ރަސްފަންނު ބެލިމަގު ހުޅުވާލާފައި.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
20 އޯގަސްޓް 2020 - 11:24
ރަސްފަންނު ތަރައްގީކުރި އިރު ވެސްޓް ޕާކާ ދިމާލުން ބޮޑުތަކުރުފާނު މަގުން ބަންދުކޮށް ރަސްފަންނުގެ ބައެއްގެ ގޮތުގައި ހެދި ބައި ނެގުމަށް ފަހު އެ މަގު އަލުން ހުޅުވައިފި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން މާފަންނު ކޮޅުގައި 2016 ވަނަ އަހަރު ހުޅުވި ބީޗު ތަރައްގީކޮށްފައި އޮތް ގޮތުން މާލެ ވަށައިގެން އުނދުތަކަށް ދުއްވޭނެ ގޮތެއް ނޯވެ އެވެ. ނަމަވެސް އެތަނުގައި އުސްކޮށް އަޅާފައި ހުރި ވެލިތައް ނަގައި މަގު ލެވެލްކޮށް، ގާ އެތުރުމަށްފަހު މި ހަފުތާގެ ކުރީކޮޅު ވަނީ ދުއްވާ އެއްޗިއްސަށް ހުޅުވާލައިފަ އެވެ. ހުޅުވާލި ހިސާބުން މަގުގެ ދެކޮޅަށް ވެސް ވެހިކަލަށް ދުއްވެ އެވެ.
އިށީންނާނެ ޖޯއްޔާއި އުނދޯލިތައް ބަހައްޓައި ކުޑަކުދިންނަށް ކުޅެވޭ ގޮތަށް ރަސްފަންނު ބީޗު ހެދުމަށް، ދައުލަތުގެ ބަޖެޓުން 40 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކުރި އެވެ. މަގު ހުޅުވާލަން ވެލިތައް ނެގި އިރު އެ ސަރަހައްދަށްވާ ގޮތަށް ހުރި ޖޯއްޔާއި އުނދޯލިތައް ވަނީ ނަގައިފަ އެވެ.
ރަސްފަންނު ވެލި މަގު ކުރިން ހުރިގޮތް.-- ފޮޓޯ: މިހާރު
ސިޓީ ކައުންސިލުން ބުނީ އެ މަގު އަލުން ހުޅުވާލީ، މަގު ހެދުމުގެ އާ ޕްރޮޖެކްޓުގެ ދަށުން ކަމަށެވެ. މަގުތަކުގައި ފެން ބޮޑުވުމާއި ޕާކިންގެ މައްސަލަ ހައްލުކުރުމާއި ހިނގާ މީހުންނަށް ފަސޭހަވާނެ ގޮތަކަށް އަލުން ގާ އަތުރައި، މަގުތައް ބަދަލުކުރުމުގެ މަސައްކަތް ކުރަމުން އަންނަނީ މޯލްޑިވްސް ރޯޑު ޑިވެލޮޕަމްޓް (އާރުޑީސީ) އިންނެވެ. އެ މަޝްރޫއަށް 462 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ލަފާކުރެވެ އެވެ.
ރަސްފަންނު ކުރިމައްޗަށްވާ މަގު ހުޅުވުމަށް ފަހު، އިތުރަށް ތަރައްގީކުރުމަށް ކަނބާ އައިސަ ރަނި ހިނގުން މަގު ބަންދުކުރާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަރުކާނު
21 August 2020
ދެކޮޅުނުޖެހޭ ވާހަކަ ދައްކާތީ ދޯ؟ ޖަޒީރާ ޤައުމޭ ކޮންކްރީޓް ތަރައްޤީބޭނުމެއް ނޫނޭ ކިޔާފަ މާލޭގަ މިހާރު ތުއްތުކުދިން ނުކުމެ ކުޅެލަން އޮތް ތަންކޮޅުވެސް ދުއްވާލީ. ސާބަސް
ތައުމީނާ
21 August 2020
ތިހުރީ ކުރެވެން ހުރި ކަންކަމެވެ އޭޜު ބުރަހެލި ކަމުން ނުކުރެވި ހުރީ އެވެ ދެން ތިތަނުގަ މިސްކިތެއް ހަދައިފިނަމަ ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު
އަހްމަދުކަލޯ
21 August 2020
ކޮބާހޭ އިސްލާމީ މަރުކަޒު ކާރި ހުޅުވުން މިވެސް ރިޔާސީ ވައުދެކެވެ. މިހާ ކުޑަ ކުޑަ ވައުދެއް ނުފުއްދުނު ބަޔަކަށް ދެން ކޮން ވައުދެއް ހޭ ފުއްދޭނީ ؟؟؟
ahmed73
21 August 2020
މި ކުޑަކުޑަ މާލޭ ވަށައިގެން ބުރެއް ޖެހޭ ގޮތަށް އޮތުން އެއީ ރައްޔިތުން ވަރަށް ބޭނުން އަދި ވަރަށް ބޭނުން ތެރި ކަމެކެވެ. އަންނަ ކޮންމެ ސަރުކާރަކުން މިކަހަލަ ކަނަތަށް ބަދަލު ނުކުރެވޭ ގޮތަށް އޮތުން ވެސް ވަރަށް މުހިމެވެ. މިފަހަކަށް އައިސް ކިތަންމެ ކިޔަވައިގެން ތިއްބަސް ވިސްނުން ވަރަށް ކޮށިކަމަށް ދައްކާ ވަޒީރުންނާއި ވެރިން ގިނަވެއްޖެއެވެ.
ޖަޒީރާވުން
20 August 2020
މާލޭގައި އޮތް ހަމައެކަނި ޖަޒީރާވެފައި އޮތްތަން ޖަޒީރާ ހޯދަން އައި ސަރުކާރުން ނަގައި ހޫރާލީ.
ނެކްސްޓް
20 August 2020
ކީއްވެތަ ނިއުޕޯޓް ހުރިތަން ނަގާ އެމަގު ނުހުޅުވިގެން މިއުޅެނީ. ކުރީ ސަރުކާރުން ރައްޔިތުންނަށް ކޮށްފަ އޮތް ޖެއްސުމެއް އެވެސް
ބަޑިބުރުޒު
20 August 2020
އެއްގޮތަކަށްވެސް އާކަމެއްނޫން. މިކަހަލަ ހުރިހާ ގައުމެއްގަ ވެސް ހިނގާ ކަންތައް. ކުރީގެ ސަރުކާރުން ކޮށްފަ ހުންނަ ކަންތައް އަލަށް އަންނަ ސަރުކާރުން ނައްތާލުން. ޔާމީނާއި ނަޝީދުވެސް ކުރިކަންތައް.
ފޫހިވ
20 August 2020
ވެހިކަލްތަކާއި ދުރަށް ދެވެން އޮތް މަގުތަަށއ ހަލާކުކޮށް ކޮންކްރީޓް ތަރައްގީގެ ވިސްނުން ގެންގުޅޭ ބޯދާ ކައުންސިލެއް
އިބްރ
20 August 2020
މިހާތަނަށް ހިންގި އެންމެ ބޮޑު ޕްރޮޖެކްޓް
ދޮންވެލި
20 August 2020
އެތަނައް ކުޅެން ދާ ކުދީންނަށް ޖެއްސުން ކޮށްފަ އެވެ.