ޓޫރިޒަމް މިނިސްޓްރީން ބޭއްވި ބައްދަލުވުމެއްގައި ބަރަހަނާ މަންޒަރުތަކެއް ދެއްކި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
ފުލުހުން ބުނީ ޓޫރިޒަމް މިނިސްޓްރީން އޮންލައިންކޮށް ބޭއްވި ބައްދަލުވުމެއްގައި ބައިިވެރިވި މީހަކު ބަދު އަޚުލާގީ ވީޑިއޯތަކެއް ދެއްކި މައްސަލައެއް މިއަދު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
އެހެންވެ، އެ މައްސަލަ މިހާރު ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
އެނގިފައިވާ ގޮތުގައި އެ މަންޒަރުތައް ދައްކާފައިވަނީ މިއަދު ބޭއްވީ ހއ. އުލިމަގު ޓޫރިޒަމް މަޝްރޫއުގެ ޕްރީ ބިޑް މީޓިންގައި އެ ބައްދަލުވުމުގައި ބައިވެރިވި އާންމުންގެ މީހެކެވެ.
އޮރިޔާން ކާޑު ގެންގުޅުމާއި އުފެެއްދުމާއި އެހެން މީހުންނަށް ދެއްކުމަކީ ޖިނާއީ ކުށެކެވެ.