މަސްތުވާތަކެއްޗާ އެކު ބަޔަކު ހައްޔަރުކޮށްފައި
04 އޮކްޓޯބަރ 2020 - 08:52
އައްޑޫގައި ހިންގި އޮޕަރޭޝަންގައި މިހާތަނަށް ގާތްގަނޑަކަށް 80 ކިލޯގެ ޑްރަގްސް ފެނިފައިވާ ކަމަށާއި މުޅި އޮޕަރޭޝަން ހިންގީ ދިވެހި ފުލުހުންގެ އިންޓެލިޖެންސުގެ މައްޗަށް ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.
ސީޕީ މިހެން ވިދާޅުވެފައި މި ވަނީ މިއީ ޕާކިސްތާނުގެ ޑްރަގް އިންޓެލިޖެންސުން ދިން މައުލޫމާތަކަށް ހިންގި އޮޕަރޭޝަނެއް ކަމަށް ޕާކިސްތާނުގެ ބައެއް ނޫސްތަކުން ބުނެފައިވަނިކޮށެވެ.
"އައްޑޫ އޮޕަރޭޝަންގައި ގާތްގަނޑަކަށް 80 ކިލޯގެ ޑްރަގްސް ވަނީ އަތުލައިގަނެވިފައި. މިއީ ސީދާ ދިވެހި ފުލުހުންގެ އިންޓެލިޖެންސުގެ މައްޗަށް ދިވެހި ފުލުހުންގެ ހިންގި އޮޕަރޭޝަނެއް. ތަހުގީގު ކުރިއަށްދާ ވަރަކުން އެހެން ގައުމުތަކާ ވެސް ހިއްސާކުރާނަން. މަގްސަދަކީ ޑްރަގްސް އެތެރެކުރުމަށް ހުރަސް އެޅުން،" ސީޕީގެ ޓްވީޓްގައިވެ އެވެ.
ލަފާކުރެވޭ ގޮތުން، އަތުލައިގަތް މަސްތުވާތަކެތީގެ އަގު 130 މިލިއަނަށް ވުރެ ބޮޑުވާނެ އެވެ.
މި އޮޕަރޭޝަނާ ބެހޭ އިތުރު ތަފްސީލްތައް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ. މިހާތަނަށް އާންމުވެފައިވާ މައުލޫމާތުން އެނގޭ ގޮތުގައި އައްޑޫގެ ވަރުގަދަ ޑްރަގް ޑީލަރެއް ކަމަށް ފުލުހުން ކުރިން ވެސް ތުހުމަތުކޮށް އެތައް ފަހަރަކު އެކި ކުށްތަކުގައި ހައްޔަރުކޮށްފައިވާ އިބްރާހިމް ރަޝީދު (އަބުޗާ)އާ އެކު އިތުރު ބަޔަކު ވަނީ ޑްރަގްސްއާ އެކު ހައްޔަރުކޮށްފަ އެވެ.
Approximately 80 kgs of narcotic drugs seized in Addu. The operation was carried out solely on locally developed intelligence and policing work. We will be engaging with our international partners as the investigation progresses. We are intent on disrupting the supply of drugs.
— Mohamed Hameed (@M_Hameedh) October 4, 2020
މި އޮޕަރޭޝަންގައި ފުލުހުން، މަސްތުވާތަކެތި އުފުލި ޑިންޑީއެއް ހުއްޓުވަން އުޅުމުން އޭގައި ތިބި މީހުން ވަނީ މަސްތުވާތަކެތި ހުރި ގޯނިތައް ކަނޑަށް އުކާލައިފަ އެވެ. ނަމަވެސް ފުލުހުން އެ ތަކެތި ވަނީ ނަގައިފަ އެވެ.
ހުޅުމާލޭގައި ފުލުހުން މިއަދު ބަލައި ފާސްކުރުމުގެ އޮޕަރޭޝަނެއް ހިންގަނީ. -- ފޮޓޯ: މިހާރު
އެނގިފައިވާ ގޮތުގައި، މި ކޭސްއާ ގުޅިގެން ހުޅުމާލޭގައި ވެސް ފުލުހުން އަންނަނީ އޮޕަރޭޝަނެއް ހިންގައި ބައެއް ތަންތަން ފާސްކުރަމުންނެވެ.
މިފަހަރުގެ އޮޕަރޭޝަނަކީ މިހާތަނަށް އެންމެ ގިނައިން ޑްރަގްސް ފެނުނު އެއް އޮޕަރޭޝަނެވެ. މިދިޔަ އަހަރުގެ އޭޕްރީލް ފަހު ފުލުހުން ވަނީ ކަނޑުމަގުން އެތެރެކޮށް ގދ. ހުޅުވާރުލު ކިޔާ ފަޅުރަށެއްގައި ވަޅުލާފައި ހުއްޓާ 149 ކިލޯގް ޑްރަގްސް ހޯދައިފަ އެވެ. އެ މައްސަލާގައި ފަސް މީހަކަށް ވަނީ ދައުވާކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޙިނި
04 October 2020
މަސްތުވާތަކެތި ބޯމީހުން ޖަލުގަ ވިއްކާމީހުން މިނިވަނުން ގޮތުގަ. ގާނޫނީ ނަޒަރަކުން މީކިހިނެއްވާ ކަމެއްތަ؟ މިކަމައް އޮތް ހައްލަކީ ކޮބާތަ އަދި ހައްލު ނުކުރަނީ ކީއްވެތަ؟
ޜައްޔިތުމީހާ
04 October 2020
ޕާކިސްތާން އިންޓެލިޖެންސްގެ ދައުރެއް ނެތިއްޔާ ކިހިނެއްބާ ޕާކިސްތާނަށް އެނގި ޚަބަރު ލިބުނީ ރާއްޖޭގެ އައްޑޫ ކިޔާ ތަނެއްގައި ޑްރަގް ހުރިކަމަށް ބުނަން؟
ބޭރު
04 October 2020
ކޯޓަށް ގެންދާއިރަށް ކޮންމެސް އިޖުރާއަތެކޭ އަމުރެއްނެތޭ ގެންދަންވާތަން ނޫން އެހެންތަނަކަށޭ ގެންދިޔައީ ފޮޓޯ ނަގަޔޭ އަނެކެއްޗެކޭ ކިޔާ ބަހައްޓާފަ ތިއެއްމެން އަނެއްކާވެސް ދޫވެގެން ދާނެއެވެ.
އަލިފުޅު2
04 October 2020
ތިޔަކީ އެހާބޮޑުކަމެއްނޫން. 24 ގަޑިއިރު ތީންމީހަކު ހައްޔަރުގަ ބެހެއްޓުނަސް މިޤައުމުގެނަން ބަދަލްކުރަންޖެހޭނެ. ތީން މީހެއްގެ މަށްޗަށް ތިޔަކުށް ސާބިތުކުރެވޭނެ ޤާސޫނީ ހަމައެއް މިޤައުމުގެ ޖިނާޢީ އިޖުރާއަތުގަ ނޯންނާނެ. ޝަރުޢީ އަދި ޤާނޫނީ ހަމައައަކުން ތީން އެކަކުވެސް ކުޏްވެރިނުވާނެ. ނިކަން ބަލަންތިބޭތި ތިޔަ މީހުން ތިޔަ ވިޔަފާރީގަ މާދަމާވެސް ނިކުމެ ތިބޭނެ. މީފަޚުރުވެރި ދިވެހީންގެ ޤައުމު.
ރާއްޖެތެރޭހަސަނު
04 October 2020
މާދަން ދޫކޮށްލާނެ، އަދި އޭނަޔަށް ލިބުނު ގެއްލުމުގެ ބަދަލުވެސް ދައުލަތުން ދޭނެ......މަސްތުވާ ތަކެތީގެ މައްސަލަތަކުގައި ކުއްވެރިވަނީ ހަމައެކަނި މަސްތުވާ ތަކެތި....ފުލުހުންގެ އަތުގައި އެއިން އެއްޗެއް ޖެހިއްޖެނަމަ ހިފައިގެން ގެންގޮސް އެތަކެތި ފޮރުވާނެ...އެތަކެތި ދުލެއްނުކުރާނެ...އެބޭފުޅުންވެސް ވަރަށް ލޯބިކުރާ އެއްޗެއްކަމަށް ވެދާނެ
އަލީ ވަހީދު
04 October 2020
އަމިއްލައަށް ހުރިހާ ކުރެޑިޓެއްނުނަގާ ދިވެހިފުލުހުންގެ ރޯލެއްވެސް ތީގައޮންނާނެ ސަރަހައްދުގެ ގައުމުތައް ގުޅިގެން ހިންގިއޮޕަރޭސަނެކޭ ބުނަން ލަދުގަންނަނީތަ.މިގައުމުގެ ފުލުހުންނާ ސިފައިންގެ އިންޓަލިޖެންސްގެ ފެންވަރު ވަރަށް ރަނގަޅައްއެނގޭ ތިކުރިމަސައްކަތައް ސުކުރު
މުޖާހިދު
04 October 2020
ބަނދަރުތަކުގައި މާވަރަކަށް ޒުވާނުން ޑިންގީގެންގުޅޭ ސަބަބު އަދިކިރިޔާތާ ރޭކާލީ....ވަރައް މަސްވެރިބަޔަކަށް ހެދިގެންގޮސް ކުރާކަމަކީ މިއިތާ.....
އަލިފުޅު2
04 October 2020
އަނެއްކާ ދުވެލިވެސް އެހާބާރު ދޯ! ބޮންޑާ ދުއްވާ ލޯންޗްވެސް އައްޑުއިން ހުވަދުއަތޮޅަށް 1:30 މިނެޓުން ދެވޭކަމަށް ކިޔައިއުޅޭ. މިބުނީ ބޮންޑާ ހަކުރުވިއްކާ ވާހައެއްނޫން. އަމުދަކުން އެ ލޯޗްއަކީވެސް ބޮންޑާގެ ނަމުގަ ރަޖިސްޓްރީ ކޮށްފަ އޮން އެއްޗެއްވެސް ނޫންކަމަށް ވަނީ. ބޮންޑާއަކީ އެބާވަތުގެ ވިޔާނުދާ ކަމެއް ކޮށްފާނެ މީހަކަށް ނުވާނެ. އެ އީ މި ޤައުމުގެ ބަޡޮލެއް!
ނަދާ ދަ
04 October 2020
ރޯޔަލް ރޭޕިސްޓުން ކޮބާހޭ؟؟؟
އަހަރެން234
04 October 2020
ކޯޓުތަކުން ހައްގު އަދަބު ނުދެވެންޏާ ތިހެން ކިތަންމެ ވަރަކަށް ބަސްޓު ކުރިއަސް ވާނެ މާބޮޑު ފައިދާއެއް ނެތް...
އުއްމީނޮކަބް
04 October 2020
ކޮބާ މިއަދު ކޮފީއަކުންވެސް ލޯޔަރެއް ނުފެނޭ. ބިޒީވާނެތާ. ގާނޫނީ ޕޮއިންޓެއް ހޯދައިގެން އަބުޗާ ސަލާމަތްކޮށްދޭ ލޯޔަރަކަށް ވިއްސަކަށް މިލިއަން ލިބޭނެވިއްޔަ