ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވްވީ 24 މީހުން

ފާއިތުވި 24 ގަޑިއިރު ތެރޭ ރާއްޖެ އިން ކޮވިޑަށް ޕޮޒިޓިވް ވެފައި ވަނީ 24 މީހުން ކަމަށް އެޗްޕީއޭއިން ބުނެފި އެވެ.


އެއީ 20 ދިވެހިންނާއި ހަތަރު ބިދޭސީންނެވެ. މިއާއެކު މިހާތަނަށް ޕޮޒިޓިވްވި ކޭސްތަކުގެ އަދަދަކީ 11،178 އެވެ. އޭގެ ތެރެއިން 10،097 މީހުން ރަނގަޅުވެފައިވާއިރު މިވަގުތު ފަރުވާދެމުން އަންނަނީ 1،138 މީހުންނަށެވެ.

މިވަގުތު ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި ތިބީ 43 މީހުންނެވެ. އެ އެންމެން ވެސް ތިބީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ކަމަށާއި އޭގެ ތެރެއިން ތިން މީހަކަށް ފަރުވާދެމުން އަންނަނީ އައިސީޔޫގައި ކަމަށް ވެސް އެޗްޕީއޭއިން ބުންޏެވެ. އަދި ވެންޓިލޭޓަރުގައި އެއްވެސް މީހަކު ނެތެވެ.

ކޮވިޑް-19ގައި ރާއްޖެއިން މިހާތަނަށް 36 މީހަކު ވަނީ މަރުވެފަ އެވެ.