ރާއްޖޭގައި މަސައްކަތް ކުރާ ބަންގްލަދޭޝް ބަޔަކު އެނބުރި ގައުމަށް ދަނީ: މިހާތަނަށް ބަންގްލަދޭޝްގެ ގިިނަ ބަޔަކު ވަނީ އެނބުރި އެ މީހުންގެ ގައުމަށް ގޮސްފައި
28 އޯގަސްޓް 2020 - 17:54
ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ އަދި އެނބުރި ގައުމަށް ދާން ބޭނުންވާ ބަންގްލަދޭޝްގެ އިތުރު 200 މީހުން މިއަދު ފޮނުވާލައިފި އެވެ.
ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލުމަށް، މޯލްޑިވިއަނުން މިހާތަނަށް ވަނީ ގިނަ ފްލައިޓްތަކެއް ބާއްވާފަ އެވެ. މިއީ އެ އެއާލައިނުން ކުރާ 33 ވަނަ ދަތުރެވެ.
ބިދޭސީން އެ މީހުންގެ ގައުމަށް އަނބުރާ ފޮނުވާލުމަށް މިހާރު ކުރާ މަސައްކަތުގައި މި އަހަރު 20،000 ބިދޭސީން ފޮނުވާލެވޭނެ ކަމަށް، އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް މިދިޔަ ޖުލައި މަހުގެ ތެރޭގައި ވަނީ ވިދާޅުވެފަ އެވެ.
200 Bangladeshi nationals repatriated today to Dhaka. @VelanaAirport #Maldivian#NationalAirline🇲🇻 pic.twitter.com/LwzcSYbovW
— Maldivian (@MaldivianAero) August 28, 2020
މާލެ ތެރޭގައި ކޮވިޑް-19 ފެތުރެން ފެށި ފަހުން މި މަހުގެ 17ގެ ނިޔަލަށް 5،700 އަށް ވުރެ ގިނަ ބަންގްލަދޭޝް މީހުން އެ މީހުންގެ ގައުމަށް ގެންގޮސްފައިވާނެ ކަމަށް މޯލްޑިވިއަނުން ވަނީ ބުނެފަ އެވެ.
ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަކައި މާލެ ސަރަހައްދު ލޮކްޑައުންކުރުމުން ވަރަށް ގިނަ ބިދޭސީންނަށް އެކަމުގެ ނޭދެވޭ އަސަރު ކުރި އެވެ. ވަޒީފާ ގެއްލި ހާލުގައި ޖެހުމުން އެނބުރި ގައުމަށް ދާން ބޭނުންވި ބިދޭސީން ގިނަ އެވެ. ރާއްޖޭގައި 7،000އަށް ވުރެ ގިނަ މީހުންނަށް ކޮވިޑް ޖެހިފައިވާއިރު އޭގެ ތެރެއިން 2،200 މީހުންނަކީ ބަންގްލަދޭޝްގެ މީހުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނީޝާން
28 August 2020
ބަލަ ރަށަށް ނުދެވިފަ ތިބި ބަންގާޅުން އެބަތިބި އެމީހުން 200 ކީއްކިރަންތޯ ހާހުން ގުނޭނެ
ހަކީމް
28 August 2020
މިއީ ހުސްދޮގު ... ފޮނުވާލަނީކީ ނޫން. މީގެ ތެރޭގައި ހަމަ ގައިމުވެސް ޗުއްޓީއަށް ދާންމީހުން އުޅޭ. ޓިކެޓެއް -/7900ރ ދީފައި 2 ޓިކެޓް މަވެސް ނެގިން. ވަގަށް އެތެރެވެ ތިބި މީހުން ފޮނުވާހެނެއް ހިޔެއް ނުވޭ. ހަމަ ގައިމު ޒިކުރާ މިސްކިތް ދޮށުން މީހުން މަދެއް ނުވޭ. ވަނީ ގިނަ ...
ހާލުގަައި އުޅޭ ދިވެއްސެއް
28 August 2020
ފައްޔާޒު މިކުރާ މަސައްކަތަށް ސާބަސް
ދޮންވެލި
28 August 2020
ގިނައިން ދަނީ ރާއްޖޭގަ ވަޒީފާ ތަކުގަ އުޅޭ މީހުން އަ މިއްލަ ޓިކެޓް ގައެވެ. އެ މީހުން އެނބުރި އާދެ އެވެ.