ޚަބަރު / މެމްބަރު އިކްރާމް ހަސަން (ދިއްގަރު)

ސާމްޕަލް ނެގި މީހާއަށް ހަމަލާއެއް ނުދެން: އިކްރާމް

މެމްބަރު އިކްރާމް: ސާމްޕަލް ނަގާ މީހަކަށް ހަމަލާދިން ކަމަށް ކުރާ ތުހުމަތު އޭނާ ދޮގު ކުރައްވާ -- ފޮޓޯ/މަޖިލިސް

ކޮވިޑް-19 އަށް ޓެސްޓް ކުރަން ސާމްޕަލް ނަގާ އަންހެނަކަށް ރައްޔިިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން ހަމަލާދިން ކަމަށް ބުނާ ވާހަކަ އޭނާ ދޮގު ކުރައްވައިފި އެވެ.

އެމްޑީޕީއަށް ނިސްބަތްވާ މެމްބަރު އިކްރާމް މާފަންނު މަދަރުސާގައި ކޮވިޑް-19 ޓެސްޓް ކުރަން ސާމްޕަލް ނަގާ މީހަކަށް ހަމަލާދިން ކަމަށް ބުނެ ސޯޝަލް މީޑިއާގައި އޭނާއަށް ފާޑު ކިޔުން ވަނީ އަމާޒުވެފަ އެވެ. އަދި އެ މައްސަލަ މިހާރު ފުލުހުން ވެސް ދަނީ ބަލަމުންނެވެ.

އެކަމާ ގުޅިގެން އިކްރާމް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައިވަނީ ސާމްޕަލް ނެގި މީހާއަށް އޭނާ ހަމަލާ ދީފައި ނުވާނެ ކަމަށެވެ. އެކަމަކު ސާމްޕަލް ނަގަން އުޅުނު ގޮތުން ތަދުވެގެން އެ މީހާގެ އަތް ދުރުކޮށްލައި، އެއީ ކޮން ނަމެއް ކިޔާ މީހެއްތޯ ސުވާލު ކުރެއްވި ކަމަށް އޭނާ ލިޔުއްވާފައިވެ އެވެ. އަދި އެހާ އަނިޔާވެރިކޮށް ސާމްޕަލް ނަގަން މީހުން ބައިތިއްބައިގެން ނުވާނެ ކަމަށް ވެސް ވިދާޅުވެފައިވާނެ ކަމަށާއި އެކަމަކު ހަމަލާ ދީފައި ނުވާނެ ކަމަށް އިކްރާމް ލިޔުއްވާފައިވެ އެވެ.

"މިއަށް ވުރެ ބޮޑު ކަމެއް ނުހިނގާ." އޭނާ ލިޔުއްވާފައިވެ އެވެ.

އިކްރާމް ލިޔުއްވާފައިވާ ގޮތުން އެތަނުގައި ހުރި ސީސީޓީވީ ކެމެރާއިން ބެލިޔަސް، އެކަމުގެ ހަގީގަތް ސާފުވާނެ އެވެ. އަދި ސާމްޕަލް ނަގަން ޖެހޭނީ އޯގާތެރިކަމާ އެކު ކަމަށާއި އޭގެކުރިން އޭނާ އެހެން ތަނަކުން ކޮވިޑް-19 އަށް ޓެސްޓް ކުރެއްވި ކަމަށާއި އޭރު ސާމްޕަލް ނެގީ ވަރަށް ރަނގަޅަށް ކަމަށް އޭނާ ވެސް ލިޔުއްވާފައިވެ އެވެ.

މީގެ އިތުރުން މިހާތަނަށް ވެސް މާރާމާރީގެ ރެކޯޑެއް އޭނާ ނޯންނާނެ ކަމަށް އޭނާ ލިޔުއްވާފައިވެ އެވެ.

50 ކޮމެންޓް, 110 ރިއެކްޝަންސް

icon happy icon happy 5%
icon sad icon sad 0%
icon angry icon angry 95%
icon wow icon wow 0%
icon inlove icon inlove 0%

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރާޖާ

11 October 2020

ތިމާ ވަރު މީހަކުނެތް ކަމަށް ހަމަ ހައްޕުނޑޭތީ

ޢެމް.ޕީ

11 October 2020

ތިވަރު މީހަ ކަށް ރައްޔިތުންގެ ތަދާ ވޭނެއް އިހްސާސެއް ނުވާނެ

އެޑްމުންޑޯ

11 October 2020

ވޯޓްދިން މީހުން ވޯތްދިނީ ރަގަޅަށް މީހާ ގަމާރުވުމަކީ ވޯޓް ދިންމީހުންގެ ގަމާރުކަމެއްނޫން ، އޭގެ މިސާލެއް މަސްވެރިންނަށް ހަމަ އަގުހޯދާދީ ޖީބަށް ޑޮލަރ އަޅާދޭން ބުނެގެން ވޯޓްދިން މަސްވެރިންނަށް މިސަރުކާރުން ހަދަމުންދާ ގޮތް ، 20 ރ އިން 16 އަށް ތިރިވީ ، ދެން ނެކްސްޓް ހަފްތާގައި 13 ށް ތިރިވެ ހަމަ އަގުލިބިގެންދާނެ ،

ބިލްބޯޑު

11 October 2020

މީ ކޮން ގަމާރުންތަކެއް ވޯޓު ދީގެން ހޮވާފަ ހުރި މީހެއްތަ؟

އަލީ ވަހީދު

11 October 2020

އިއްޒަތްތެރިޔާ ނަންއަހާލީމަ އެކުއްޖާއޮތީހުމާ .ހުސްފަޑުއްކަ މާއިއްޒަތްވެގެން

ރައްޔެތު.

11 October 2020

ލޭނަގާ ނަރުސް ކުއްޖާގެ ނަމްބަރާ އެޑްރެސްވެސް އަހަން ފެނޭ. ލޭނެގި އިރު ތަދުވީމަ ިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިި

ލުތުފީ

11 October 2020

ސާމްޕަލް ނަގާއިރު ކޮންމެވެސް ވަރަކަށް ތަދުވެދާނެ. އެކިމީހުންގެ ނޭފަތުގެ އެތެރޭގެ ހޮއެހުންނާނީ އެކިވަރަށް. އިއްޒަތް މާބޮޑުވީ އުތަ!

ހަނދު

11 October 2020

އަނިޔާވެރިވިނަމަ އަނިޔާވެގެން ހޮސްޕިޓަލްގައި ފަރުވާދޭނެ.

ފައިސާ

11 October 2020

މާބަނޑު އަންހެނުން ދަރިއަކު ދުނިޔެއަށް ގެންނަންވެސް ވަރަށްގިނަ ތަދުތަކާއި ވޭންއުފުލާ. އެކަމަކު އެހެން މީހުންނަކަށް އަނިޔާވެރި ވާތަނެއް ނުފެނޭ.

ނަންނުބުނ

11 October 2020

މީނާ އެބަ ބުނޭ އެހެންތަނަކުން ވެސް ކޮވިޑަށް ޓެސްޓް ކުރިޔޭ. އަޅެ އެއީ ތެދެއްތޯ ބަލާ ދީބަލަ. މިމަޖްލިސް މެންބަރުން މީހަކު ކުއްވެރި ކުރަން ކޮންމެފަދަ ވާހަކައެއްވެސް ބުނެފާނެ

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454