ވިޔަފާރި / އުރީދޫ

މެސީއާ އެކު ޒުވާން މަސްވެރިޔާ ސާޖިން އުރީދޫގެ ކެމްޕޭނެއްގައި

އުރީދުގެ އާ އިސްތިހާރުގައި މެސީ އާއި ރާއްޖޭގެ ޒުވާން މަސްވެރިޔާ ސާޖިން

އުރީދޫ ގްރޫޕުގެ ބްރޭންޑް އެމްބެސެޑަރު އަދި މަޝްހޫރު ފުޓުބޯޅަ ތަރި ލިއޮނެލް މެސީ އާއި އުރީދޫ މޯލްޑިވްސްގެ ބްރޭންޑް އެމްބެސެޑަރު "ޒުވާން މަސްވެރިޔާ"، ހަސަން ސާޖިންއާ އެކު އުރީދޫން ބައިނަލްއަގުވާމީ ކެމްޕޭނެއް ފަށައިފި އެވެ.

މި ކެމްޕައިންގެ ފުރަތަަމަ ވީޑިއޯގައި ގަސްތަކެއްގެ ތެރޭގައި މެސީ ދުވަމުން ގޮސް ހުއްޓެނީ ސްޕޭސްޝިޕެއް މަތިން ތިރިކުރާތަން ފެނި ހައިރާންވެގެންނެވެ. އަދި އޭގެ ތެރެއަށް މެސީ ނަގައިގަނެ އެވެ. އެ މަންޒަރު ބަލަން ކެފޭއެއްގައި ސާޖިން އިނދެ އެވެ. އެކަމަކު އިންޓަނެޓް ސްލޯވެގެން މެސީ އާއި ސްޕޭސްޝިޕްގެ މަންޒަރުތައް ގެއްލެ އެވެ. އެވަގުތު ކައިރީގައި މީހަކު ހުރިހެން ހީވެގެން ސާޖިން ބަލައިލި އިރު، އެއީ މެސީ އެވެ.

އުރީދޫގެ މި ވީޑިއޯއިން ދައްކައިދެނީ އިންޓަނެޓްގެ އެންމެ އިތުބާރު ބޮޑު ނެޓްވޯކަށް ބަދަލުވުމުގެ މުހިންމުކަމެވެ.

ދުނިޔޭގެ އެންމެ މަޝްހޫރު އެއް ފުޓްބޯޅަ ކުޅުންތެރިޔާއާ އެކު މިކަހަލަ އިސްތިހާރެއްގައި ބައިވެރިވުމުގެ ފުރުސަތު ލިބުމަކީ ސާޖިންއަށް ވެސް ބޮޑު އުފަލެކެވެ.

މި ވީޑިއޯގެ މަންޒަރުތައް ނަގާފައިވަނީ މި އަހަރު ކުރީކޮޅު ދެކުނު އެފްރިކާގަ އެވެ.

އުރީދޫ މޯލްޑިވްސްގެ ސީއީއޯ ނަޖީބު ޚާން ވިދާޅުވީ އެ ކުންފުނިން ރާއްޖޭގެ ނެޓްވޯކު ވަރުގަދަކޮށް، އެންމެ ފުރިހަމަ އިންޓަނެޓް ހިދުމަތް ފޯރުކޮށްދިނުމަށް ބޮޑެތި އިންވެސްޓްމެންޓްތަކެއް ކުރަމުން އަންނަ ކަމަށެވެ. އަދި މި ކެމްޕޭނާ އެކު ކުރިއަށް އޮތް ތަނުގައި ޓެލެކޮމިއުނިކޭޝަންގެ އިޖާދީ އާ އުފެއްދުންތަކާ ދިވެހިން ގުޅުވާލަދީ، އެ ކުންފުނީގެ ނެޓްވޯކު އިތުރަށް ވަރުގަދަކޮށް ފެންވަރު ރަނގަޅު ހިދުމަތެއް ފޯރުކޮށްދޭނެކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.

"އަޅުގަނޑުމެންގެ ޓީމުން މުޅި ރާއްޖޭގައި ގާއިމްކޮށްފައިވާ ބައިނަލްއަގުވާމީ ފެންވަރުގެ ނެޓްވޯކު، މެސީ އަދި ސާޖިންއާ ގުޅިގެން ދައްކުވައިދީ ތަމްސީލުކޮށްދޭނެ" ކަމަށް ނަޖީބު ޚާން ވިދާޅުވި އެވެ.

އުރީދޫން އަންނަނީ ދުނިޔޭގައި ފާހަގަކޮށްލެވޭ ތަފާތު ޓެކްނޮލޮޖީ އާއި ހިދުމަތްތައް ރާއްޖެއަށް ތަޢާރަފްކޮށް، މުޖުތަމައުގެ ތަރައްގީއަށް އާ ފުރުސަތުތައް ފަހިކޮށްދިނުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން ވޭތުވެދިޔަ 15 އަހަރު ތެރޭގައި ރާއްޖެއަށް މެދުނުކެނޑި އިންވެސްޓްކޮށް، ނެޓްވޯކު ފުޅާކޮށް، ކުރިއަށް ވުރެ ބޮޑެތި ކުރިއެރުން ވަނީ ގެނެސްދީފަ އެވެ.

މީގެ އިތުރުން އުރީދޫން މިހާރު ވަނީ އެކު ންފުނީގެ ކަސްޓަމަރުންނަށް ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑް ޕެކޭޖްތަކުން އިތުރު ފީއަކާ ނުލައި އިތުރު ޑޭޓާ އާއި ހަލުވި ސްޕީޑު ލިބޭ ގޮތް ހަދައިދީފަ އެވެ.

7 ކޮމެންޓް, 50 ރިއެކްޝަންސް

icon happy icon happy 80%
icon sad icon sad 6%
icon angry icon angry 14%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކަލޯގަޔާ

17 August 2020

މެސީ ހާދަ ކުރޭ ! ސާޖިން ކޮޅައްތެދުވެއްޖިޔާ މެސީ ހީވާނީ ކުޑަކުއްޖެއްހެން . އެޑިޓިންއަށް 100

The name is already taken The name is available. Register?

ކީކޭދެންބުނާނީ

17 August 2020

މެސީ ކުރަސް ކަލެއާ ދުނިޔޭގަ ތިބި ދިގު އެންމެނަށްވުރެން އެތައް ގުނައެއް ކާމިޔާބު، ދެން ކީކޭ ބުނާނީ...

The name is already taken The name is available. Register?

ކޮތަނބިރި

17 August 2020

ތިވަރު މަންޒަރެއް ސައުތު އެފްރިކާގަ ނެގީ ކީއްވެބާ. ދެތިންގަސް ފިޔަވާ އެހެން އެއްޗެއް ނުފެނޭ ދެން ހުރީ މުޅިންވެސް އެޑިޓިން.

The name is already taken The name is available. Register?

ނަސްރު45

17 August 2020

ދިވެހި މަސްވެރިޔާ އިން ވީޑިޔޯއަށް މެސީ އިނީ ވަކިން ލާފަ. އެހެން ގަވްމުތަކުގަވެސް އެގަވްމުތަކުގެ މަސްހޫރު މީހުން ލައިގެން ހަމަ މިވީޑިޔޯ އެބަ ދައްކަ. މިލިއަނުން ލާރި ލިބޭއިރު އެސޮރުވެސް ސައުތް އެފްރިކާ އަށް މަންޒަރު ނަގަން ގެންދިޔަނަމަ.

The name is already taken The name is available. Register?

ޢަންތަރީސްބ88

17 August 2020

ބާސާ ކޮޅަށް 8 ގޯލް ޖެހީމަ މެސީއަށް ވިސްނިއްޖެ ކެރިއަރު އޮތީ ބޮޑު ކަންނެލީގަކަން. މެސީއަށް ދޮށިއަޅަން ދަސްކޮށްދޭތި ކޮންމެސް.

The name is already taken The name is available. Register?

ވިސްނޭ

18 August 2020

ކެރިއަރު ވާހަކަ ދަށްކާނީ އަންރަތީސްބ88 މިހާރު ތި ހުރި ހިސާބާއި މެސީ މިހާރު ހުރި ހިސާބު ބަލާފަ. ވ ސަލާމޭ

The name is already taken The name is available. Register?

ރަދީފްއޮފިޝިއަލް

17 August 2020

ސާބަހޭ ޒުވާން މަސްވެރިޔާ ސާޖިން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454