ކޮރޯނާވައިރަސްގެ ނުރައްކާ އިތުރަށް ބޮޑުވެ، ރާއްޖޭގައި މި ބަލި ޖެހޭ މީހުންގެ އަދަދު ލޮކްޑައުންގެ ދުވަސްވަރަށް ވުރެ ވެސް މިހާރު ވަނީ އިތުރުވެފަ އެވެ. ޒަރޫރީ ކަމަކު ނޫނީ ބޭރަށް ނުގޮސް، އަމިއްލަ ލޮކްޑައުނެއްގައި ގޭގައި ތިބުން މިހާރު ވަރަށް ބުއްދިވެރި އެވެ. ގިނައިރު ގޭގައި ތިބެން ޖެހުނަސް ފޫހިފިލުވޭނެ ތަފާތު ގޮތްތައް، ގާތްގަނޑަކަށް ތިން މަސް ދުވަހަށް ދެމިގެންދިޔަ ލޮކްޑައުން ތެޜޭގައި އަހަރެމެން ދަސްކުރީމެވެ. މި ބަލި ހަމައަކަށް އެޅެންދެން އެކަން އާދައަކަށް ހަދަން ހިނގާށެވެ. -- އެގޮތުން ކުރެވޭނެ އެއް ކަމަކީ ފިލްމާއި ސީރީޒްތައް ބަލައިލުމެވެ. ސިނަމާތައް ބަންދުކޮށްފައި އޮތް ނަމަވެސް، ކޮންމެ ދުވަހަކު ވެސް ސްޓްރީމިން ޕްލެޓްފޯމްތަކުން އާ ފިލްމާއި ސީރީޒްތައް އަންނަނީ ދޫކޮށްލަމުންނެވެ.
އެންމެ ފަހުން ބެލި، އަލަށް ނިކުތް ފިލްމުތަކުގެ ތެރެއިން އެންމެ ރީތި ކަމަށް ފާހަގަވި ބައެއް ފިލްމުތަކުގެ ޓްރެއިލާ ލިސްޓެއް މިއޮތީ އެވެ؛ ސީރީޒްތަކުގެ ލިސްޓެއް މާދަމާ ދޭނަމެވެ.