި މީހުންގެ އިލްމެއް ނެތްތާ ލަދުގެ ކަންފުޅެއް ނެތީމަ ދެރައީ.
މުޑަހަންޖާ
27 September 2025
ކުރީގައި އިނގިރޭސިން ހަދާ ފަހާފޮށި ކަހަލަ އެއްޗެހި މޮޅުވެގެން ރާއްޖޭ ގޭގޭގައިވެސް އެއެއްޗެހި ގެންގުޅުނު. އެކަމަކު މިހާރު އިނގިރޭސި ޔުނިވާސިޓީތަކުން ކިޔަވަދީގެން އެގައުމުން އަހަރަކު 10 ވަރަކަށްހާސް އީޖާދު ޕެޓެންޓަށް އެޕްލައިކުރާއިރު ޗައިނާއިން 1.6 މިލިއަން އާ އީޖާދު އެބަ އެޕްލައިކުރޭ. ޔުނިވާސިޓީ ރޭންކިން ހަދާފަ އަހަރެމެންގެ ފޯނުތަކަށް ފޮނުވަނީ ޔޫރަޕު ގުރޫޕު ގުރޫޕުންކަމަށްވާތީ އެމީހުން ހަދާ ރޭންކިން އޮންނަނީ އޮންނާނެ ގޮތަކަށް.
ސަލީމު އިދުރީސް
27 September 2025
އެހެންވެދޯ ހުޅަގުގެ ނަންހިގާ ޗުވާސިޓީތަކުގަ ބޮޑުބައެއް ޗައިނާ ދަރިވަރުން ހިއްސާކުރަނީ! އަނެއްމީހައް ލިބޭ މޮޅަކާ ހަސަދަ ވުމަކީވެސް ޒާތެއްގެ ބައްޔެއް ކޮންމެގޮތަކައް ވިއަސް މިކުއްޖަ މިހޯދީ ފަހުރު ވެރި މަގާމެއް
ދަވަންސް
27 September 2025
ގާނޫނީ ދާއިރާ ވަރަށް ފަސޭހަ ދާއިރާއެއް ފޭސް ޓު ފޭސް ކްލާސް ނަގަންނުޖެހޭނެއޭ ގާނޫނީ ވަކީލުންނަކީ ސިކުނޑިން ވިސްނުމަށްވުރެން ބޮޑަށް އެމެންނަށްލިބޭ ޑޮކިއުމެންޓްރީއެވިޑެންސް އަށް ބަލައިގެން ކަންކުރާ މީހުން ގާނޫނީދާއިރާ އިން އޮކްސްފޯރޑް އިން ޕީއެޗްޑީހެދުން އެހާ އެކްސްޓްރާއޯޑިނަރީ އެޗީވްމެންޓްކަމަށް ޑޭޓާސެޓްސް އަކުންނުދައްކާ ޑޭޓާސެޓްސްތައް ޓްރެއިން ކުރުމުން އެކަމަކު ސޮފްޓްވެއަރ އިންޖިނިއަރިންގް އިން ޕީއެޗްޑީ ހެދިނަމަ ޔޫއާރ ދަ ވަންސް ބީ އިން ދަވަންސް..
ޖޭޖޭޖޭ
27 September 2025
ޖޭވީދޯ؟ ގައިމު ވެސް ކުދި ގައުމުގެ ވާހަކައެއް ސެޓްފިކެޓް ގައި ލިޔެފައެއް ނެތް!!!! ގިނަ ޕީއެޗްޑީ ހަދާ ދިވެހިން ތީސީސް ހަދާފައި އޮންނަނީ ކުދި ގައުމުތަކަށް ހަވާލާދީގެން!!!!!
ލޮއްލަ
27 September 2025
މަރުހަބާ ޝައްފާން. ކަލޯ ނަމަނަމަ މިގައުމަށް އައިސް ގާނޫނީ މަސައްކަތް ނުކުރާތި.. ތިޔަ ކިޔެވި އެއްޗެއްވެސް އޮޅުންބޮޅުން އަރުވާލާނެ ކަހަލަ ފައްކާ ނުކުޅެދޭ ޝަރުއީ ނިޒާމެއް މިތާގަ އޮތީ.
ހަގީގަތް އޮޅުވާ ނުލާ!
27 September 2025
ނނނ، ދޮގު ނުހަދާ! ޔމނ އިރުގައި ވެސް އޭ ލެވަލް 5 މާއްދާއިން އޭ ސްޓާރ ހޯދީމާ ދުނިޔޭގެ ކޮންމެ ޔުނިވަރސިޓީއަކުން ވެސް ސަރުކާރުގެ ފުލް ފަންޑަޑް ސްކޮލަރޝިޕްދޭ! މީގައި އޮކްސްޕޯޑެއް ކެމްބްރިޖެއް އަދި ހަވާޑެއް ނުހިމެނިއެއް ނުދޭ! ޔމނ އިރުގެނައި ބަދަލަކީ 5 މާއްދާއިން އޭ ސްޓާރ (ޕްރެޒިޑެންޓްސް ސްކޮލް) ހޯދާކުދިންނަށް އެކަނި ސަރުކާރުގެ ޚަރަދުގައި ދުނިޔޭގެ ކޮންމެ ޔުނިވަރސިޓީއަކުން ކިޔެވޭގޮތް ހެދީ. ދެން 5 މާއްދާއިން އޭ (ހައި އެޗީވަރސް ސްކޮލް) ހޯދާކުދިންނަށް ހަމަ ސަރުކާރުގެ ޚަރަދުގައި ކިޔަވައިދިނަސް ދެވޭ ގައުމުތައް މަދުކުރީ. އބ ހަމައެކަނި ކުރިކަމަކީ، ޕްރެޒިޑެންޓްސް އަދި ހައި އެޗީވަރސް އެއްވަރުކޮށްލީ!
ވަންޗޫ
27 September 2025
ރާއްޖޭގެ އުއްތަމަ މަޑިޔާރުންނަށް މަތީ ކޯޓްތަކުގެ ސީނިއަރ ފަނޑީޔާރުންނަށް ލާންވީ މިކަހަލަ މޮޅަށް ޒަމަނީ މާލީ ނިޒާމްތަކަށް ލޯހުޅުވި ކިޔަވަައިގެން ނިކުންނަ ދަރިން. އޭރުން މިގައުމުގެ ރައްޔިތުންނަށް އިންސާފު ލިބޭނީ! ވިޔަފާރިތަކުގެ އިތުބާރުވެސް ހިފެހެއްޓޭނީ އޭރުން.
ޤައުމުގެ
27 September 2025
ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމަށް ވަޑައިގަތުމަށް ކޮންމެ ވެސް ދައުރެއްގައި މަސައްކަތް ކުރާށެވެ . އަޅުގަނޑު ގެ އުންމީދަކީ ވެރިކަން ލިބޭނެ ކަމަށެވެ
ހަރުދަނާކަންބޭނުމީ
27 September 2025
ތިކަހަލަ ވަސްވާސްދީގެން މިރާއްޖެއަށް ކިޔަވައިގެން މީހަކު ހަމައަންނަ ތަނުން އެމީހެއްގެ މުސްތަޤްބަލް ޚަރާބުކޮށްލަނީ. އެންމެންނަކީ ކޮންމެހެން ވެރިކަމަށް ފައިނަގާ ބަޔަކަށްވާކަށްނުޖެހޭ. އެހެންނަމަ، ބޭރުގައުމުތަކުގައިވެސް ވެރިކަމުގައި ތިބޭތަން ފެންނާނީ އެ ގައުމެއްގެ އެންމެ ޢިލްމީ ޤާބިލު ސިކުނޑިތަކުގެ ވެރިން. މީގެ މާނައަކީ ކޮންމެހެން ތަނުގައި ތިބި އެންމެ ޖާހިލު އަނިޔާވެރިން ވެރިކަމަށް ގެނައުމަށް މަގުތަނަވަސްވާން ތާއީދުކުރުމެއްވެސްނޫން!