ޚަބަރު / ޕީޕީއެމްގެ ކޯޅުން

މައުމޫން ފެކްޝަނުގެ ރައްދު: މިއީ އާއިލީ ކަމެއް ނޫން، މުޅި މައްސަލައަކީ ބޮޑު ރޭވުމެއް

ރައީސް އަބްދުﷲ ޔާމީނާއި މައުމޫން ސަލާމް ކުރައްވަނީ: ދެ ބޭފުޅުންގެ ދެމެދު ޖެހުނު މައްސަލަ ބޮޑުވެ ޕާޓީ ވަނީ ދެ ފަޅިވެފައި.-- ފައިލް ފޮޓޯ: ރައީސް އޮފީސް

ޕީޕީއެމްގެ ތެރޭގައި ޖެހިގެން އުޅެނީ އާއިލީ މައްސަލައެއް ނޫން ކަމަށާއި އެ މައްސަލަ ކޯޓުގެ ހުކުމަކާ ހަމައަށް ގޮސްފައި ވާއިރު، މުޅި މައްސަލަ ހިނގަމުން އައިސްފައި ވަނީ ރޭވުމެއްގެ ދަށުން ކަމަށް ބުނެ، ކުރީގެ ރައީސް އަދި ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފެކްޝަނުން، ރައީސް އަބްދުﷲ ޔާމީނަށް މިއަދު ރައްދު ދީފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހްމަދު ޕީޕީއެމާ ގުޅިވަޑައިގަތުމަށް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ދަރުބާރުގޭގައި ބޭއްވި ހަފުލާގައި ރައީސް ޔާމީން ދެއްކެވި ވާހަކަފުޅަށް ރައްދު ދީ، މައުމޫން ފެކްޝަނުން މިރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނީ ޕާޓީއާ ގުޅޭ ގޮތުން ސިވިލް ކޯޓުން ކޮށްފައިވާ ހުކުމަށް ބަލާއިރު މިއީ ރޭވުމެއްގެ ދަށުން ހިނގަމުން އައި ކަމެއް ކަން އެނގޭ ކަމަށެވެ.

އެ ގޮތުން، ޕާލިމެންޓްރީ ގުރޫޕަކީ ޕާޓީ ހިންގުމުގެ އެއްވެސް ބާރެއް އޮންނަ ފަރާތަކަށް ނުވާއިރު، މައްސަލައާ ގުޅޭ ގޮތުން ވާހަކަ ދެއްކުމަށް މި މަހުގެ 16 ވަނަ ދުވަހުގެ ކުރިން މައުމޫނަށް، ޕީޖީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާން މުހުލަތެއް ދެއްވައި ސިޓީ ފޮނުއްވުމާއި މި މައްސަލައިގައި ސިވިލް ކޯޓުން 16 ވަނަ ދުވަހު ހުކުމް ކުރުމާ ގުޅުމެއްވާ ކަމަށް އެ ފެކްޝަނުން ތުހުމަތު ކުރެ އެވެ.

މައުމޫން ފެކްޝަނުން ނެރުނު ބަޔާނުގައި ބުނީ ޕީޕީއެމްގެ މައްސަލައިގައި ރައީސް ޔާމީން އެ ރޭ ވާހަކަ ދެއްކެވީ ހަގީގަތް އޮޅޭ ގޮތަށް ކަމަށާއި މިއީ އެއް އާއިލާއެއްގެ ދެ ފަރުދުންގެ ދެމެދުގައި އުފެދިގެން އުޅޭ ޒާތީ މައްސަލައެއް ނޫން ކަމަށެވެ. އެކަމަކު އަސްލު މައްސަލައަކީ ޕީޕީއެމްގެ އަސާސީ ގަވައިދާ ކަނޑައެޅިގެން ހިލާފަށް، ބައެއް މެމްބަރުންނާއި ޕާޓީގެ ބައެއް ގުނަވަންތަކުން އަމަލު ކުރުން ކަމުގައި ބަޔާނުގައި ބުންޏެވެ.

ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ހަފުލާގައި ރައީސް ޔާމީން ވިދާޅުވީ ޕީޕީއެމްގެ ތެރޭގައި ޖެހިގެން އުޅޭ މައްސަލަ މަޝްވަރާކޮށްގެން ހައްލު ކުރެވިދާނެ ކަމަށެވެ. އަދި މައުމޫނަކީ "ލޯބިވާ ބޭބެ" ކަމަށް ވާތީ އެއްވެސް ކަމަކަށް ރައްދު ދޭން ބޭނުން ނުވާ ކަމަށް ވެސް ރައީސް ޔާމީން އެ ރޭ ވިދާޅުވި އެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވާހަކަ ދައްކަވަނީ: ވާހަކަ ދައްކައިގެން މައްސަލަތައް ހައްލު ކުރެވޭނެ ކަމަށް ވިދާޅުވި.-- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު

މައުމޫން ފެކްޝަނުން ނެރުނު ބަޔާނުގައި ބުނީ ރައީސްގެ އެ ވާހަކަފުޅު އެއްވެސް މީހަކު ގަބޫލު ނުކުރާނެ ކަމަށާއި މަސްލަހަތު ފުށުއަރާ ގޮތަށް، ޕާޓީގެ އަސާސީ ގަވައިދާ ހިލާފަށް ގާނޫނު އަސާސީ އަށް އިސްލާހުތަކެއް ގެނެސްފައި ވާއިރު، އެ ކަންކަން އިސްލާހު ނުކޮށް، ވާހަކަ ދައްކައިގެން ހައްލު ކުރެވޭނެ މައްސަލައެއް އޮތް ކަމަށް ނުފެންނަ ކަމަށެވެ. އަދި ވާހަކަ ދައްކައިގެން މައްސަލައެއް ހައްލު ނުވެއްޖެ ނަމަ އޮންނަ ގޮތަކީ ކޯޓަށް ދިއުން ކަމަށް ރައީސް ވިދާޅުވި ނަމަވެސް، ވާހަކަ ދައްކައިގެން ހައްލު ކުރުމަށް މިހާތަނަށް އެއްވެސް ވަރަކަށް އެ މަނިކުފާނު މަސައްކަތް ކޮށްފައި ނުވާ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ.

ޕާޓީގެ އެންމެ ބާރުގަދަ ގުނަވަނަކީ ކައުންސިލް ކަމަށާއި ޕީޕީއެމްގެ ޕާލިމެންޓަރީ ގްރޫޕުން ވެސް އަމަލު ކުރަން ޖެހޭނީ ކައުންސިލްގެ ލަފައާ އިރުޝާދުގެ މަތިން ކަމަށް ބަޔާނުގައި ބުުނެފައި ވެ އެވެ. އެކަމަކު ރާއްޖޭގެ މިނިވަން ކަމާއި ސިޔާދަތާއި އިސްލާމްދީނުގެ ހަމަތަކާ ހިލާފަށް ބިލްތައް މަޖިލީހަށް ހުށަހަޅައި ޕީޖީ ގުރޫޕުގެ ތާއީދާ އެކު ފާސްކުރަމުން ދަނީ، ޕާޓީގެ ރައީސް މައުމޫނާއި ކައުންސިލަށް ވެސް އެނގުމެއް ނެތި ކަމަށް އެ ފެކްޝަނުން ބުންޏެވެ.

އެކަމަކު އެ ގޮތަށް އަމަލު ނުކުރުމަށް އެދި ޕީޖީ ގުރޫޕުގެ ލީޑަރު ނިހާނަށް މީގެ ދެ އަހަރު ކުރިން މައުމޫން ފޮނުއްވި ސިޓީ އަށް މިހާތަނަށް ޖަވާބު ލިބިފައި ނުވާއިރު، އެ މައްސަލަތައް ނިންމުމަށް ޕީޖީ ގުރޫޕުން ބޭއްވި ބައްދަލުވުންތަކުގެ ޔައުމިއްޔާ ފޮނުވުމަށް ތަކުރާރުކޮށް އެދުނު އެދުމަށް ވެސް އިޖާބަ ދީފައި ނުވާ ކަމަށް ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައި ބުނި ގޮތުގައި ޕާޓީގެ ކައުންސިލް ބައްދަލުވުމެއް ނުބޭއްވި ގިނަ ދުވަސްވެފައިވާ އެންމެ ބޮޑު ސަބަބަކީ، ސުލޫކީ ކޮމެޓީން ވަކިކޮށްފައިވާ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނާއި ކައުންސިލް މެމްބަރު އައިމިނަތު ނާދިރާ މިދިޔަ ޖުލައި މަހު ބާއްވަން އުޅުނު ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވުން ކަމަށް ރައީސް ޔާމީންގެ ފެކްޝަނުން ދަނީ ބުނަމުންނެވެ.

އެ ބައްދަލުވުމުން ޕީޖީ ގުރޫޕުގެ މެމްބަރުން ނުކުމެވަޑައިގަތީ، ބަޔާނުގައި ބުނި ގޮތުގައި، ހައިރާން ކުރަނިވި ގޮތަކަށެވެ. އެގޮތުން ޕީޕީއެމްގެ އޭރުގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ޕީޖީ ލީޑަރު ނިހާނަށް ފޯނު ކޯލެއް އައިސްގެން ދެ ބޭފުޅުން ބައްދަލުވުމުން ނުކުމެވަޑައިގެން ކަމަށާއި އެނބުރި ވަޑައިގަތުމަށް ފަހު، "އަޅުގަނޑުމެން ނުކުންނަނީއޭ ވިދާޅުވެ، ޕީޖީގެ ހުރިހާ މެމްބަރުންނާއި ކައުންސިލްގައި ހިމެނޭ ސަރުކާރުގެ އިސް ވެރިން ގޮވައިގެން ނުކުމެވަޑައިގަތީ ކަމަށް" ބަޔާނުގައި ބުންޏެވެ.

މިދިޔަ ޖުލައި މަހު ބޭއްވި ޕީޕީއެމްގެ ކައުންސިލް ބައްދަލުވުން ދޫކުރައްވައި ނުކުމެވަޑައިގެންނެވި ރައީސް ޔާމީނަށް ތާއީދުކުރައްވާ ބޭފުޅުން ޕީޕީއެމްގެ އޮފީސް ބޭރުގައި.-- ފައިލް ފޮޓޯ: މިހާރު

އެކަމަކު، އެ މެމްބަރުން އެ ތަނުން ނުކުމެވަޑައިގަތީ މަޖުބޫރުވެގެން ކަމަށް ފަހުން ވިދާޅުވެފައިވާ ކަމަށް ބަޔާނުގައި ބުންޏެވެ.

"މިކަން ހިނގާ ދިޔަ ގޮތަށް ބަލާއިރު، ކައުންސިލްގެ ގިނަ މެންބަރުންނަކީ ކައުންސިލްގެ ބޭރުން އަންނަ ފޯނު ކޯލްތަކަށް އަމަލު ކުރައްވަން ޖެހޭ މަޖުބޫރީ ހާލަތެއްގައިވާ ބޭފުޅުންތަކަކަށް ވުމުން، ކައުންސިލްގެ އިތުރު ޖަލްސާތަކެއް ބޭއްވުމުގެ ހަގީގީ މާނައެއް އޮތް ކަމާ މެދު ވަނީ ސުވާލު އުފެދިފަ އެވެ،" ބަޔާނުގައި ބުނެފައިވެ އެވެ.

ކައުންސިލް ބައްދަލުވުންތައް ނުބާއްވަން ނިންމި އަނެއް ސަބަބެއްގެ ގޮތުގައި މައުމޫންގެ ފެކްޝަނުން ފާހަގަކޮށްފައި ވަނީ ޕާޓީގެ ކަންކަމާ ގުޅޭ ގޮތުން މައުމޫންގެ މައްޗަށް ދައުވާ ކުރަން ފޮނުވުމެވެ. އޭގެ ބަދަލުގައި، އެންމެ ތަހުޒީބީ އުސޫލަކަށް ވާނީ މައްސަލައެއް އޮތް ނަމަ، އެންމެ ފުރަތަމަ ވާހަކަ ދައްކައިގެން މައްސަލަ ހައްލުކުރުން ކަމަށާއި އެކަމަކު އޭގެ ބަދަލުގައި މައްސަލަ ޝަރީއަތަށް ހުށަހަޅައިގެން އެ މަނިކުފާނުގެ އަގުވައްޓާލައި ޕާޓީ ހިންގުމުގެ ގާނޫނީ ބާރުތައް ނިގުޅައިގަތުމަށް މަސައްކަތް ކުރީ ކަމަށް އެ ބަޔާނުގައި ބުންޏެވެ.

ރައީސް ޔާމީންގެ ފެކްޝަނުގަ އާއި މައުމޫންގެ ފެކްޝަނުގައި ވެސް ކައުންސިލަކާ އެކު ދެ ލީޑަޝިޕް އުފެދިފައި ވާއިރު، ކޮންމެ ފަޅިއަކުން ވެސް ދެކެނީ އަނެއް ފަރާތުގެ ނިންމުންތައް ސައްހަ ނުވާނެ ކަމަށެވެ. ކޮންމެ ފެކްޝަނަކުން ވެސް ބުނަނީ ސައްހަ ޕީޕީއެމް އަކީ އެ ބަޔަކު ކަމަށެވެ.

އެ މައްސަލައިގައި، ސިވިލް ކޯޓުން ވަނީ ޕާޓީ ހިންގުން ރައީސް ޔާމީނާ ހަވާލުކޮށްފަ އެވެ. އެ ހުކުމް ގަބޫލުނުކޮށް، މައުމޫންގެ ފެކްޝަނުން ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުން ވެސް ވަނީ ދަށު ކޯޓުގެ ހުކުމަށް ތާއީދުކޮށްފަ އެވެ. އެހެންވެ، ދައުލަތުގެ އިދާރާތަކުން މިހާރު ބަލައިގަންނަނީ ރައީސް ޔާމީންގެ ފެކްޝަނުން ނިންމާ ނިންމުންތަކެެވެ.

31 ކޮމެންޓް, 135 ރިއެކްޝަންސް

icon happy icon happy 23%
icon sad icon sad 7%
icon angry icon angry 70%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ދޮގެއްތަ؟

25 October 2016

"ލޯބިވާ ބޭބެ" "ފައްސަތޭކަ ޕަސެންޓް ތާއީދު ކުރައްވާ ނައިބު ރައީސް"! މަނިކުފާނުގެ ވާހަކަފުޅާ ނަޝީދުގެ ވާހަކައާ ތަފާތު ކުރާނީ ފަހެ ކޮންފަދައަކުން. ހުރިހާ ކަމެއް ކުރައްވަން ތިއުޅުއްވަނީ ނައިބުރައީސްކަން ދިނުމާއި ވަކިކުރުމުގައި އަމަލު ކުރައްވާ އުސޫލުން ކަމަށްވާނަމަ ނަތީޖާ ރަނގަޅެއް ނުވާނެ. މިފަހަރު ކައުންސިލް އިންތިޚާބުގައިވެސް ޕީޕީއެމް ރަނގަޅު ބޮނޑިއެއް ބޯނެ ކަމަށް ލަފާ ކުރެވެނީ.

The name is already taken The name is available. Register?

ރޭވުން

25 October 2016

ހިތަށް އަރަނީ ކީއްވެ ބާވޭ މިހުރިހާ ވަރެއްވެ ދާއިރުވެސް ރައީސް މައުމޫނު ކުރެއްވި ތާއީދު އަނބުރާ ނުގެންދަވަނީ. 2018 އަންނައިރު ތިކުރައްވާ ތާއީދު ދެމެހެއްޓުން އެއީ އެކަށީގެންވާ ކަމެއް. ހަމަ ރޭވުމަކަށް ވަނީ

The name is already taken The name is available. Register?

ކާމިނީ އާއިލާ

25 October 2016

އާއިލާގެ ކަމެއް ނޫން ކަމެއް ނޭގޭ. މައުމޫން ފެކްޝަން ގެ ކައުންސިލްގެ ދެބައިކުޅަ އެއްބައި މީހުންނަކީ އާއިލާގެ ބޭފުޅުން. މައްސަލައިގެ އަސްލަކީ ވީ.ޕީ ގެ މަގާމޭ ކިޔާ އަޑު ވަރަށް އިވޭ.

The name is already taken The name is available. Register?

ބޯގޯސް

25 October 2016

ކޮއްކޯއަށް ދިން ތަރުބީޔަތު ވަރަށް ރަނގަޅު. އެއްބަޑު ބޭބެ އާއި ދޭތެރޭ މިގޮތައް ކަންތައް ކޮއްފި މީހަކު ރައްޔިތުންނާއިމެދުގައި ކިހިނެތް ކަންތައް ކުރާނީ؟

The name is already taken The name is available. Register?

އަލީ

25 October 2016

މައުމޫން ހޮޕް ހޮޕް

The name is already taken The name is available. Register?

ޒާ

25 October 2016

މައުމޫން މި ކިޔާ އެއްޗެއް ދެކޮޅެއް ނުޖެހޭ. އެއްފަހަރު ބުނާ ޕާޓީގެ ކަންކަމާއި ހިންގާ ގޮތާއި ޕީޖީގުރޫޕުން ކުރާ ކަންތައްތަކާއި ގުޅެއް ވެސް ބެހުމެއްވެސް ނޯންނާނެއޭ. އަނެއްބައި ފަހަރު މި ބުނަނީ ޕީޖީގުރޫޕަކީ ޕާޓީގެ ގުަނަވަނެކޭ އެގުރޫޕުން ކަންކަން ކުރަންވާނީ މައުމޫނު އަންގާގޮތަށޭ. ކީކޭތަ އެ ކިޔަނީ. ހުރިހާ ކަމެއް އަދިވެސް މައުމޫނުގެ ބާރުގެ ދަށުގައިތަ އޮންނަންޖެހެނީ. 30 އަހަރު ނުފުދޭތަ؟ ލިބުނު ޢިއްޒަތް ކުޑައީތަ؟ މި ވެރިކަމުގައި ތިހެން ރީތިކޮށް ހުރެވޭތީވެސް ޝުކުރުކޮށްބަލަ. ނަޝީދުގެ ވެރިކަމުގައި ދެކޮޅަށް ދެމި ހަނދުމަފުޅުނެތްދޯ؟ ތިބޭފުޅާ ނޫނަސް އެހެން މީހުންވެސް މިގައުމުގައި ވެރިކަންކަން ކުރެވެންޖެހޭނެ.

The name is already taken The name is available. Register?

މާމުއި

25 October 2016

" ކާކައްތަދާނައީކުޅަ، ވާގިލާރުންޖަހާދަމުގު ލާކަށެއް އިރާދަމުގު"

The name is already taken The name is available. Register?

ދނ

25 October 2016

ވެރިކަން ބޭނުންވީމާ އެމެރިކާގެ ޑިމޮކްރަސީ. އެމެރިކާގައިވެސް ސިޓިންގް ޕްރެޒިޑެންޓަށް 2 ވަނަ ޓާރމެއް ލިބެޔޯ ޕްރައިމަރީއަކާއި ނުލައި. ސަބްސިޑީ ކަނޑާލަންވީމަ އިންޑިއާގެ ފަޤީރުންހާ ފަޤީރުތޯ މިބަލަނީ. ކަލޭމެނަށް ވަރަށް ސަލާން.

The name is already taken The name is available. Register?

މަހޭ

25 October 2016

މިއީ ވަރަށް ބޮޑު އޮޅުވާލުމެއް. އެމެރިކާގެ ސިޓިން ޕުރެސިޑެންޓަށް ޕުަރައިމަރީ އަކާ ނުލާ ދެވަނަ ޓާމެއް ނުލިބޭ. އިތުރު ވާދަވެރިޔެއް ހުރިއްޔާ ޕުރައިިމެރީގައި ރައީސްވެސް ވާދަ ކުރަން ޖެހޭ.

The name is already taken The name is available. Register?

ފަޤީރުކަލޯ!

25 October 2016

ތީ ރޭވުމެއްކަން ގިނަ "މީހުން" ނަށް އެނގޭ! އަދި ތިރޭވުމުގެ އަޑީގައި ވަރަށް ބޮޑަށް ފޮރޮވިގެން ހުރީ މައުމޫނުކަންވެސް އެ "މީހުން" ނަށް އެނގޭ! ވައްސަލާމް!!!

The name is already taken The name is available. Register?

ހަސަން.

25 October 2016

ތީމާ ބޮޑު ކަމެއްނޫން. މައުމޫނު މިއަދުވެސް ޓީވީ ތަކަށް އަރައި ވަޑާއިގެން ވިދާޅުވާންވީ މިސަރުކާރަށް ތިމަންމަނިކުފާނު ދެއްވައިގައި އުޅުއްވާ ތާއިދު އަބުރާ ގެންދަވައިފީމޭ. ރައީސް މައުމޫނާއި އެކީގައި އަބަދުވެސް ހުންނަވާ ބޭފުޅެއް އުމަރަކީ އެކަމަކު މިފަހަރުވެސް އުމަރަށް ލަޑުލިބޭނެކަން ޔަގީން. އެންމެފަހުން މައުމޫނާއި ހުރިހައި ދަރިކަލުންނާއި ދަރިކަބަލުންތައް ގޮސް ޔާމީންގެ ފަހަތަށް އަރާނެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454