ކޮޗިން އިން މިއަދު ކުޅުދުއްފުއްޓަށް އައި ކާގޯ ބޯޓު، އެ ރަށަށް ބަނދަރުކޮށްފައި-- ފޮޓޯ: ކުޅުދުއްފުށިއޮންލައިން
26 ސެޕްޓެމްބަރ 2020 - 12:46
އިންޑިއާގެ ކޮޗިން އާއި ރާއްޖެއާ ދެމެދު އަލަށް ފެށި ކޯގާ ބޯޓުގެ ފުރަތަމަ ދަތުރުގައި މިއަދު ހދ. ކުޅުދުއްފުއްޓަށް އައުމާ އެކު މިއީ ބޮޑުތިލަދުންމަތި ބޮޑުކޮށް ތަރައްގީ ކުރުމުގެ ފެށުން ކަމަށް، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ސިފަކުރައްވައިފި އެވެ.
ގާތްގަނޑަކަށް 500 ޓަނުގެ ކާގޯ ހިފައިގެން ކުޅުދުއްފުއްޓަށް ބޯޓު ބަނދަރުކުރުން ފާހަގަކުރަން އޮންލައިންކޮށް ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ މި ކާގޯ ބޯޓުގެ މަގްސަދަކީ ސީދާ ރާއްޖޭން ބޭރުން، ކުޅުދުއްފުއްޓަށް މުދާ ގެނެސް އުތުރުގެ އަތޮޅުތަކަށް ބަހާލުން ކަމަށެވެ. މިފަދަ ހިދުމަތެއް އުތުރުގައި ފެށުމަކީ، މާލެއަށް ބަރޯސާވެގެން ކުރަމުން ދިޔަ ކަންކަމަށް ވެސް ނިމުން ގެންނާނެ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިއީ އަޅުގަނޑުމެން ފަހުރުވެރިވާން ޖެހޭނެ ކަމެއް. މީގެ ނަތީޖާ ކުރިއަށް އޮތް އަހަރުތަކުގައި އެތައް ގޮތަކުން ދިވެހިންނަށް ފެންނާނެ،" ޝާހިދު ވިިދާޅުވި އެވެ.
ޝާހިދު ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަނީ
މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ އުތުރު ތަރައްގީކުރުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގެންގުޅުއްވަނީ ވަރަށް އުފާވެރި، ބޮޑެތި މަންޒަރުތަކަކާއި ކުލަތަކެއް ކަމަށެވެ. އެގޮތުން ކާގޯ ބޯޓަށް ފަހު، ހދ. ހަނިމާދޫ އެއާޕޯޓު ބޮޑުކޮށް، ތަރައްގީކުރުމުގެ މަސައްކަތް އަންނަ އަހަރު ކުރީކޮޅު ފަށާނެ ކަމަށާއި މަގްސަދަކީ، ބޮޑެތި ބޯޓުތައް އައިސް އެ އެއާޕޯޓު ފުރާލުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވި ގޮތުގައި ތަރައްގީގެ މިފަދަ ކޮންމެ މަސައްކަތެއް ކުރަން ފަށާއިރަށް، "ފިތުނައިގެ ވާހަކަކޮޅެއް" ދެކެވެން ވެސް ފަށާނެ އެވެ. ނަމަވެސް އެކަމަށް ސަރުކާރުން އަޅާނުލާ ކަމަށް ވިދާޅުވި އެވެ. އަދި ރައީސްގެ ވިސްނުންފުޅަކީ، ރައްޔިތުންނަށް ފައިދާހުރި ކަންކަން ކޮށްދިނުން ކަމަށާއި ކާގޯ ބޯޓުގެ މަޝްރޫއު ކިތަންމެ ކުޑަ ގޮތަކަށް ފެށި ނަމަވެސް، މިއީ ބޮޑު ތިލަދުންމަތި ތަރައްގީކުރަން އެޅޭ ބިންގަލެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"އިންޑިއާގެ ކޮޗިން އާއި ރާއްޖެ މި ގުޅުވާލެވެނީ ރާއްޖެ ލާމަރުކަޒު ކުރުމަށް. މިގޮތަށް ހުޅުވާލެވޭ ކޮންމެ ދޮރަކީ، ގުޅުވާލެވޭ ކޮންމެ ފާލަމަކީ އިގްތިސޯދަށް އަންނަ ދިރުމެއް،" ޝާހިދު ވިދާޅުވި އެވެ.
"ހަގީގީ ދިރުމަކީ އެއް ތަނެއްގައި ހުންނަ މުދާ އަނެއް ތަނަކަށް ގެންދެވުން."
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، އިންޑިއާ ސަފީރު ސަންޖޭ ސުދީރު ވިދާޅުވީ ކައިރި ކައިރީގައި ގައުމުތައް އޮންނައިރު، ވިޔަފާރި މުދާ އުފުލުމުގައި ތިން ވަނަ ގައުމެއް ހިއްސާ ނުކޮށް ވެސް އެކަން ކުރެވިދާނެ ކަމަށެވެ. އަދި އެއީ ހަރަދާއި މުދާ ލިބުމުގެ އަވަސް މިނަށް ބަލާއިރު ވެސް އެންމެ ފައިދާ ބޮޑު ގޮތް ކަމަށް އޭނާ ވިދާޅުވި އެވެ.
ކޮޗިން އިން މިއަދު ކުޅުދުއްފުއްޓަށް އައި ކާގޯ ބޯޓު، އެ ރަށަށް ބަނދަރުކޮށްފައި-- ފޮޓޯ: ކުޅުދުއްފުށިއޮންލައިން
ސުދީރު ވިދާޅުވި ގޮތުގައި އަލަށް ފެށި ކާގޯ ބޯޓުގެ ހިދުމަތުގެ ސަބަބުން ދެ ގައުމުގައި އުފައްދާ ބާވަތްތައް ވިއްކުމުގައި ދެ ގައުމަށް ވެސް އެހީ ވެވޭނެ އެވެ. އެގޮތުން ކާބޯތަކެއްޗާއި ހެދުމާއި އޯގަނިކް ޕްރޮޑަކްޓްތައް ވިއްކޭނެ ކަމަށް ވިދާޅުވި އެވެ.
ސުދީރު ވިދާޅުވީ ކުޅުދުއްފުއްޓާއި އިންޑިއާ މި ގޮތަށް ގުޅުވާލުމަކީ ފަސޭހަ ކަމެއް ނޫން ކަމަށެވެ. ނަމަވެސް އެކަން ކުރެވުމުން، މިފަދަ އެހެން މަޝްރޫއުތައް ކުރިއަށް ގެންދެވޭނެ ކަން ވެސް އެނގިވަޑައިގެންފި ކަމަށް ވިދާޅުވި އެވެ.
"މިއީ އިންޑިއާ އާއި ރާއްޖޭގެ ގުޅުމުގެ އާ ފެށުމެއް،" އޭނާ ވިދާޅުވި އެވެ.
ރާއްޖެ އާއި ކޮޗިންއާ ދެމެދު ކާގޯ ދަތުރުތައް ފެށުމުގެ އެމްއޯޔޫގައި ސޮއިކުރީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިދިޔަ އަހަރުގެ ޖޫން މަހު ރާއްޖެ އަށް ކުރެއްވި ދަތުރުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޗޮކުން ފެރީ
27 September 2020
ބޮޑުތަނުން ޗޮކުން ފެރީ ގޮއްސަ މިއޮތީ، ފުރަތަމަ ބުނީ ޕެސެންޖާ ފެރީއޭ، މިހާރު ކާގޯ، ދެން ދުވާނީ ހުސް ފެރީ ތޯއްޗެ.... ކުޅުދުއްދުށީގަ ދުއްވާ ބަހާދުރު، ބާދުހާސް، ސީ ކުއީން ފަދަ މުދާ އުފުލާ ބޯޑެތި ބޯޓުތަކުގެ ކުރިމަގު ބަނަ ކޮށްލައިފި.
ޥަގުތު3
27 September 2020
ޢަހަރެމެން މިތިބީ ޝާހިދުމެން ތިކުޅޭ ޑްރާ މާ ބަލަން. ޢޯގެ އެޖެންޓުން މިރާއްޖެ ތަރައްގީއަށް ކުރާނެ ކަމެއް ނޯންނާނެކަން ތާރީޚް ހެކިދޭ. ވޯރާ ވިޔަފާރިވެރިންގެ ޒަ މާން އިއާދަކުރަން ތިޔަކުރާ މަސައްކަތް ބަލައިގަނެވޭނެ އެއްވެސް ގޮތެއް ނެތް.
އުދުހޭ
27 September 2020
ފުލްކޮށް ލޯޑްކުރީމަ އަޑިއަށްދާ ބައި ފެންމަތީގަ އޮއްވާ ޗޮކުން ފެރީން އެފެންނަނީ އޭގެން ގެނައީ ކޮވިޑުން ރައްކާތެރިކޮށްދޭ ވައި ކަމަށްވާތީކަމަށް ޓްވިޓަރ ހަބަރުތަށްބުނޭ. #އިންޑިޔާއައުޓް.
ބޭހޮއްކ
27 September 2020
ބަލަ ތިޔައީ ކާގޯބޯޓެއް ފެރީއެއްނޫން ފެރީއަކީ ލަގްޒަރީ އެއްޗިހި ކުނިކަހާފިހިގަނޑެކޭ ނުކިއިކަން ރަގަޅު ތިޔަ ސާހިދޭކިޔާމީހާ ކައިރީގައި އަހާބަލަ އެކިޔާ މައުމޫނުގެ ވެރިކަމުގައި ތިޔަ ކަހަލަ ކިތައް އާގް ބޯޓް އޮއްތޯ ތިޔަވަރުގެ ފެރީ އަކައް ވެއްޖެއްޔާ ކިޔާނީ ޕެސިންޖަރ ލައިން ކޮންމެވެސް ކާޅެއްގެ ވާހަކައި އޮންނާނެ އެކާޅައްވާހެންވެފައިތޯ ތިޔަ ތިބީ
ޖަރީ
27 September 2020
ބޮޑު ތިލަދުންމައްޗޭ ނުކިޔާ ، ތިގޮތަށް ތިޔަ ފެރީ ރާއްޖޭގެ ހުރިހާ ރަށަކަށް ވެސް ކައިރީ ކުރެވޭނެ. ތިޔަ ކާގޯ ފެރީ އަކީ މި ސަރުކާރުން އަލަށް ފެށި ކަމެއް. މީގެ ކުރިން އަންނަނީ ކާގޯ ބޯޓް ފަހަރު ، މިހާރު މި އަންނަނީ ފެރީ. ދެން އަތްޖަހާ. މުދާ ބާލަން ހަދާފައިވަނީ އިންޓަނެޝަނަލް ޖެޓީފެރީއެއް. ރާއްޖޭގެ ކޮންމެ ރަށަކަށް ވެސް ހެޔޮވަރު. ބާރަށް އަތް ޖަހާ.
ދިއްދޫމީހާ
26 September 2020
ހިބަރު ވަދު ހިފާގެން ގޮސްފަ ވީވަރަކީ މީދޯ؟؟ ކުރިން ފެރީގެ ހިދުމަތް ދޭން ވެގެންވެސް ތިލަވަކީ، ކިހެނެއްތޯވީ ދޮންބިލެތައް ރަށެ، ޕްރީޕެއިޑްއަ ރަށެ، މިފަހަރު ތިއުޅެނީ ޕޯސްޓްޕެއިޑް އެލެކްސްއަ ކޯންޗެއް ދޭންބާ؟؟
ޒުވާނާ.
26 September 2020
ޢަހަރެން ދުއްވާ ސައިކަލުގަ މާދަ މާ ފެރީ ޖަހައިގެން ދުއްވާނީ ބަރޯ ގާޑިޔާ އަތްގާޑިޔާގަވެސް ފެރީ ޖަހަންވީ މިހާރު ފެރީއާއި ގެރި ބޯޓާ އޮޅިއްޖެ
ގަމާރު
26 September 2020
އިންޑިޔާއިން ދެގުނަ ފައިދާ ނުވާކަމެއްނުކުރާނެ ތިޔައީ ހީލަތުގެ މަޅިއެއް. ދިވެހިންގެ ހިތްތަކާކުޅެލަން. ޢިންޑިޔާ ފެރީ ނޫނަކަސް ކުޅުދުއްފުށީ ބަހާދަރު ކޮޗިންއަށްގޮސް މުދާ ހިފައިގެން ކުޅުދުއްފުއްޓަށް ނޫނީ ދިއްދުއަށް ނުވަތަ ހުވަރަފުއްޓަށް ދެވޭނެގޮތް ހަދަންވީނު.ކީއްކުރަން ކޮނަމެހެން އިންޑިޔާ ފެރީ އެކަނި އަންނަންވީ. ތިޔަ އިންޑިޔާގެ ދަށުގައިއޮތް މަލިކަށް ތިޔަހާ ހެޔޮނޭދެނީ ކީއްވެ?
މޯދީ
26 September 2020
އުތުރައް މިއޮއް ރަންނަމާރި އަރަނީ މޯދީގެ ވަފުދު
ޚަތީބު
26 September 2020
ކިހާ ބޮޑު މުސީބާތެއް މި އިންޑިޔާ މިޖެހުނީ އަހަރުމެން މަޑުން ތިބޭ މީހުންވެސް ރުޅި އަންނަ ހިސާބުގަ.. ދެން ނިކަން އެމްޑީޕީ ވެރިކަމަށް އާދެބަލަ..އިންޑިޔާ ނޫނީ އެމްޑީޕީ ދޭތިން އެކަތި މިފަހަރުބޭރުވާން ޖެހޭނެ.. މަވެސް މިހާތަނަށް ހުރީ އަގައިން ނުބުނެ.. ދެންނުހުރެވޭނެ. ގައުމީލޭ މީ..ގައުމުގެ ދިފާޢުގައި ބަސްބުނެވޭނެ.. ޢައްދާރުން ނާއި ދެކޮޅު..އެމްޑީޕީ ޢައްދާރުންގެ ފަހަތުގައި އުޅޭ ހާހިނދަކު އެމީހުންނާވެސް ދެކޮޅު.. އިންޑީޔާ ރާޢްޖެއިން ފައްސާލާ..ބޭރުކޮށްލާ.!