މަސްތުވާތަކެއްޗާ އެކު ފުލުހަކު ހައްޔަރުކޮށްފި

މަސްތުވެގެން ހުރި ފުލުހަކު މަސްތުވާތަކެއްޗާ އެކު ކ. ކާށިދޫން މިއަދު ހައްޔަރުކޮށްފި އެވެ.


ފުލުހުން މިރޭ ބުނީ 33 އަހަރުގެ ފިރިހެން މީހާ މަސްތުވެގެން ހުރި ކަމަށް ތުހުމަތު ކުރެވިގެން ހައްޔަރުކޮށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތިން ޕެކެޓް ފެނިފައިވާ ކަމަށެވެ. މި ޕެކެޓްތައް ފެނުނީ އޭނާ ދިރިއުޅޭ ތަނުންނެވެ.

ފުލުހުން ބުނިގޮތުގައި އޭނާ ހައްޔަރުކޮށް ޔޫރިން ޓެސްޓުކުރިއިރު މަސްތުވާތަކެއްޗަށް ވަނީ ޕޮޒިޓިވްވެފަ އެވެ. އޭނާގެ ބަންދުގެ މުއްދަތު ކާށިދޫ މެޖިސްޓްރޭޓްކޯޓުން ވަނީ 10 ދުވަސް އިތުރުކޮށްފަ އެވެ.

އޭނާ އަކީ ކާށިދޫގައި މަސައްކަތް ކުރާ ފުލުހެއް ނޫނެވެ. އެހެން ރަށެއްގައި މަސައްކަތް ކުރާ އެ ފުލުސް މީހާ އެ ރަށަށް ގޮސް ހުރީ ޗުއްޓީގައި ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ. އެކި ކުށްތަކުގައި ދޭތެރެއަކުން ފުލުހުން ވެސް ހައްޔަރުކޮށް މައްސަލަ ބަލައި ވަޒީފާ އިން ވެސް ވަކިކުރެ އެވެ.