ސްޓްރީމިން ސާވިސްތަކަށް ފުލުފުލުން އާ ފިލްމާއި ސީރީޒްތައް އަންނަމުންދާ މި ދުވަސްކޮޅު، މުޅިން އާ ފިލްމީ ބޮޑެތި ނިމުންތައް ނިންމައި، މީގެ ތެރެއިން ބައެއް މަސައްކަތްތައް ވެސް މިހާރު ފަށައިގެން ކުރިއަށް އެބަގެންދެ އެވެ. އަދި ލޮކްޑައުންގެ ތެރޭގައި ވަރަށް ސިއްރުން ވެސް ފިލްމެއްގެ މަންޒަރުތައް ނަގާ ނިންމާލައިފި އެވެ. ކޮވިޑް-19ގެ ހާލަތު ހަމައަކަށް އެޅެންދެކަށް، ސިނަމާގައި އަޅުވަން ހުއްޓުވާފައި ހުރި ބައެއް ފިލްމުތައް ވެސް އެންމެފަހުން ސްޓްރީމިން ޕްލެޓްފޯމުތަކުގައި އަންނަނީ ދައްކަމުންނެވެ. -- މި ބަލާލަނީ ބޮލީވުޑް، ހޮލީވުޑް އަދި އެކި ބަސްތައް ހިމޭނެ ގޮތަށް މި ލޮކްޑައުން ތެރޭގައި އިއުލާންކުރި ބައެއް ބޮޑެތި ފިލްމީ މަސައްކަތްތަކަށެވެ.

ޒެންޑޭއާ އާއި ޖޯން ޑޭވިޑް އުޅޭ "މެލްކަމް އެންޑް މެރީ"

"މެލްކަމް އެންޑް މެރީ" ގެ މަންޒަރެއްގައި ޒެންޑޭއާ އާއި ޖޯން ޑޭވިން.
"މެލްކަމް އެންޑް މެރީ" ގެ މަންޒަރެއްގައި ޒެންޑޭއާ އާއި ޖޯން ޑޭވިން.

ޒެންޑޭއާ ލީޑު ކުޅުނު އެޗްބީއޯގެ މަގުބޫލް ޓީން ޑްރާމާ "ޔޫފޯރިއާ" ގެނެސްދިން ޑައިރެކްޓަރު، ސޭމް ލެވިންސަންގެ މަސައްކަތެކެވެ. ކުޑަ ކާސްޓަކާ އަދި ކްރޫއަކާ އެކު ލޮކްޑައުންގެ ތެރޭގައި، ވަރަށް ސިއްރުން މި ފިލްމުގެ މަންޒަރުތައް ވަނީ ނަގާ ނިންމާލައިފަ އެވެ. މަންޒަރުތައް ނެގި ތަން ވެސް ވަނީ ސިއްރުކޮށްފަ އެވެ. މި ފިލްމުގައި ކިޔާދޭނީ ކައިވެންޏެއްގައި ޖެހޭ މައްސަލަތެކެކެވެ. ބައެއް ރިޕޯޓްތައް ބުނާގޮތުން މި ފިލްމުގައި ދައްކާނީ ނެޓްފްލިކްސް އިން މިދިޔަ އަހަރު ގެނެސްދިން "މެރީޖް ސްޓޯރީ" ވެސް ހިނގި ކަހަލަ ކަންތައްތެކެކެވެ.

ނިއު ޔޯކް ޓައިމްސްގައި ޝައިއުކުރި ވާހަކައެއް ޑްރާމާއަކަށް ހަދަނީ

އެމެރިކާގެ ނޫސްވެރިޔާ އެލަން ބެރީ މިދިޔަ އަހަރު ނިއު ޔޯކް ޓައިމްސް އަށް ލިޔުނު ވާހަކައެކެވެ. ނަމަކީ "ދި ޖަންގަލް ޕްރިންސް އޮފް ދެލީ" އެވެ. ކިޔައިދެނީ އިންޑިއާގެ ޝާހީ ދަރިފަސްކޮޅުގެ ބައެއް ކަމަށް ދައުވާ ކުރާ އާއިލާއެއްގެ ވާހަކަ އެވެ. އެމެޒަން އިން މިހާރު ވަނީ މި ވާހަކަ ޑްރާމާ ސީރީޒެއްގެ ގޮތުގައި ގެނެސްދިނުމަށް ގަނެފަ އެވެ. އެމަޒަން އިން މި މަސައްކަތް ހަވާލުކުރީ އިންޑިއާގެ ޑައިރެކްޓަރު މީރާ ނައިރްއާ އެވެ. މީރާ އަކީ މިހާރު ބީބީސީ ވަން އިން ދައްކަމުން އަންނަ ޑްރާމާ "އަ ސުއިޓެބަލް ބޯއީ" ގެ ޑައިރެކްޓަރެވެ.

ރުސޯ ބްރަދާސްގެ "ދި ގްރޭ މޭން"

އެމެރިކާގެ އެކްޓަރު ރަޔަން ގޮސްލިން އާއި ކްރިސް އީވަންސް.
އެމެރިކާގެ އެކްޓަރު ރަޔަން ގޮސްލިން އާއި ކްރިސް އީވަންސް.

ކްރިސް ހެމްސުވޯތު އާއި ރަންދީޕް ހޯޑާ ލީޑު ކުޅުނު، ރުސޯ ބްރަދާސްގެ ވީ ނެޓްފްލިކްސްގެ ބޮޑު ހިޓަކަށެވެ. އެއަށް ފަހު ދެން ނެޓްފްލިކްސްގެ ގެންނާނެ އެންމެ ވަރުގަދަ މަސައްކަތަކަށް ވާނީ ހަމަ ރުއްސޯ ބްރަދާސްގެ "ދި ގްރޭ މޭން" އެވެ. މިފަހަރު ވަރުގަދަ ދެ ސްޓާރުންނާ ވެސް އެކު އެވެ. ރަޔަން ގޮސްލިން އާއި ކްރިސް އިވަންސްއާ އެކު އެވެ. މާވެލްގެ ޑައިރެކްޓަރުން ކަމަށްވާ ރުސޯގެ ދެބެއިން މި ފިލްމު ގެނެސްދެނީ އެމެރިކާގެ ވާހަކަލިޔުންތެރިޔާ މާކް ގްރީނީ ލިޔެފައިވާ ޖާސޫސީ ވާހަކައެއްގެ މައްޗަށެވެ.

"ޖަސްޓިސް ލީގު" ގެ ސްނައިޑާ ކަޓް

އައްލޫ އަރްޖުންގެ އާ ފިލްމެއް

ތަމަޅަ އެކްޓަރު އައްލޫ އަރްޖުންގެ އާ ފިލްމުގެ ޓީޒާ ޕޯސްޓަރު.
ތަމަޅަ އެކްޓަރު އައްލޫ އަރްޖުންގެ އާ ފިލްމުގެ ޓީޒާ ޕޯސްޓަރު.

ތަމަޅަ ފިލްމުތަކަށް ލޯބިކުރާ މީހުން ހޭ ކެނޑޭ ކަހަލަ ޙަބަރެކެވެ. ދެކުނު އިންޑިއާ ސިނަމާގެ އެންމެ މަގުބޫލު މޫނު ކަމަށްވާ އައްލޫ އަރްޖުންގެ އާ ފިލްމެކެވެ. އައްލޫ އެންމެފަހުން ފެނުނީ މިއަހަރު ކުރީ ކޮޅުގައި ނެރުނު މަސާލާ ފިލްމު "އަލާ ވައިކުންތަޕުއްރަމުލޫ" އިންނެވެ. ފިލްމު ޑައިރެކްޓުކުރަނީ ތަމަޅަ ސިނަމާގެ މަޝްހޫރު ޑައިރެކްޓަރެއް ކަމަށްވާ ކޯރާޓަލާ ސިވާ އެވެ. މީގެ ޓީޒާ ޕޯސްޓަރެއް ވަނީ އާންމުކޮށްފަ އެވެ.

ޕްރައައްބާސްއާ އެކު ދީޕިކާ ޕަދުކޯން

ބޮލީވުޑްގެ އެކްޓްރެސް ދީޕިކާ ޕަދުކޯން އާއި ދެކުނު އިންޑިއާގެ އެކްޓަރު ޕްރައައްބާސް.
ބޮލީވުޑްގެ އެކްޓްރެސް ދީޕިކާ ޕަދުކޯން އާއި ދެކުނު އިންޑިއާގެ އެކްޓަރު ޕްރައައްބާސް.

ބޮލީވުޑާއި ދެކުނު އިންޑިއާ ސިނަމާގެ އެންމެ މަގުބޫލު މޫނުތަކުން ދެ ތަރިންނެވެ. މި ފިލްމާ ގުޅޭ މާ ގިނަ ވާހަކަތަކެއް އަދި އާންމެއް ނުކުރެ އެވެ. ނަން ވެސް ނޭނގެ އެވެ. އެކަމަކު ނަގް އަޝްވިން ޑައިރެކްޓުކުރާ މި ފިލްމުން ދީޕިކާ ޕަދުކޯން އާއި ޕްރައައްބާސް ފެންނާނެކަން ޔަގީނެވެ.

އެމީ އެޑަމްސްގެ އާ ފިލްމެއް

ކޮމެޑީ ރޯލުތަކުން ބޮޑު މަގުބޫލުކަމެއް ހޯދި އެމެރިކާގެ އެކްޓްރެސް އެމީ އެޑަމްސްގެ އާ ފިލްމަކީ ވެސް ޑާކް ކޮމެޑީއެކެވެ. އެމެރިކާގެ ވާހަކަލިޔުންތެރިޔާ ރޭޗަލް ޔޯޑާ އަންނަ އަހަރު ނެރޭ ވާހަކައެއް ކަމަށްވާ "ނައިޓްބިޗް" އަށް ބިނާކޮށް ގެނެސްދޭ މި ފިލްމުގައި ދައްކާނީ އަލަށް ދަރިއަކު ލިބޭ އަންހެނަކަށް ދިމާވާ އާދަޔާ ހިލާފު ކަންތައްތަކެކެވެ.

ކެޓްރީނާ، ސިދާތު އަދި އިޝާންގެ "ފޯން ބޫތު"

ހޮރޯ ކޮމެޑީސް އަކީ މިހާރު މަޑުމަޑުން ބޮލީވުޑްގައި މަގުބޫލުވަމުން އަންނަ ޖޯންރާއެކެވެ. ކެޓްރީނާ ކައިފް، ސިދާތު ޗަތުރްވޭދީ އަދި އިޝާން ކައްޓާ ލީޑު ކުޅޭ މި ފިލްމަކީ "ގޯސްޓްބަސްޓާ" ގެ ސްޓައިލަށް ބޮލީވުޑްގެ ރަހަތަށް އެއްކޮށްގެން ގެނެސްދޭ ފިލްމެއް ކަމަށްވެ އެވެ.

ޑޭވިޑް ޖޯހާންސެންގެ ހަޔާތަށް މާޓިން ސްކޯސެސީ ގެނެސްދޭ ޑޮކިއުމެންޓްރީ

ޕަންކް ރޮކް ބޭންޑް "ނިއު ޔޯކް ޑޯލްސް"ގެ ލީޑު ވޯކަލިސްޓް ޑޭވިޑް ޖޯހާންސެންގެ މިއުޒިކީ ހަޔާތް ދައްކުވައިދިނުމުގެ މަސައްކަތާއި ހަވާލުވީ ހޮލީވުޑްގެ ފުންނާބު އުސް ޑައިރެކްޓަރު މާޓިން ސްކޯސެސީ އެވެ. މާޓިން ވަނީ މީގެ ކުރިން ވެސް ޑޮކިއުމެންޓްރީތައް ގެނެސްދީފަ އެވެ. އޭގެ ތެރޭގައި "ދި ބްލޫސް"، "ދި ލާސްޓް ވޯލްޓްޒް